Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދަރަނި މެނޭޖް ކުރުން

އިދިކޮޅުން ގޮވަމުން އައި ގޮތަށް، މިދިޔަ ތިން ހަތަރު އަހަރު ތެރޭގައި ރާއްޖެ ބަނގުރޫޓެއް ނުވި - ޔައުގޫބް

އެހެން ފަރާތަކަށް ބަރޯސާ ނުވެ 29 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކޮށް ބަޖެޓް ފޮތުގައި ޖަހާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 8 ނޮވެމްބަރު 2022 | އަންގާރަ 09:41
ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ

އިދިކޮޅުން ދައްކަމުން އަންނަ އެންމެ ބޮޑު އެއްވާހަކައަކީ ދަރަނީގެ ވާހަކައާއި ރާއްޖެ ބަނގުރޫޓް ވެދާނެކަމުގެ ވާހަކަ ކަމަށާއި، ނަމަވެސް މި ސަރުކާރަށް 4 އަހަރުވެގެން ދާއިރު ވެސް ރާއްޖެ ބަނގުރޫޓް ނުވާ ކަމަށް ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓަށް ބަހުސްކުރައްވަމުން މެންބަރު ޔައުގޫބު ވިދާޅުވީ ދަރަނީގެ ވާހަކައަކީ އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ އެންމެ ބޮޑު އެއް ވާހަކަ ކަމަށެވެ. އެމްޑީޕީން، ވެރިކަމާއި ހަވާލުވެގެން މިވީ ތިން ހަތަރު އަހަރާ ހަމައަށް އައި އިރު ވެސް ދައްކަމުން ގެންދަނީ އެއް ވާހަކައެއް ކަމަށާއި އެކަމަކު މިދިޔަ ތިން ހަތަރު އަހަރު ތެރޭގައި ރާއްޖެ ބަނގުރޫޓް ނުވާ ކަމަށް ޔައުގޫބު ވިދާޅުވިއެވެ. އަދި އޭގެ ކުރިން ވެސް ބަނގުރޫޓެއް ނުވާ ކަމަށާއި، ޔަގީންކަން އަރުވަނީ ކުރިއަށް އޮތްތަނުގައި ވެސް ރާއްޖެ ބަނގުރޫޓެއް ނުވާނެކަން ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

މެންބަރު ޔައުގޫބް ވިދާޅުވީ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ ދިވެހި ރައްޔިތުންގެ ޖުމްލަ ހުރިހާ އުއްމީދުތަކާއި ގުޅި އަދި އެ އުއްމީދުތައް ކާމިޔާބުކަމާ އެކު ހާސިލުކޮށް ތަންފީޒުކުރުމަށް ހުށަހެޅޭ ފުރަތަމަ ބަޖެޓް ކަމަށެވެ. މިއީ މި ސީރީޒްގައި އެންމެ ފުރިހަމަ އެއް ބަޖެޓް ކަމަށް މެންބަރު ވިދާޅުވިއެވެ.

ޔައުގޫބް ވިދާޅުވީ މި ސަރުކާރު އައިފަހުން މި އުއްމީދުތައް ހާސިލްކުރުމަށް ވަކި ޓާގެޓަކާއި ޕްލޭނެއް އޮވެގެން ބަޖެޓް ހުށަހަޅަމުން އައިސް އޭގެ އެންމެ ފަހު ޕްރޮޑަކްޓާއި ހަމައަށް އާދެވޭ ބަޖެޓަކީ މިހާރު ހުށަހެޅިފައިވާ ބަޖެޓް ކަމަށެވެ.

މެންބަރު ޔައުގޫބް ވިދާޅުވީ މިއަދާ ހަމައަށް ބަޖެޓް ސީރީޒް ހުށަހަޅަމުން އައި ވަރަށް ބޮޑު ދަތިތަކެއް ދިމާވަމުންދިޔަ ކަމަށެވެ. އެގޮތުން ވެރިކަމާއި ހަވާލުވެ ފުރަތަމަ ހުށަހެޅުނު ބަޖެޓަކީ، ކުރީ ސަރުކާރުން ހަދާފައި މަޖިލީހަށް ހުށަހެޅި ބަޖެޓެއް ކަމަށެވެ.

2019 ވަނަ އަހަރުގެ ބަޖެޓަކީ ކުރީ ސަރުކާރުން އެކުލަވާ މަޖިލީހަށް ފޮނުވާފައިވާ ބަޖެޓެއް ކަމަށާއި، ނަމަވެސް އެމްޑީޕީގެ ވިސްނުން ބަޖެޓަށް ގެނެސްގެން ފާސްކޮށްފައިވާ ކަމަށެވެ. އަދި 2020 ވަނަ އަހަރު ބަޖެޓް ހުށަހެޅުނު ނަމަވެސް ކޮވިޑާއެކު ބަޖެޓް ރަނގަޅަށް ތަންފީޒު ނުކުރެވުނު ކަމަށާއި، 2021 ވަނަ އަހަރު އެކަމުން އަރައިގަތުމަށް ކުރި މަސައްކަތާއެކު 2022 ވަނަ އަހަރުގެ ބަޖެޓް ހުށަހެޅި ކަމަށެވެ.

އަދި 2022 ވަނަ އަހަރުގެ ބަޖެޓް ސަރުކާރުގެ ވިސްނުމާއެކު ހުށަހަޅާ ފާސްކުރި އިރު ރަޝިއާ ޔޫކްރެއިންގެ ހަނގުރާމަ ފެށުނު ކަމަށާއި، މި ސަރުކާރުގެ ތިން ހަތަރު އަހަރު ފާއިތުވެގެންދިޔައީ މިފަދަ ކަންކަމުގެ ތެރެއިން ކަމަށެވެ. އަދި މި ސަރުކާރުގެ 5 އަހަރުގެ ތެރޭގައި ކުރަން ބޭނުންވި ކަންކަން މަގުން ކައްސާނުލާ ކުރަމުން ދިޔަ ކަމަށާއި، ސަރުކާރުން ބޭނުންވާ ކަންކަން ނިންމުމަށް އެންމެ ފުރިހަމަ ބަޖެޓެއްގެ ގޮތުގައި ހުށަހެޅިގެން ދިޔައީ 2023 ވަނަ އަހަރުގެ ބަޖެޓް ކަމަށެވެ.

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲރައްޔިތުންގެ މަޖިލިސްދައުލަތުގެ ބަޖެޓު 2023

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު