Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަޖެޓް ބަހުސް

އިތުރު ވަގުތާއެކު 3 ދުވަހު ބަޖެޓް ބަހުސް ކުރިއަށް ގެންދިއުމަށް ފާސްކޮށްފި

ކުރިއަށް އޮތް 3 ދުވަހު ރޭގަނޑު 10 ޖަހަންދެން ބަހުސް ކުރިއަށް ގެންދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 8 ނޮވެމްބަރު 2022 | އަންގާރަ 07:38
މަޖިލިސް ޖަލްސާގެ ތެރެއިން

މަޖިލިސް ޖަލްސާގެ ތެރެއިން

ވަގުތު އިތުރުކޮށްގެން ބަޖެޓް ބަހުސް ކުރިއަށް ގެންދިއުމަށް ފާސްކޮށް، ބަޖެޓް ބަހުސް ފަށައިފިއެވެ.

އަންނަ އަަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގެ ބަހުސަށް ހުޅުވާލުމުގެ ކުރިން ރިޔާސަތުން، ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ 2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސް މަރުހަލާގައި މެންބަރުންނަށް ވަހަކަ ދައްކަވަން ދެވޭނީ 15 މިނެޓުގެ 1 ފުރުސަތު ކަމަށެވެ. އަދި ކޮމިޓީގެ ރިޕޯޓު ހުށަހެޅުމަށްފަހު ކޮމިޓީގެ ރިޕޯޓަށް ކޮންމެ މެންބަރަކަށް އިތުރު 7 މިނެޓު ދެވޭނެ ކަމަށް އާންމު ކޮމިޓީން ލަފާދީފައިވާ ކަމަށެވެ.

އަދި ބަޖެޓުގެ ބަހުސް ކުރިއަށްދާ ވަގުތު މެންބަރުންނަށް ފާހަގަވާ ނުކުުތާތަކަށް ޖަވާބު ދެއްވުމަށް ފިނޭންސް މިނިސްޓަރު 45 މިނެޓު މަޖިލީހުގައި ހޭދަކުރައްވަން އާންމު ކޮމިޓީން ކަނޑައަޅާފައިވާ ކަމަށެވެ. އަދި ފިނޭންސް މިނިސްޓަރު އަންގާރަ ދުވަހު މަޖިލީހަށް ވަޑައިގަންނަވާނެކަން އަންގަވާފައިވާ ކަމަށް ވެސް އީވާ ވިދާޅުވިއެވެ.

މެންބަރު ޝިފާއުގެ ނިޒާމީ ނުކުތާއާ ގުޅިގެން ރިޔާސަތުން ވިދާޅުވީ މެންބަރު ނެންގެވީ ނިޒާމާއި ބެހޭ ނުކުތާއެއް ނޫން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް މެންބަރުން ކުރިއަށް ގެންދަންޖެހޭ ކަމަށާއި، މެންބަރުން އަންގާރަ އަދި ބުދަ ދުވަހު ބަހުސްކުރައްވާ ބަހުސްގެ މަރުހަލާ ނިންމަވާލައްވައިފިއްޔާ ބުރާސްފަތި ދުވަހުގެ ރޭ ޖުމްހޫރީ ދުވަހުގެ ޖަލްސާއަށް އިހަވަންދޫ ދާއިރާގެ މެންބަރަށް ވަޑައިގެންނެވޭނެ ކަމަށެވެ.

އެކަމަކު ބުރާސްފަތި ދުވަހުގެ ރެޔާ ހަމައަށް ހުރިހާ މެންބަރުންނަށް ދައުލަތުގެ ބަޖެޓުގެ ބަހުސް ކުރުމަށް ރިޔާސަތުން ފުރުސަތު ދޭންޖެހޭ ކަމަށާއި، އެގޮތުން އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މެންބަރުން ވަގުތު ބަހާލައިގެން ކުރިއަށް ގެންދާނެ ކަމަށެވެ.

ބަޖެޓުގެ ބަހުސް ކުރިއަށް ގެންދިއުމަށް ހުރިހާ މެންބަރުން ވާހަކަ ދެއްކެވުމަށް ފުރުސަތު ދީ ނިމެންދެން އަދި ހުސްވަގުތުކޮޅަށް ވެސް ތަންދެމުން އެ ދުވަހުގެ ޖަލްސާގެ ވަގުތު އިތުރުކުރުމާ މެދު ނެގި ވޯޓު ފާސްކުރުމަށް 37 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.

ރާއްޖޭގެ ބަޖެޓްދައުލަތުގެ ބަޖެޓު 2023ރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މައުނަވީ ތަރައްގީގެ ބަޖެޓާ އެކު އެއްވެސް ކަމެއް ނުވޭ، އަންނަ އަހަރުގެ ބަޖެޓަކީ ވެސް ރައްޔިތުންގެ ބޯކާލާ ބަޖެޓެއް: މެމްބަރު ޒިޔާދު

މައުނަވީ ތަރައްގީގެ ބަޖެޓާ އެކު އެއްވެސް ކަމެއް ނުވޭ، އަންނަ އަހަރުގެ ބަޖެޓަކީ ވެސް ރައްޔިތުންގެ ބޯކާލާ ބަޖެޓެއް: މެމްބަރު ޒިޔާދު

16 ނޮވެމްބަރު 2025
އަންނަ އަހަރުގެ ބަޖެޓަކީ ދަރަނި ނަގަން ޖެހޭ މިންވަރު އިތުރުވާ ބަޖެޓެއް: އަމީރު

އަންނަ އަހަރުގެ ބަޖެޓަކީ ދަރަނި ނަގަން ޖެހޭ މިންވަރު އިތުރުވާ ބަޖެޓެއް: އަމީރު

06 ނޮވެމްބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު