Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީގެ "އާރޯ" ފެން ތައާރަފުކޮށްފި

7 ނޮވެމްބަރު 2022 | ހޯމަ 17:17

މިއީ ރާއްޖޭގެ ފުރަތަމަ ޕްރިމިއަމް ފެން ބްރޭންޑު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 7 ނޮވެމްބަރު 2022 | ހޯމަ 17:17
އާރޯ

އާރޯ

އެމްޑަބްލިއުއެސްސީން ތައްޔާރުކޮށް ބާޒާރަށް ނެރޭ "އާރޯ" ޕްރިމިއަމް ފެން ތައާރަފުކޮށްފިއެވެ.

ކްރޮސްރޯޑްސްގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި އާރޯ ބްރޭންޑު ތައާރަފުކޮށްދެއްްވީ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާއެވެ. މިއީ ރާއްޖޭގައި އުފައްދައި ނެރެންފެށި ފުރަތަމަ ޕްރިމިއަމް ބްރޭންޑުގެ ފެނެވެ.

Advertisement - newsAdvertisement

އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ، އާރޯގެ ނަމުގައި ތައާރަފުކުރި މި ފެނުގެ އުފެއްދުން ރަމްޒުކޮށްދެނީ "މޯލްޑިވްސް އިން އަ ބޮޓްލް" ނުވަތަ ފުޅިއެއްގައި ރާއްޖެ ކަމަށެވެ. މި ފެން ތައްޔާރުކޮށްފައިވަނީ ފަތުރުވެރިންނާއި އާއްމުންނަށްވެސް އެންމެ ކަމުދާގޮތަށް ގުދުރަތީ މައުދަންތައް ހިމަނައިގެން ކަމަށާއި، މިއީ ފެންވަރު ރަނގަޅު ކޮލިޓީ މިނަރަލް ފެނެއްކަމަށް އޭނާ ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ އާރޯ ފެން ފުޅީގައި ރާއްޖޭގެ ޚާއްސަ ތިން ކަމެއް ސިފަކޮށްދީފައިވާ ކަމަށެވެ. އެއީ ރާއްޖޭގެ ސްލޯގަނާ އެއްގޮތަށް "ދަ ސަނީ ސައިޑް އޮފް ލައިފް" ކަމަށާއި، އެގޮތުން ރާއްޖޭގެ މޫދާއި ގޮނޑުދޮށާއި އިރުވައި މޫސުން މި ފެންފުޅީގެ ބޭރުން ރަމްޒުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ ރާއްޖޭގެ ރީތިކަން ފަތުރުވެރިންނަށް އިޝްތިހާރުކޮށް، ގުދުރަތީ ވެށި ހިމާޔަތްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ޝާހު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުން އަންނައިރު ދެމެހެއްޓެނިވި ގޮތެއްގައި އެ ސިނާއަތް ކުރިއަށްގެންދެވޭނީ އާރޯފަދަ ދިވެހި އުފެއްދުންތައް ބާޒާރަށް ތައާރަފު ކުރެވިގެން ކަމަށްވެސް ޝާހު ވިދާޅުވިއެވެ.

އާރޯ ބްރޭންޑުގެ ފެނާއެކު ކުރިއަށް އޮތްތަނުގައި އެ ބްރޭންޑުގެ އިތުރު އުފެއްދުންތައްވެސް ތައާރަފުކުރެވިގެންދާނެ ކަމަށް ޝާހު ވިދާޅުވިއެވެ. އަދި އެ ބްރޭންޑުގެ އުފެއްދުންތަކަކީ ބޭރުގެ ބްރޭންޑުތަކާ އެއްހަމައެއްގައި ފައިތިލަ ސާބިތުކުރާނެ ބްރޭންޑަކަށް ވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީން ބުނެފައިވާގޮތުގައި އެ ކުންފުނިން އާރޯ ބްރޭންޑުގެ ފުޅި އުފެއްދުމުގައި ވިސްނި ކަންކަމަކީ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް، ތިމާވެއްޓާ ރައްޓެހި އުފެއްދުމެއް ބާޒާރަށް ނެރުމަށެވެ. އަދި ފެން އުފައްދާ ފެކްޓްރީއަކީ 100 އިންސައްތަ ފުލީ އޮޓޮމޭޓެޑް ސްޓޭޓް އޮފް އާޓް ޓެކްނޮލޮޖީ ބޭނުންކުރާ ފެކްޓްރީއެއްކަމަށާއި، ފުޅީގައި ފެން ބަންދުކޮށްގެން ފެކްޓްރީން ބޭރުވާއިރު 100 އިންސައްތަ ކޮލިޓީގެ ޔަގީންކަން އޮންނާނެކަމަށް އެ ކުންފުނިން ބުންޏެވެ.

މި ބްރޭންޑުގެ އުފެއްދުންތައް ސީރީޒެއްގޮތަށް ނެރުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ. މި އުފެއްދުންތަކުގެ ސަބަބުން ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވެ، ދިވެހި ހުނަރުވެރިންނަށް ފުރުސަތުތައް ލިބިގެންދާނެ ކަމަށްވެސް އެމްޑަބްލިއުއެސްސީން ބުނެއެވެ.

ރާއްޖޭގެ މަންޒަރުތައް ސިފަވާގޮތަށް ހަދާފައިވާ އާރޯ ފުޅީގެ ބޭރު ޑިޒައިންކޮށްފައިވަނީ ދިވެހި ކުރެހުންތެރިއެއްކަމަށްވާ އަލީ ޝިމްހާގުއެވެ.

މި ރަސްމިއްޔާތުގައި އާރޯ ބްރޭންޑުގެ ލަވަވެސް ވަނީ ލޯންޗުކޮށްފައެވެ.

އެމްޑަބްލިޔުއެސްސީ

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

06 އޮކްޓޯބަރު 2025

އެމްބަޑްލިއުއެސްސީގެ މުވައްޒަފުންގެ ޕޯޓަލް އަށް އިތުރު ގަޑި ނޭޅޭތާ ތިން ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެއްޖެ

06 އޮކްޓޯބަރު 2025
އެމްބަޑްލިއުއެސްސީގެ މުވައްޒަފުންގެ ޕޯޓަލް އަށް އިތުރު ގަޑި ނޭޅޭތާ ތިން ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެއްޖެ
18 ޖުލައި 2025

" ރަތްމަންދޫ އާރްއޯ ޕްލާންޓުގެ ބައެއް ތަކެއްޗާއި، ބިލްޑިންގައި ހުރި ބައެއް އޭސީތައް ވަނީ ގެންގޮސްފައި."

18 ޖުލައި 2025
" ރަތްމަންދޫ އާރްއޯ ޕްލާންޓުގެ ބައެއް ތަކެއްޗާއި، ބިލްޑިންގައި ހުރި ބައެއް އޭސީތައް ވަނީ ގެންގޮސްފައި."
08 ޖުލައި 2025

މުސާރަ ލިބޭގޮތަށް ސަސްޕެންޝަންގައި ހުންނެވި އެމްޑަބްލިއުއެސްސީގެ ޑިއެމްޑީ ފަޒީލް ވަކިކޮށްފި

08 ޖުލައި 2025
މުސާރަ ލިބޭގޮތަށް ސަސްޕެންޝަންގައި ހުންނެވި އެމްޑަބްލިއުއެސްސީގެ ޑިއެމްޑީ ފަޒީލް ވަކިކޮށްފި
04 މެއި 2024

ފެނަކައިން ހިންގަމުންދިޔަ ހުރިހާ މަޝްރޫއެއް އެމްޑަބްލިޔުއެސްސީއަށް ހަވާލުކުރަނީ

04 މެއި 2024
ފެނަކައިން ހިންގަމުންދިޔަ ހުރިހާ މަޝްރޫއެއް އެމްޑަބްލިޔުއެސްސީއަށް ހަވާލުކުރަނީ
08 ޑިސެމްބަރު 2023

މާލޭގެ ބައެއް ސަރަހައްދުތަކުން ފެން ކަނޑާލަނީ

08 ޑިސެމްބަރު 2023
މާލޭގެ ބައެއް ސަރަހައްދުތަކުން ފެން ކަނޑާލަނީ
24 އޮކްޓޯބަރު 2023

ފެރިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފި

24 އޮކްޓޯބަރު 2023
ފެރިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފި
29 އޯގަސްޓު 2023

މާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި

29 އޯގަސްޓު 2023
މާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި
06 އޯގަސްޓު 2023

ހުޅުމާލޭގައި ވަރަށް އަވަހަށް 3000 ޓަނުގެ ފެން ޕްލާންޓެއް ބެހެއްޓިގެންދާނެ: އެމްޑީ ޝާހު

06 އޯގަސްޓު 2023
ހުޅުމާލޭގައި ވަރަށް އަވަހަށް 3000 ޓަނުގެ ފެން ޕްލާންޓެއް ބެހެއްޓިގެންދާނެ: އެމްޑީ ޝާހު
26 މެއި 2023

4 އަހަރުތެރޭގައި ފޮނި ނަތީޖާތަކެއް ނެރެވިއްޖެ: ޝާހު

26 މެއި 2023
4 އަހަރުތެރޭގައި ފޮނި ނަތީޖާތަކެއް ނެރެވިއްޖެ: ޝާހު
26 މެއި 2023

ފާއިތުވި 28 އަހަރުގެ ތެރޭގައި އެމް.ޑަބްލިޔު.އެސް.ސީއިން ވަނީ ގިނަ ކުރިއެރުންތަކެއް ހޯދާފައި: ނައިބު ރައީސް

26 މެއި 2023
ފާއިތުވި 28 އަހަރުގެ ތެރޭގައި އެމް.ޑަބްލިޔު.އެސް.ސީއިން ވަނީ ގިނަ ކުރިއެރުންތަކެއް ހޯދާފައި: ނައިބު ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް