Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ މަތީ ތައުލީމު

މިނިސްޓްރީއިން ހުށަހެޅީ ޔުނިވަރިސިޓީއެއްގެ ދަރަޖަ ދޭނަމަ ބެޗެލަރސް ޑިގްރީ އިން މަތީގެ ޕްރޮގްރާމްތަކުގައި ކިޔަވާ 1000 ދަރިވަރުން ތިބެންޖެހޭ ގޮތަށް

އެ އިސްލާހު ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް 

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 7 ނޮވެމްބަރު 2022 | ހޯމަ 15:15
މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ

ކޮލެޖްތައް ޔުނިވަރިސިޓީއަކަށް ބަދަލުކުރާ ނަމަ ބެޗެލަރސް ޑިގްރީ އިން މަތީގެ ޕްރޮގްރާމްތަކުގައި ކިޔަވާ 1000 ދަރިވަރުން ތިބޭ ގޮތަށް ދިވެހިރާއްޖޭގެ މަތީ ތައުލިމާއި ތަމްރީނުގެ ޤާނޫނަށް އިސްލާހު ގެންނަން ފެންނަކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފިއެވެ.

ރާއްޖޭގައި ކޮލެޖުގެ ގޮތުގައި މެދު ކެނޑުމެއްނެތި ހިންގާތާ 15 އަހަރު ވެފައިވާ ތަޢުލީމުދޭ މަރުކަޒުތަކަށް ޔުނިވާސިޓީގެ ދަރަޖަ ލިބޭ ގޮތަށް ދިވެހިރާއްޖޭގެ މަތީ ތައުލިމާއި ތަމްރީނުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހު ބަލައިގަނެ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާފައި ވަނީ މިދިޔަ އޮކްޓޯބަރ މަހުގެ ކުރީކޮޅެވެ. ހޯމަ ދުވަހު އެ ބިލާއި ގުޅޭ ގޮތުން ކޮމިޓީގައި ވާހަކަދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހިމް ހަސަން ވިދާޅުވީ މިހާރު އިސްލާހުގައި ބުނާ ގޮތުން މި ޕްރޮގުރާމުތައް ހިންގާ ކޮލެޖުތަކުގައި ކިޔަވާ 500 ކުދިން ތިބެންޖެހޭ ކަމަށެވެ. އެ އަދަދު މަދު ކަަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ބިލުގައި ބުނެފައިވަނީ ކޮލެޖެއް ހިންގާތާ 20 އަހަރުވުމުން ޔުނިވަރސިޓީއަކަށް ބަދަލުވާން އޮންނަ މުއްދަތު ކުރު ކުރަން ތާއީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް  ދިވެހިރާއްޖޭގެ މަތީ ތައުލިމާއި ތަމްރީނުގެ ޤާނޫނަށް ހުށަހެޅި އެ އިސްލާހުގައި އިތުރަށް ބުނެފައި ވާގޮތުން ކޮލެޖެއް ޔުނިވަރސިޓީ އަކަށް ބަދަލުކުރާ ަނަމ ބައިނަލް އަގުވާމީ ކޮލިޓީ އެޝުއަރެންސް ޖަމާއަތެއްގެ މެމްބަރެއްގެ ގޮތުގައި މަދުވެގެން ހޭދަކޮށްފައިވާ ކޮލެޖަކަށް އެ ކޮލެޖެއް ވާން ޖެހޭނެއެވެ. ރާއްޖެއިން ބޭރުގެ ޔުނިވާސިޓީތަކާއި، ޖަމާއަތްތަކާ އެކު ބައިނަލްއަގުވާމީ ފެންވަރުގެ ދިރާސާތައް ހިންގުމުގެ ތަޖުރިބާ ލިބުމުގެ އިތުރުން އެކޮލެޖެއްގެ ޕްރޮގްރާމުތަކުގައި ކިޔަވައިދޭ ލެކްޗަރާއިންގެ މަދުވެގެން %10 މުވައްޒިފުންނަކީ ޕީއެޗްޑީ ނުވަތަ ހަޔަ ޕްރޮފެޝަނަލް ޑިޕްލޮމާ ހާސިލްކޮށްފައިވާ ބަޔަކަށް ވާންޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ވަނީ ބުނެފައެވެ. އެ އިސްލާހުގައި އިތުރަށް ބުނެފައި ވަނީ ފަސް ދާއިރާއެއްގެ ތެރެއިން މަދުވެގެން ތިން ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ޑިގްރީ ލެވެލް އަދި މާސްޓާސް ލެވެލްގެ ޕްރޮގުރާމުތައް އެކޮލެޖަކުން ނުވަތަ ބޭރުގެ ޔުނިވާސިޓީއަކުން ހިންގަން ޖެހޭނެކަމަށެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު