Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ސޫރިޔާގެ ރެފިއުޖީން

ސޫރިޔާގެ ރެފިއުޖީ، ލުބްނާންގެ ކާރިޘީ އަނދަވަޅުން ހޯދީ ޚަޒާނާއެއް!

ކާރިޘީ ރާޅު ބިންދާލި ހިސާބުން އެއްޗެހި ގަނެގެން ވިއްކުމަށް ވުރެ، ހުރި އެއްޗެއް މަރާމާތުކޮށް ބެލެހެއްޓުން މާ ރަނގަޅުކަމަށް އެމީހުންނަށް ގަބޫލުކުރެވުނު

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 7 ނޮވެމްބަރު 2022 | ހޯމަ 08:13
އާ އެއްޗެހި ގަންނާނެ ތަނަވަސްކަން ނެތުމުން ގޭތެރެއަށް ބޭނުންވާ ސާމާނުވެސް ގަންނަނީ، ސެކަންޑް ހޭންޑްކޮށް

އާ އެއްޗެހި ގަންނާނެ ތަނަވަސްކަން ނެތުމުން ގޭތެރެއަށް ބޭނުންވާ ސާމާނުވެސް ގަންނަނީ، ސެކަންޑް ހޭންޑްކޮށް

1975 އިން 1990 އަށް ވަރުގަދަ ދާޚިލީ ހަނގުރާމައެއް ކުރި ލުބްނުން މިއަދު ގުނަން ފަށާފައި ވަނީ މާލީ ހީނަރު ކަމުގެ ކާރިޘީ 4 ވަނަ އަހަރުގެ ދުވަސްތަކެވެ. އިޤްތިޞާދީ އަދި މާލީ ހީނަރުކަމުގެ އިތުރުން ސިޔާސީ ހަމަނުޖެހުންތަކާއެކު އާންމު ދިރިއުޅުމުގެ މައިދާނުގައި ބޮޑެތި ގޮންޖެހުންތަކެއް ގިރާ ކުރަން ޖެހިފައިވާ ލުބްނާންގެ ރައްޔިތުންނާއި އެ ޤައުމުގައި ވަޒަންވެރިވެފައިވާ އެހެން ޤައުމުތަކުގެ މީހުންވެސް މިއަދު ދަނީ އަދުގެ ހާލަތަށް އަހުލުވެރިވުމަށް މަސައްކަތްތަކެއްކޮށް، ޤުރުބާނީތަކެއް ވަމުންނެވެ.

ސަރުކާރުން ނުވަތަ ދަޢުލަތުގެ ކަމާ ބެހޭ ފަރާތްތަކުގެ މައްޗަށް ޒިންމާ ދޫކޮށްލައިގެން ނުތިބެ، ލުބްނާންގައި ދިރިއުޅޭ އާންމުން ދަނީ، ދިރިއުޅުމުގެ ޚަރަދުތައް ދެކޮޅު ޖެއްސުމަށް ފަރުދީ ފެންވަރުގައި އިޤްތިޞާދު ކުރެވޭތޯ ބަލަމުންނެވެ. އެފަދަ އެއް މިސާލު ފެނިގެންދަނީ ލުބްނާންގެ ވެރިރަށް ބެއިރޫތުގެ މަޝްހޫރު ބާޒާރަކުންނެވެ. އެތަނުން މިއަދު މުޅިންހެންވެސް ލިބެން ހުރީ، މީގެ ކުރިން ބަޔަކު ބޭނުން ކޮށްފައި ހުރި، އަދި ދެވަނަ ބަޔަކަށް އަލުން އެ ބޭނުން ކުރެވޭ ފަދަ ސަމާނުތަކެވެ.

ކާރޫބާރު ބޮޑު ޞަބްރާ ބާޒާރުގައި ކުޑަ ފިހާރައެއް ހިންގާ އެކަކީ ހުސައިން އަޙްމަދުއެވެ. އެކި ކަހަލަ އަންނައުނާއި، ބޫޓާއި، ކަރަންޓު ސަމާނާއި ގެވެހި ކަންވާރުތަކުގެ އިތުރުން ކުޅިވަރު މުބާރާތްތަކުން ލިބިފައިވާ މެޑަލްތައްވެސް ވިއްކަން ހުރި އެ ފިހާރައިން ފެންނަ ތަކެއްޗަކީ، މީގެ ކުރިން ބަޔަކު ބޭނުން ކޮށްފައި ވާ ސާމާނެވެ. އަތްމަތި ދަތިވެ، ދިރިއުޅުމުގެ މައިދާން ތަކުލީފަކަށް ވުމުން، ތަސައްލީއެއް ހޯދުމަށް ވިއްކާލާފައިވާ ސަމާނެވެ.

އިރެއްގައި އިންޖިނޭރުކަން ކިޔަވަމުން ދިޔަ އަޙުމަދަކީ، ސޫރިޔާގެ ޙަލަބުން ލުބްނާނަށް ހިޖުރަ ކުރި ޒުވާނެކެވެ. އުޖާލާ ދިރިއުޅުމެއްގެ ފޮނި ޢުއްމީދުތަކާއެކު ލުބްނާނަށް ދިޔަ ޒުވާނެކެވެ. ލުބްނާނަށް ދިރިއުޅުން ބަދަލު ކުރުމަށް ފަހު އޭނާ މަސައްކަތް ކުރަމުން ދިޔައީ ކޮންސްޓްރަކްޝަންއާއި އާބާތުރަ ފިލުވުމުގެ ދާއިރާގައެވެ. އަދި ވިލާތުގައި އުފައްދާ ފޭރާންތައް ވިއްކުމުގެ މަސައްކަތްވެސް ކުރިއެވެ. ނަމަވެސް އިޤްތިޞާދީ ކާރިޘީ އޮއެވަރު ގަދަވާން ފެށުމުން، ފެހުމާއި އެމްބްރޮއިޑަރީގެ މަސައްކަތް ދަސްކޮށް، އެކި ކަހަލަ އަންނައުނާއި، ބޫޓު އަދި ސްކޫލު ދަބަސް ފަދަ ތަކެތި މަރާމާތު ކުރަން ދަސްކުރިއެވެ.

އިޤްތިޞާދީ ކާރިޘާއާއެކު، ލުބްނާންގައި މުދާ ގަތުމަށް އޮންނަ ޑިމާންޑް ވަރަށް ބޮޑަށް ދަށަށް ދިޔައެވެ. ލުބްނާން ފައިސާގެ އަގު، އިންތިހާއަށް ދަށަށް ދިއުމާއެކު އާންމުންގެ ގިނަ ބަޔަކަށް މަޖުބޫރު ވީ ފަރުނީޗަރާއި ކަރަންޓު ސަމާނުތައް ވިއްކާލުމަށެވެ.

އަޙުމަދުގެ ފިހާރައަށް އެފަދަ ސަމާނުތައް ވިއްކާލުމުން، ހަލާކުވެފައި ހުރި އެއްޗެއް ވިއްޔާ އޭނާ އެ މަރާމާތު ކުރެއެވެ. އަދި ސެކަންޑް-ހޭންޑް އުފެއްދުންތަކެއްގެ ގޮތުގައި، ހެޔޮ އަގެއްގައި އޭނާ އެ ވިއްކާލައެވެ.

އަޙުމަދުގެ ފިހާރައަށް، ފުރިޖަކާ ދޮންނަ މެޝިނެއް ވިއްކާލަން އައި އަންހެނަކު ބުނި ގޮތުގައި، އޭނާ މިހާރުވެސް ވަނީ އޭނާގެ ގޭގައި ހުރި ޓީވީއާއި އެނޫންވެސް އެފަދަ ސަމާނުތައް ވިއްކާލާފައެވެ. އެކަން އޭނާ ކުރީ، ދަރިންގެ ސްކޫލް ފީ ދެއްކުމަށް މަޖުބޫރު ވެގެން ކަމަށްވެސް، ވީޑިއޯ ނުކުރުމަށް އެދި ރޮއިޓަރޒްއާ ވާހަކަ ދެއްކި، އެ އަންހެން މީހާ ބުނެފައިވެއެވެ.

ކާމިޔާބު ވިޔަފާރިވެރިއަކަށް ވުމުގެ ފޮނި ހުވަފެންތައް ދެކެމުން ދިޔަ އަޙުމަދަކީ މިހާރު، ހަފުތާއަކު 7 ދުވަހު، އެންމެ ޗުއްޓީއެއްވެސް ނުނަގާ، ގަދަ ހިތްވަރާއެކު މަސައްކަތް ކުރަމުން ދާ ޒުވާނެކެވެ. އަމިއްލަ ދިރިއުޅުން ކޮޅަށް ޖަހާ، އާރާސްތު ކުރުމުގެ ޒިންމާ، އަމިއްލައަށް އުފުލައިގެން ހުރި ހިތްވަރުގަދަ ފަހުލަވާނެކެވެ.

ލުބްނާންގެ މާލީ ކާރިޘާއަށް 3 އަހަރު ވެގެން ދިޔައިރު، އެ ޤައުމުގެ ފައިސާގެ އަގު، 90 ޕަސެންޓަށް ވުރެ ބޮޑަށް ވެއްޓި، އިންތިހާ ފަޤީރުކަން ފެތުރި، މާލީ ނިޒާމުގެ ވާގި ނެތިއްޖެއެވެ.

މިއަދު އެ ޤައުމުން ތަޖުރިބާ ކުރަމުން ދާ ތަކުލީފުތަކަކީ، ދާޚިލީ ހަނގުރާމައިގެ ދުވަސްވަރަށް ފަހު އެ ޤައުމަށް ކުރިމަތިލާން ޖެހުނު އެންމެ ގެއްލުން ދެނިވި ތަކުލީފުތަކެވެ.

ސީރިޔާސީރިޔާ ރެފިއުޖީންލެބަނަން

ކޮމެންޓް

އިތުރަށް ކިޔާލަން

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

09 ޑިސެމްބަރު 2025
އިސްރާއީލް އިން ހިޒްބުﷲ ގެ މިލިޓަރީ ކޮމާންޑަރު މަރާލުމުން، އެކަމުގެ ރައްދު ދިނުމުގެ ޙައްގު އޮތް ކަމަށް އެ ޖަމާއަތުން ބުނެފި

އިސްރާއީލް އިން ހިޒްބުﷲ ގެ މިލިޓަރީ ކޮމާންޑަރު މަރާލުމުން، އެކަމުގެ ރައްދު ދިނުމުގެ ޙައްގު އޮތް ކަމަށް އެ ޖަމާއަތުން ބުނެފި

29 ނޮވެމްބަރު 2025
ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

24 ނޮވެމްބަރު 2025
އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

13 ނޮވެމްބަރު 2025
އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި

އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި

09 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު