Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޕީޕީއެމްގެ އެތެރޭ އިންތިހާބު

ޕީޕީއެމްގެ އެތެރޭގެ އިންތިހާބުގައި ވޯޓުން ވައްކަން، ގަށާ މެޝިނެއް ނެތަސް ވޯޓު އޮތީ ގަށާނެ ގޮތަކަށް ގަށާ ނިންމާފައި

ވަކި ވަކި ކެންޑިޑޭޓުން ހޮވުމަށް އިތުރު ވޯޓުވެސް ލި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 6 ނޮވެމްބަރު 2022 | އާދީއްތަ 19:15
ޕީޕީއެމްގެ އެތެރޭގެ އިންތިހާބުގައި އޮޅުވާލުމާއި މަކަރު ހަދާފައިވާކަން ވަނީ ހާމަވެފައި

ޕީޕީއެމްގެ އެތެރޭގެ އިންތިހާބުގައި އޮޅުވާލުމާއި މަކަރު ހަދާފައިވާކަން ވަނީ ހާމަވެފައި

ޕީޕީއެމްގެ އެތެރޭގެ އިންތިހާބު ވެސް ނިމިއްޖެއެވެ. އިންތިހާބު ފެށުމުގެ މާކުރިންވެސް އެތެރެ އެތެރެއިން ގެންގުޅުނު ލިސްޓެއް އޮތްކަމަށް ތަކުރާރުކޮށް އެޕާޓީގެ މެންބަރުން ވަކިން ހާއްސަކޮށް އެކި އެކި މަގާމުތަކަށް ވާދަކުރި ފަރާތްތަކުން އައީ ބުނަމުންނެވެ. އަރިސް މީހާއަށް މޮޅު ގޮތް އަދި ދެން ހުންނަ މީހާ އަކީ ކަތިލެވޭ ކަންބަޅީގެ އުސޫލުންނެވެ.

ނިމިގެންދިޔަ އިންތިހާބުގައި ވަކި ކެންޑިޑޭޓަކަށް ވޯޓުދޭން އިދިކޮޅު ޕާޓީގެ ޓީވީ ޗެނަލް، ޗެނަލް 13 އިން ކެމްޕޭން ކޮށްގެން ވެސް މައްސަލަ ހޫނުވިއެވެ. ބަޔާނަކުން އެކަންވެސް ނިންމާލިއެވެ. ނަމަވެސް އެއީ އާންމު މެންބަރުންނަށް ދައްކާލި ދަޅައެކެވެ. ކަން އޮތީ މުޅިން އެހެންނަކުން ނޫނެވެ. ވެރިމީހާއަށް ތަބަކަކަށް ލާފައި ރިޔާސީ ޓިކެޓްދިން އުސޫލުން އަރިހުގައި އުޅުއްވާ ބޭބޭފުޅުންނަށް ވެސް ޓިކެޓް އޮތީ ލިޔެދީފައެވެ.

މިފަހަރުވެ ވޯޓުގެ ކަންކަންވެސް ދިޔައީ މިހެންނެވެ. ކުލަކޮށް ދައްކާލި ފިލްމަކީ ކޮޕީއެކެވެ. އޮރިޖިނަލް އޮތީ ކުޅެ ނިންމާލާފައެވެ. މިފަހަރު ވިލިމާލޭ ދާއިރާގައި ހިނގައިދިޔަ އާދަޔާ ހިލާފުކަމެއްގެ ވާހަކަ ހިއްސާކޮށްލާނަމެވެ. މި ދާއިރާއަށް ވާދަކުރީ ރައީސް ޔާމީންގެ އެންމެ އަރިސް އަދި އިންޑިއާ އައުޓް ހަރަކާތުގެ އެންމެ އިސްކޮށް އުޅުއްވާ، ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލްއެވެ. ދެން އުޅުއްވީ މުހައްމަދު ސަލީމް (ރޭނިސް ސަލީމް) އެވެ.

މިފަހަރު ކަންކަން ހިނގައިދިޔަ ގޮތް ކިޔައިދެމުން ޕީޕިއެމްގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެއް ބުނީ، ޕީޕިއެމްގެ ވިލިމާލެ ދާއިރާގެ ވޯޓަރސް ލިސްޓުގައި 618 މީހުން ވޯޓުލެވޭނެކަމަށް ލިސްޓްކޮށްފައި އޮތް ކަމަށެވެ. ނަމަވެސް ވޯޓުލާން ފެށީ 500 ވޯޓު ކަރުދާހާއެކުގައި ކަމަށެވެ. 118 ވޯޓު ކަރުދާސް މަދުވާހަކައެވެ. މިހާ ހިސާބުން ވެސް ޝައްކު އުފެދޭ އެތައް ކަމެއް އެބަހުއްޓެވެ. ބާކީ 118 ކަރުދާސް ވީ ކޮންތާކުހެއްޔެވެ. އެ ގެންގުޅުނީ ކާކުހެއްޔެވެ. ވީ ކޮންތާކުހެއްޔެވެ.

ވޯޓު ކަރުދާސް މަދުވިއިރު، އިލެކްޝަންގެ ގާނޫނާ އެއްގޮތަށް ވޯޓަރސް ލިސްޓުގައި 2 ކެންޑިޑޭޓުން ސޮއިވެސް ނުކުރެއެވެ. އެންމެ ފަހުން ވޯޓަރސް ލިސްޓްކަމަށް ބުނެ ޕާޓީން ފޮނުވި މީހުންގެ ލިސްޓް އޮޅުވާލައިގެން ބައެއް މީހުންނަށް ވޯޓުވެސް ނުލެވުނެވެ. ރައީސް ޔާމީން ތާއިދުކުރެއްވި މުހައްމަދު އިސްމާއިލް އާއި ރޭނިސް ސަލީމް ގެންގުޅުއްވި ލިސްޓް އުޑާއި ބިމާހާވެސް ތަފާތެވެ. ސައްހައެއް ބާތިލެއް ނޭނގޭ ވަރަށެވެ. 60ށް ވުރެ ގިނަ މީހުންނަށް ފަހުގެ ލިސްޓުގައި އޮތްގޮތުންނަމަ ވޯޓުވެސް ނުލެވެއެވެ.

މި މީހުންގެ ތެރެއިން ގިނައީ ސަލީމަށް ތާއީދުކުރި މީހުންނެވެ. ސަލީމަށް އިންތިހާބު ކާމިޔާބު ނުވާނޭ ގޮތަކަށް ކަންކަން ރާވާ އެންމެ ފަހުން މުހައްމަދު އިސްމާއިލަށް މޮޅުވާނެ ހުރިހާކަމެއް ކޮށް ނިންމިއެވެ. ކަން މިހެން އޮތް އިރު ވިލިމާލޭ ވޯޓު ކަރުދާސް ރަށު ތެރޭގައި ގެންގުޅުނުކަމުގެ އިތުބާރު ހުރި މައުލޫމާތު ވެސް ވަނީ ލިބިފައެވެ.

ކޮންމެއަކަސް ސައްހައެއް ބާތިލެއް ނުބަލާ ޕީޕީއެމުން ވޯޓުލާން ފެށިއެވެ. އެއިރު ސަލީމްގެ ފަރާތުން ދިޔައީ ގޯސްކޮށް ހުރި ކަންކަން ފާހަގަކުރަމުންނެވެ. ނަމަވެސް ޕީޕިއެމްގައި މިކަންކަން ބަލާނެ ހަރުދަނާ އުސޫލެއްވެސް މީހެއްވެސް ނެތެވެ. ނެތީކީވެސް ނޫނެވެ. ބޮޑު މަންޒަރުގައި އޮތް ގޮތަށް ކުޅިބައި ކުރިއަށްދާތީ އަޅާވެސް ނުލީއެވެ.  

އެންމެފަހުން ސަލީމްގެ ޝަކުވާ އޮތްތަނުގައި ބާއްވާ ވޯޓުލާން ފަށައިފިއެވެ. ވޯޓުލައި ނިމުނު އިރު، ވޯޓުލި ކަމަށް 161 ދެއްކިއެވެ. ނަމަވެސް ވޯޓު ފޮށިން 165 ވޯޓު ނެގިއެވެ. 4 ވޯޓު އެއީ ވޯޓު ފޮށީގެ އަޑިން ފަޅާފަ އެރިއެއްޗެއް ކަމެއް، ނޫނީ އިދިކޮޅު މީހުން ގަބޫލުކުރާ ގޮތަށް އެއް ވޯޓު ކަރުދާހުން ދެ ވޯޓު ކަރުދާސް އުފެދޭ ފަދަ ޖާދޫއެއް ހެދުނީކަމެއް ނޭނގެއެވެ. ނަމަވެސް ކޮންމެވެސް ސަބަބަކާ ހެދި ވޯޓުލީ މީހުންނަށްވުރެ އިތުރަށް މި ފޮއްޓަށް ވޯޓު އަޅައިފިއެވެ. މިއީ އިތުރަށް ވޯޓުލި ކަން ސާބިތުވާ އެއް ހެއްކެވެ.

އަނެއްކާ އަނެއްކޮޅުން ކެންޑިޑޭޓް ސަލީމް އިއުތިރާޒްކޮށްކޮށް ހުއްޓާ، ޕީޕިއެމްގެ އެސްޖީ ތޮލާލް ވޯޓު ގުނަން އެނގިކަމަށް އެތަނުގައި ހުރި ޕީޕީއެމްގެ މީހަކު ބުންޏެވެ. މިއީ ކަނޑައެޅިގެން ޕީޕީއެމްގެ އަސާސީ ގަވާއިދާ ވޯޓުލުމުގެ ގެންގުޅޭ އުސޫލާ ވެސް ހިލާފުކަމެކެވެ. ސީދާ ޕީޕިއެމްގެ ލީޑަރޝިޕުން ވޯޓަށް ނުފޫޒު ފޯރުވިކަން ހާމަކޮށްދޭ ކަމެކެވެ. ޕީޕިއެމްގައި ވޯޓާއި ބެހޭ ކަންކަން ކުރެވޭނީ އިންތިހާބާއި ބެހޭ ކޮމިޓީންނެވެ. އެސްޖީއަކީ އިދާރީ ބޭފުޅަކަށްވުމާއެކު އިންތިހާބާއި ބެހޭ ކަންކަމުގައި އިސްކޮށް ނޫޅެވޭނެއެވެ.

ވިލިމާލެ ކެންޑިޑޭޓް އަދި ރައީސް ޔާމީންގެ އެންމެ އަރިސް މުހައްމަދު އިސްމާއިލްއަށް ތާއިދުކުރުމަށް ބުނެ ރައީސް ޔާމީންގެ ދަރިކަލުން ޒޭން ޓްވީޓްވެސް ކުރެއްވިއެވެ. ނަމަވެސް ޗެނެލް 13 ގައި ވަކި ކެންޑިޑޭޓަކަށް ތާއިދުކޮށް ވާހަކަދެއްކި ކަމަށް ބުނެ ޕާޓީގެ ތަރުޖަމާނު އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރެއްވި އިރު، ރަސްމަތި  ބޭފުޅަކަށް ވުމުން ޒޭންގެ ޓްވީޓަކީ މައްސަލައަކަށް ނުވިއެވެ. ކައުންސިލް މެންބަރު ނަހުލާ އަލީ އެވެނި މިވެނި ކަމެއް ކުރިކަމަށް ބުނެ އިންޒާރުވެސް ދިނެވެ.

މީގެ އިތުރުން ވޯޓާއި އިންތިހާބާއި ގުޅުންހުރި ކަންކަމުގައި މައްސަލަ ޖައްސައިފިނަމަ ސަލީމް ޕާޓީން ބޭރުކޮށްލާނެކަމުގެ އިންޒާރު ދިންކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފައެވެ. ސަލީމަށް މިއީ އާކަމަކަށް ވެދާނެއެވެ. މީގެ ކުރިންވެސް ޕާޓީގައި ގޯސްކޮށް ހުރި ކަންކަމުގެ ވާހަކަދެއްކި މީހުން ތިބީ ޕާޓީން ބޭރުކޮށްލާފައެވެ. އެހެންވީމަ ސަލީމަށް އޮތީ ހަނު ހުރުން ކަމުގައިވާތީ އެފަކީރު ހުރީ މަޑުންނެވެ.

ވޯޓު ލައި ނިމި ވަގުތީ ނަތީޖާ ދައްކާގޮތުން މުހައްމަދު އިސްމާއިލްއަށް ކުރި ލިބުނީ 9 ވޯޓުންނެވެ. އެވެސް ލީޑަރ ޝިޕާއި އެސްޖީ އިސްވެ ހުންނަވައިގެން އިންތިހާބަށް ނުފޫޒު ފޯރުވައިގެންނެވެ. ހުރިހާ ނުފޫޒާއެކުވެސް ކުރި ލިބުނީ 9 ވޯޓުންނެވެ. އެވެސް ސައްހަ ނޫސް ލިސްޓަކަށް ވޯޓުލައިގެންނާއި، ވޯޓުލީ މީހުންނަށްވުރެ އިތުރަށް ވޯޓު ފޮށީގައި ކަރުދާސް ހުރެގެންނެވެ.

މުހައްމަދު އިސްމާއިލް އަށް ވިލިމާލޭ ދާއިރާގެ ރައީސްކަން ދިނުމަށް ޕީޕިއެމްގެ އިސްފަރާތްތަކުން ގަދަފައިވިއްދާފައި ތިބީ 2024 ވަނަ އަހަރު މަޖިލިސް ޓިކެޓް އެ ދާއިރާއިން ދޭންވެގެންކަމަށް މައުލޫމާތު ދިން މީހާ ބުނެފައިވެއެވެ. އަދި ކައުންސިލަރުގެ ބާރުކަޑުވާލުމަކީ ވެސް ޕީޕިއެމްގެ އިސް ފަރާތްތަކުން ކުރަން ބޭނުންވާ އެއްކަންތަކެވެ. ފެންނަން ހުރި ހަގީގަތަކީ ވެސް މިއެވެ. ޕީޕީއެމްގެ އިސް ސަފުގައި ތިބި މީހުން ބޭނުންވާ މީހާއަށް މޮޅުގޮތް ހަދާ ބޭނުން ނުވާ މީހާ ހަވަރަށްދިނުމުގެ އުސޫލެވެ. އެ ޕާޓީގައި ބަސް ބުނަން ކެރުނީ ކައުންސިލަރު ނަހުލާއަށެވެ. މިއަދު ޕީޕިއެމަށް އެއަށްވުރެ ބޮޑު ގައްދާރެއް ނެތްކަމަށް އެ ޕާޓީގެ ލީޑަރުން ދެކެއެވެ.

ބާލިދީއާއި ޓައްޕާއި ގަށާ މެޝިނެއް ނެތަސް، ޕީޕިއެމްގެ އިސް ސަގުގައި ތިބެގެން ބާލިދީ އާއި ޓައްޕަށް އަޅާ ޓިކެޓް އޮތީ ބަހާލާފައެވެ. ގަށާ މެޝިނަށްލާ ނުރުހޭ ހުރިހާ މީހުން ގަށާ ބޭރުކޮށްލީއެވެ. މިއީ ހޮނިހިރު ދުވަހު ޕީޕީއެމުން ބޭއްވި އިންތިހާބުގެ ހަގީގީ މަންޒަރެވެ.

ޕީޕީއެމްޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންއިންތިޚާބުކުރީގެ ރައީސް ޢަބްދުﷲ ޔާމީން

ކޮމެންޓް

އިތުރަށް ކިޔާލަން

މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ

މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ

17 ނޮވެމްބަރު 2025
މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ

މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ

12 އޮކްޓޯބަރު 2025
ދައުލަތުގެ އިސްވެރިންގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާނަން: ރައީސް ޔާމީން

ދައުލަތުގެ އިސްވެރިންގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާނަން: ރައީސް ޔާމީން

19 ސެޕްޓެމްބަރު 2025
މިނިސްޓަރު ކަމުގެ ފަހު ދެ އަހަރު މުއިއްޒުގެ އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރިކަން ހާމަވެއްޖެ

މިނިސްޓަރު ކަމުގެ ފަހު ދެ އަހަރު މުއިއްޒުގެ އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރިކަން ހާމަވެއްޖެ

13 ސެޕްޓެމްބަރު 2025
ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

31 އޯގަސްޓު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު