Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޕެނީ ފާދިންގް ބައިސްކައިލް

އިހުގެ ފިލްމީ މަންޒަރެއް ހަމަ ލޮލަށް

6 ނޮވެމްބަރު 2022 | އާދީއްތަ 07:00

1880ގެ އަހަރުތަކުގައި، ދެފުރޮޅުގެ ސައިޒް އެއްވަރު އަދި ޗޭނު ލީ ބައިސްކަލުތައް ތަޢާރަފުވުމާ ހަމައަށް، ޕެނީ ފާދިންގްއަކީ އިންތިހާއަށް މަޤުބޫލު އުޅަނދެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 6 ނޮވެމްބަރު 2022 | އާދީއްތަ 07:00
ޕެނީ ފާދިންގްއަށް އެފަދައިން ކިޔާ އުޅުނީ، އިނގިރޭސި ފައިސާ ފޮތީގެ ގޮތުގައި ބޭނުން ކުރާ ޕެނީއާއި ފާދިންގްއަށް ރިޢާޔަތް ކޮށް

ޕެނީ ފާދިންގްއަށް އެފަދައިން ކިޔާ އުޅުނީ، އިނގިރޭސި ފައިސާ ފޮތީގެ ގޮތުގައި ބޭނުން ކުރާ ޕެނީއާއި ފާދިންގްއަށް ރިޢާޔަތް ކޮށް

ޕެނީ ފާދިންގްއޭ ބުނުމުން އެއީ ކޮން އެއްޗެއްކަން މާ ފަސޭހައިން ފަޙުމްވާ މީހުން މަދުވުމަކީ، ފަހަރުގައި އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެއީ ކުރީ ފުރޮޅު އުސްކޮށް އަދި އިންތިހާ ބޮޑުކޮށް ހުންނަ ބައިސްކަލެކޭ ބުނުމުން އިތުރު ތަޢާރަފަކަށް ބޭނުން ނުވާނެކަން ޤައިމެވެ. ވަކިން ހާއްސަކޮށް، އެންމެ އިހުގެ ފިލްމުތައް ބަލާ މީހުންނަށް، ޕެނީ ފާދިންގް ބައިސްކަލުގެ އިތުރު ތަޢާރަފަކަށް ބޭނުމެއް ނުވާނެއެވެ.

ޘަޤާފަތާއީ ތާރީޚީ އާދަތައް ދިރުވުމުގެ އާ އޮއެވަރެއްގައި ޖެހިފައި ވާ އަދުގެ ދުނިޔޭގައި، ޕެނީ ފާދިންގް ބައިސްކަލުގެ އެނބުރިއައުންވެސް ދޭތެރެ ދޭތެރެއިން ފެނެއެވެ. މިއީވެސް އެކަހަލަ ކަމެކެވެ.

ޕްރާގްގެ ޕާކެއްގެ ތެރެއިން ނޮވެމްބަރު 5 ވަނަ ދުވަހު ފެނިގެން ދިޔަ މަންޒަރަކީ، ގިނަ ޢަދަދެއްގެ ބަޔަކު، ޕެނީ ފާދިންގް ބައިސްކަލު ދުއްވަމުން ދިޔަ މަންޒަރެވެ. ގިނަ ބަޔަކު، އެ މަންޒަރު ބަލަންވެސް ޖަމާވެ ތިއްބެވެ. ޕެނީ ފާދިންގް ނުވަތަ ބޮޑު ފުރޮޅު ބައިސްކަލު ދުއްވަމުން ދިޔަ މީހުން އެކަން ކުރަމުން ދިޔައީ ޖާނާއި މާލުން އެކަމަށް ޤުރުބާން ވަމުންނޭވެސް ދެންނެވިދާނެއެވެ. އަޅައިގެން ތިބި ހެދުން، އެކަމުގެ ހެއްކަކަށް ފުދެއެވެ.

ޕާކުގައި ޖަހާފައި ހުރި ރާގަށް ބުރު ހަމަވާ ގޮތަށް ފަރި ބަނޑިތައް ލައްވަމުން އެއްބަޔަކު ބައިސްކަލު ދުއްވަމުން ދިޔައިރު، އަނެއް ބަޔަކު ދިޔައީ އެކި ރޭސްތަކުގައި ބައިވެރިވަމުންނެވެ. ރޭހަކީ އެންމެ އަވަހަށް ނިންމޭ މީހާ ހޮވާ އުސޫލުން ހިނގާ މުބާރާތަކަށް ވީ ނަމަވެސް، ޕެނީ ފާދިންގް މުބާރާތުގައި، ބެލަންސް ކޮށްގެން އެންމެ ލަހުން ދުއްވާ މީހާއަކީ މޮޅު ލިބޭ މީހާ ކަމަށް ބަލާ ރޭހެއްވެސް ޖަހައެވެ.

މުބާރާތް އިންތިޒާމް ކުރި 'ޗެކް ވެލޯސިޕީޑިސްޓް ކްލަބް'ގެ ވެބްސައިޓްގައި ބުނެފައި ވާ ގޮތުގައި، ދުނިޔޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބައިސްކަލް ރޭހެއް ބާއްވާފައި ވަނީވެސް އަދުގެ ޗެކް ރިޕަބްލިކްގައެވެ. އެއީ މީލާދީން 1868 ވަނަ އަހަރުގެ ތެރޭގައި ކަމަށްވެއެވެ.

އެއް ފުރޮޅަށްވުރެ އަނެއް ފުރޮޅު އިންތިހާ ބޮޑުކޮށް ހުންނަހެން ފަރުމާކޮށްފައިވާ ޕެނީ ފާދިންގް ބައިސްކަލު އުފައްދާފައި ވަނީ 1870ގެ އަހަރުތަކާ ހިސާބުގައެވެ. އަދި 1880ގެ އަހަރުތަކުގައި، ދެފުރޮޅުގެ ސައިޒް އެއްވަރު އަދި ޗޭނު ލީ ބައިސްކަލުތައް ތަޢާރަފުވުމާ ހަމައަށް، ޕެނީ ފާދިންގްއަކީ އިންތިހާއަށް މަޤުބޫލު އުޅަނދެއްވެސްމެއެވެ. މިހާރު މި ފެންނަ ގިނަ ބައިސްކަލުތައް ފަރުމާކޮށްފައި ހުންނަނީ 1880ގެ އަހަރުތަކުގެ ތެރޭގައި ފަރުމާ ކުރި ބައިސްކަލާ އެއްގޮތަށެވެ.

ޕެނީ ފާދިންގްއަށް އެފަދައިން ކިޔާ އުޅުނީ، އިނގިރޭސި ފައިސާ ފޮތީގެ ގޮތުގައި ބޭނުން ކުރާ ޕެނީއާއި ފާދިންގްއަށް ރިޢާޔަތް ކޮށެވެ. ސައިޒުގެ ގޮތުން ބަލާއިރު، ފާދިންގް ފައިސާ ފޮއްޗަށްވުރެ، ޕެނީ ފައިސާ ފޮތި ބޮޑުވާނެއެވެ. މި ކަހަލަ ބައިސްކަލަށް، ބައެއް މީހުން ވެލޯސިޕީޑްއޭވެސް ކިއާ އުޅެއެވެ. ނަމަވެސް ޕެނީ ފާދިންގްއަކީ، ވެލޯސިޕީޑްއަށްވުރެވެސް އުސް ބައިސްކަލެކެވެ.

ޕެނީ ފާދިންގް

އިތުރަށް ކިޔާލަން

20 މާރިޗު 2017

ހަމަލާ ދިން މީހުން ރޭޕް ކޮށްފާނެކަމުގެ ބިރު ގަތް، ސަލާމަތްވާނެ ގޮތެއް ނެތް: ކިމް ކާޑޭޝިއަން

20 މާރިޗު 2017
ހަމަލާ ދިން މީހުން ރޭޕް ކޮށްފާނެކަމުގެ ބިރު ގަތް، ސަލާމަތްވާނެ ގޮތެއް ނެތް: ކިމް ކާޑޭޝިއަން
27 ފެބުރުއަރީ 2017

ޒަމާނީ ބަދަލުތަކާ އެކު ނޮކިއާގެ އިހުގެ ފޯނުތައް މާކެޓަށް

27 ފެބުރުއަރީ 2017
ޒަމާނީ ބަދަލުތަކާ އެކު ނޮކިއާގެ އިހުގެ ފޯނުތައް މާކެޓަށް
23 ފެބުރުއަރީ 2017

އަނުޝްކާ އޭނާގެ ފިލްމީ ކެރިއަރާ މެދު ދެކެނީ ކިހިނެއް

23 ފެބުރުއަރީ 2017
އަނުޝްކާ އޭނާގެ ފިލްމީ ކެރިއަރާ މެދު ދެކެނީ ކިހިނެއް
18 ފެބުރުއަރީ 2017

"ތަމާ ތަމާ އަގެއިން" އާ ދޭތެރޭ ސަރޯޖް ޚާން ހިތްހަމަ ނުޖެހިފައި

18 ފެބުރުއަރީ 2017
"ތަމާ ތަމާ އަގެއިން" އާ ދޭތެރޭ ސަރޯޖް ޚާން ހިތްހަމަ ނުޖެހިފައި
12 ފެބުރުއަރީ 2017

އަޖޭގެ ބަހުގެ ހަމަލާތައް ކަރަން އަށް

12 ފެބުރުއަރީ 2017
އަޖޭގެ ބަހުގެ ހަމަލާތައް ކަރަން އަށް
10 ފެބުރުއަރީ 2017

ބޭހަދްގެ ތަރި ޖެނިފަރ ދެކެ ލޯބިވާކަން ހާމަކުރީ ކޮން ފިލްމީ ތަރިއެއް؟

10 ފެބުރުއަރީ 2017
ބޭހަދްގެ ތަރި ޖެނިފަރ ދެކެ ލޯބިވާކަން ހާމަކުރީ ކޮން ފިލްމީ ތަރިއެއް؟
29 ޖެނުއަރީ 2017

ބަންސާލީއަށް ދިން ހަމަލާއަށް ފަހު "ޕަދްމަވަތީ" ޝޫޓިން މެދުކަނޑާލައިފި

29 ޖެނުއަރީ 2017
ބަންސާލީއަށް ދިން ހަމަލާއަށް ފަހު "ޕަދްމަވަތީ" ޝޫޓިން މެދުކަނޑާލައިފި
28 ޖެނުއަރީ 2017

"ޕަދްމާވަތީ" ގެ ސެޓަށް ބަޔަކު ވަދެ ބަންސާލީއަށް ހަމަލާދީފި

28 ޖެނުއަރީ 2017
"ޕަދްމާވަތީ" ގެ ސެޓަށް ބަޔަކު ވަދެ ބަންސާލީއަށް ހަމަލާދީފި
20 ޖެނުއަރީ 2017

ފިލްމީ ދާއިރާ ކުރިއެރުވުމަށްޓަކައި މާލީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ސަރުކާރަށް ގޮވާލަން: މުހައްމާ

20 ޖެނުއަރީ 2017
ފިލްމީ ދާއިރާ ކުރިއެރުވުމަށްޓަކައި މާލީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ސަރުކާރަށް ގޮވާލަން: މުހައްމާ
08 ޖެނުއަރީ 2017

ފޮޓޯގްރާފަރުންގެ ކެމެރާތަކުގެ ފްލޭޝްގެ ސަބަބުން ދަރިފުޅުގެ ލޮލަށް އަސަރުކުރި: ޝާހިދް ކަޕޫރު

08 ޖެނުއަރީ 2017
ފޮޓޯގްރާފަރުންގެ ކެމެރާތަކުގެ ފްލޭޝްގެ ސަބަބުން ދަރިފުޅުގެ ލޮލަށް އަސަރުކުރި: ޝާހިދް ކަޕޫރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް