Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާނުގެ އިގްތިސާދު

ޗައިނާ އާއި ސައުދީން ޕާކިސްތާނަށް އިތުރު 13 ބިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

ޕާކިސްތާނަށް އެހީވުމުގެ ގޮތުން 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓުތައް ހިންގާނެ ކަމަށް ވަނީ ބުނެފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 6 ނޮވެމްބަރު 2022 | އާދީއްތަ 02:30
ޕާކިސްތާނުގެ ފިނޭންސް މިނިސްޓަރ

ޕާކިސްތާނުގެ ފިނޭންސް މިނިސްޓަރ

ޗައިނާ އާއި ސައުދީ އަރަބިއްޔާ އިން ޕާކިސްތާނަށް އިތުރު 13 ބިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާ ކަމަށް ޕާކިސްތާނުގެ ފިނޭންސް މިނިސްޓަރު އިސްހާގު ދާރ ވިދާޅުވެއްޖެއެވެ.

ޗައިނާ އާއި ސައުދީން ޕާކިސްތާނަށް އެހީ ފޯރުކޮށްދޭން ނިންމާފައިވަނީ އެ ޤައުމުގެ އިގްތިސާދަށް އައި ހީނަރު ކަމުން އަރައިގަތުމަށް އެހީވުމުގެ ގޮތުންނެވެ. އެގޮތުން ޗައިނާ އިން ނުވަ ބިލިއަން ޑޮލަރުގެ ފައިނޭންޝަލް ސަޕޯޓު ދިނުމަށް ނިންމާފައިވާއިރު ސައުދީން ހަތަރު ބިލިއަން ޑޮލަރު ދޭން ނިންމާފައިވާ ކަމަށް އިސްހާގު ވިދާޅުވިއެވެ.

ޕާކިސްތާނަށް އެހީވުމުގެ ގޮތުން 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތައް ހިންގާނެކަމުގެ ޔަގީންކަން ޗައިނާ އާއި ސައުދީން ދީފައިވާ ކަމަށް ވެސް ޕާކިސްތާނުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. 13 ބިލިއަން ޑޮލަރުގެ އެހީއަކީ އިންވެސްޓްމަންޓުތަކުގެ އިތުރުން ފޯރުކޮށްދޭ އެހީއެކެވެ.

އެހީތަކާ ގުޅޭގޮތުން ޕާކިސްތާނުގެ ފިނޭންސް މިނިސްޓަރު އިސްހާގު އިތުރަށް ވިދާޅުވީ އެޤައުމުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ބެއިޖިންގަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާ ސަރުކާރުން ޕާކިސްތާނަށް ހަތަރު ބިލިއަން ޑޮލަރު ސޮވެރިން ލޯނުގެ ގޮތުގައި ދޭން ނިންމި ކަމަށާއި 3.3 ބިލިއަން ޑޮލަރު ކޮމާޝަލް ބޭންކު ލޯނުގެ ގޮތުގައި ފޯރުކޮށްދޭއިރު 1.45 ބިލިއަން ޑޮލަރު ފޯރުކޮށްދެނީ ކަރަންސީ ސްވޮޕްގެ ގޮތުގައި ކަމަށެވެ.

ޕާކިސްތާނަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ޗައިނާގެ ރައީސް ޝީ ޖިންޕިންގ ދެއްވި ކަމަށް ވެސް އިސްހާގު ވިދާޅުވިއެވެ.

ޕާކިސްތާނަށް ދިމާވެފައިވާ އިގްތިސާދީ މައްސަލަތައް މައިގަނޑު ގޮތެއްގައި ގުޅިފައިވަނީ ކޮވިޑް-19 ގެ ސަބަބުން އެ ގައުމުގެ އިގްތިސާދަށް ކުރިމަތިވި ހީނަރުކަމާއެވެ. މި ހީނަރުކަމާ އެކު ޕާކިސްތާނުގައި ތަކެތީގެ އަގުތައް ބޮޑުވެ ބޭރުފައިސާގެ ރިޒާވް ވަނީ އާދަޔާ ޚިލާފަށް ދައްވެފައެވެ.

މީގެ އިތުރުން ޔުކްރެއިން ހަނގުރާމަ އާ އެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އާދަޔާ ޚިލާފަށް ބޮޑުވުމުން ވެސް ޕާކިސްތާނުގެ އިގްތިސާދަށް ވަނީ އިތުރު ދަތިތަކެއް ކުރިމަތިވެފައެވެ. ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ވެރިކަން ވައްޓާލުމަށް އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ތެރެއިން އިދިކޮޅު ފަރާތްތަކުން މަސައްކަތް ފެށީ ވެސް ރައްޔިތުންނަށް ކުރިމަތިވި މި ދަތިތަކުގެ ސަބަބުންނެވެ.

ޗައިނާސައޫދީ އަރަބިއްޔާޕާކިސްތާން

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
24 ނޮވެމްބަރު 2025

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި
24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
21 ނޮވެމްބަރު 2025

ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

21 ނޮވެމްބަރު 2025
ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު