Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސީރިއާގެ ރެފިއުޖީ ކޭމްޕުތައް

ސީރިއާގެ ރެފިއުޖީ ކޭމްޕުތަކުގައި ދިރިއުޅޭ އާއިލާތައް ބޭނުންކޮށްގެން ޓިކްޓޮކުން ނާޖާއިޒު ފައިދާ ނަގަނީ؟

އެފަދަ އާއިލާތަކަށް ލިބޭ ފައިސާގެ ބޮޑު ނިސްބަތެއް ލިބެނީވެސް ޓިކްޓޮކަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 5 ނޮވެމްބަރު 2022 | ހޮނިހިރު 11:27
ސީރިއާ ރައްޔިތުން ޓިކްޓޮކްގެ ލައިވް މެދުވެރިކޮށް އެ މީހުންގެ ހާލަތު ބަޔާންކޮށްދީ އެހީވުމަށް އެދި އާދޭސްކުރަނީ

ސީރިއާ ރައްޔިތުން ޓިކްޓޮކްގެ ލައިވް މެދުވެރިކޮށް އެ މީހުންގެ ހާލަތު ބަޔާންކޮށްދީ އެހީވުމަށް އެދި އާދޭސްކުރަނީ

ދުނިޔޭގައި އެންމެ ހަލުއިކަމާއެކު މަގުބޫލުވަމުން އަންނަ އެއް ސޯޝަލް މީޑިއާ އެޕްލިކޭޝަން ކަމަށްވާ ޓިކްޓޮކް، 2017 ވަނަ އަހަރު ވުޖޫދުވިފަހުން މިހާތަނަށް މިވަނީ 6.2 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީ ހޯދާފައެވެ.

ޓިކްޓޮކަށް އާމްދަނީ ލިބޭ އެކި ވަސީލަތްތަކުގެ ތެރޭގައި މިހާރު މިވަނީ އެތައް މިލިއަން ފަގީރުންނެއްގެ އާދޭހާއި ކެކުޅުންވެސް ހިމެނިފައެވެ. މިއީ ތެދެކެވެ.

ސީރިއާފަދަ އިންސާނީ ކާރިސާތައް ކުރިމަތިވެފައިވާ ގައުމުތަކުގައި ދިރިއުޅޭ ބައެއް ރައްޔިތުން މިވަނީ ޓިކްޓޮކްގެ ލައިވް މެދުވެރިކޮށް އެ މީހުންގެ ހާލަތު ބަޔާންކޮށްދީ އެހީވުމަށް އާދޭސްކުރަންފަށާފައެވެ. އެގޮތުގެ މަތިން އެކި ފަރާތްތަކުން އެހީ ފޯރުކޮށްދޭއިރު، އެގޮތުން ލިބޭ ފައިސާގެ ވަކި ނިސްބަތެއް ޓިކްޓޮކަށްވެސް ލިބިގެންދެއެވެ. ބީބީސީގައި ރިޕޯޓުކޮށްފައިވާގޮތުން އެފަދަ އާއިލާތަކަށް ލިބޭ ފައިސާގެ ބޮޑު ނިސްބަތެއް ލިބެނީވެސް ޓިކްޓޮކަށެވެ.

ބީބީސީން ބުނާގޮތުގައި ސީރިއާގެ ކޭމްޕުތަކުގައި ވިއްސިވިހާލިވެފައިވާ ރައްޔިތުން ޓިކްޓޮކް ލައިވް މެދުވެރިކޮށް ސަލާން ޖަހައިގެން ހޯދާ ޑޯނޭޝަން ފައިސާގެ 70 އިންސައްތަ ޓިކްޓޮކް ހިންގާ ކުންފުނިން ނަގައެވެ.

އެފަދަ ބައެއް ވީޑިއޯތައް ދޭތެރެދޭތެރެއިން ފެންނައިރު، އާންމު ގޮތެއްގައި އެފަދަ ވީޑިއޯތަކުގައި ފެންނަނީވެސް ހާލުގައިޖެހިފައިވާ ކުޑަކުދިންނާއި އެކުދިންގެ އާއިލާތަކެވެ. އެގޮތުން އެތައް ގަޑިއިރެއް ވަންދެން ލައިވްސްޓްރީމް މެދުވެރިކޮށް އެ ފަރާތްތަކުން އާދޭސްކުރެއެވެ. ބައެއް ލައިވްސްޓްރީމްތަކުގައި، އާއިލާއަކަށް ގަޑިއިރަކު 1000 އެމެރިކާ ޑޮލަރު ލިބުނުނަމަވެސް، އެ ފައިސާގެ ތެރެއިން އާއިލާއަށް ލިބިގެންދަނީ މަދު ނިސްބަތެކެވެ. އެކި ފީތަކުގެ ނަމުގައި އޭގެ ބޮޑު ނިސްބަތެއް ނަގަނީ ކުންފުނިންނެވެ.

އެހެންނަމަވެސް ޓިކްޓޮކުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ. އެގޮތުން ކުންފުނިން ބުނާގޮތުގައި، މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް އެ ކުންފުނިން ހަރުކަށިކަމާއެކު ބަލާނެއެވެ. މަކަރާއި ހީލަތް އެކުލެވޭ ބާވަތްތަކުގެ ކޮންޓެންޓްތަކަކީ ޓިކްޓޮކް ޕްލެޓްފޯމުގައި ހުއްދަ ކޮންޓެންޓްތަކެއްވެސް ނޫންކަމަށް ކުންފުނިން ބުނެއެވެ.

ލައިވްސްޓްރީމް މެދުވެރިކޮށް ބެލުންތެރިންނަށް އެ އާއިލާތަކަށް "ވަރޗުއަލް ގިފްޓް" ފޮނުވެއެވެ. އެފަދަ ގިފްޓްތައް ފޮނުވުމަށް ބެލުންތެރިންގެ އަތުން ވަކި އަދަދެއްގެ ފައިސާ ޚަރަދުވެއެވެ. އެގޮތުން އެ ގިފްޓުތައް ފައިސާގެ ގޮތުގައި އާއިލާތަކަށް ޓިކްޓޮކް މެދުވެރިކޮށް ނެގެން އޮވެއެވެ. އެހެންނަމަވެސް، އޭގެ ތެރެއިން އާއިލާތަކަށް ލިބެނީ ލައިވްސްޓްރީމް މެދުވެރިކޮށް ލިބެންޖެހޭ ހަގީގީ އަދަދަށްވުރެ މަދު އަދަދެއްކަމަަށް ބައެއް އާއިލާތަކާ ހަވާލާދީ ބީބީސީގައި ރިޕޯޓުކޮށްފައިވެއެވެ.

ސީރިއާގެ ހުޅަނގު އުތުރުގައި ގާއިމުކޮށްފައިވާ ކޭމްޕުތަކުގައި ދިރިއުޅޭ މީހުންނާ ހަވާލާދީ ބީބީސީގައި ރިޕޯޓުކޮށްފައިވާގޮތުގައި، އެމީހުންނަށް ޓިކްޓޮކް މެދުވެރިކޮށް ލައިވްސްޓްރީމްކުރުމަށް ބޭނުންވާ އާލަތްތައް ހަމަޖައްސައިދިނީ އެކަމަށް ޚާއްސަކޮށް މެދުވެރިއެއްގެގޮތުގައި ހަރަކާތްތެރިވާ ވަކި ބައެކެވެ.

އެމީހުން ބުނާގޮތުގައި މެދުވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަކީ ޗައިނާއާއި މެދުއިރުމަތީގެ ޓިކްޓޮކް ހިންގާ އިސް ކުންފުނިތަކާ ގުޅުން އޮންނަ ފަރާތްތަކެވެ. އެގޮތުން މެދުވެރިންގެ މަސްއޫލިއްޔަތަކަށްވެފައި އޮންނަނީ ޓިކްޓޮކް މެދުވެރިކޮށް ލައިވްސްޓްރީމް ކުރާނެ އޯޑިއަންސްތައް ބޮޑުކުރުމެވެ.

އެގޮތުގެ މަތިން އެތައް އާއިލާތަކަކުން ޓިކްޓޮކްގައި ސަލާންޖަހަމުން ދިޔަނަމަވެސް، އޭގެ ހަގީގީ މަންފާ މި ލިބެނީ ވަކި ބަޔަކަށްކަމުގެ ތުހުމަތު މިވަނީ ބޮޑުވެފައެވެ. ވަކިން ޚާއްސަކޮށް، ވަރޗުއަލް ގިފްޓްތައް މެދުވެރިކޮށް ހޯދާ އާމްދަނީގެ އަދަދުތައް ޓިކްޓޮކުން ހާމަނުކުރާތީވެސް އެ ތުހުމަތުތަކުގެ އަޑު ވަކިން މިވަނީ ގަދަވެފައެވެ.

ސީރިޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

09 ޑިސެމްބަރު 2025
އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

13 ނޮވެމްބަރު 2025
އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި

އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި

09 ނޮވެމްބަރު 2025
ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް

ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް

30 އޮކްޓޯބަރު 2025
ސީރިއާގެ އައު ޤާނޫނު ހަދާ މަޖިލިސް އިންތިޚާބު ކުރުމަށް ވޯޓުލާން ފަށައިފި

ސީރިއާގެ އައު ޤާނޫނު ހަދާ މަޖިލިސް އިންތިޚާބު ކުރުމަށް ވޯޓުލާން ފަށައިފި

05 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު