Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އެފްއޭއެމް

އެފްއޭއެމުން ފައިސާ ނުދޭތީ ކުޅުންތެރިން ކަންބޮޑުވެފައި، އެފްއޭއެމުން ބުނަނީ ދައްކާނެ ވާހަކައެއް ނެތް ކަމަށް!

މީގެ އެއް އަހަރު ކުރިން މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) ކުޅުންތެރިންނަށް ދިނުމަށް އެފްއޭއެމަށް ހަވާލުކުރި 1.2 މިލިއަން ރުފިޔާއަށް ވީގޮތެއް ނޭނގޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 ނޮވެމްބަރު 2022 | ހޮނިހިރު 13:50
ގައުމީ ޓީމަށް ފައިސާގެ ޗެކު ހަވާލުކުރަނީ

ގައުމީ ޓީމަށް ފައިސާގެ ޗެކު ހަވާލުކުރަނީ

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މާލީ ހާލަތުގެ މައްސަލައަކީ ދޭތެރެއިން ދެކެވޭ ވާހަކައެވެ.

މުވައްޒަފުންނަށް މުސާރަ ނުދެވުމާއި ކޯޗުންނަށް ދޭން ޖެހޭ ފައިސާ ނުދެވުމުގެ އިތުރުން، ޚިދުމަތް ހޯދާ އެހެނިހެން ތަންތަނަށް ފައިސާ ނުދެވިގެން ކޯޓުގެ ހުކުމްތައް މިހާރު ވަނީ މަތި މައްޗަށް އަންނަން ފަށާފައެވެ. މީގެ އިތުރުން ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ބޮޑެތި އެންގުންތައް އެ އެސޯސިއޭޝަނަށް ދަނީ އަންނަމުންނެވެ. އެފްއޭއެމާ ދެކޮޅަށް ފީފާއަށް މައްސަލައެއް ހިނގައްޖެނަމަ، އެކަމުގައި ފީފާގެ ނިންމުން އަންނަނީ އެފްއޭއެމް ކުށްވެރިވާ ގޮތަށެވެ.

މި ހުރިހާ ވާހަކަތަކެއްގެ އިތުރުން ގައުމީ ޓީމުގެ ކުޅުންތެރިންނަށް ދޭންޖެހޭ ފައިސާ އެފްއޭއެމުން ނުދޭތީ އެ ކުޅުންތެރިންގެ ކަަންބޮޑުވުންވެސް އިންތިހާއަށް އެބައޮތެވެ. މީގެ އެއް އަހަރު ކުރިން މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) ކުޅުންތެރިންނަށް ދިނުމަށް އެފްއޭއެމަށް ހަވާލުކުރި 1.2 މިލިއަން ރުފިޔާއަށް ވީގޮތެއް ނޭނގެއެވެ. އެއީ އުއްޗު ދިން 500،000 (ފަސް ލައްކަ) ރުފިޔާއާއި ސްޕޮންސަރުން މެދުވެރިކޮށް އުއްޗު ހޯއްދަވައިދެއްވި ރުފިޔާއެވެ. ސްޕޮންސަރުންގެ ގޮތުގައި އެސްޓީއޯއިން ދިން 500،000 (ފަސް ލައްކަ) ރުފިޔާއާއި ވިލާއިން ދިން 100،000 (އެއްލައްކަ) ރުފިޔާ، އަދި ދިރާގުން ދިން 100،000 (އެއް ލައްކަ) ރުފިޔާ ވަނީ ހަދިޔާކޮށްފައެވެ.

ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިންތަކެއް މައުލޫމާތު ދިންގޮތުގައި އެ ފައިސާއަކީ ސީދާ ކުޅުންތެރިންނަށް ދިނުމަށް އުއްޗު ހަވާލުކުރި ހަދިޔާއެވެ. އެ ވާހަކަ އުއްޗުގެ ދައުވަތަކަށް ގައުމީ ޓީމުން އުއްޗުގެ ރިސޯޓުގައި ކުޅުނު މެޗުގައިވެސް އުއްޗު ފާހަގަކުރިކަމަށް އެ ކުޅުންތެރިން ބުންޏެވެ. ކުޅުންތެރިން ބުނީ މެޗު ފެށުމުގެގޮތުން ސަލާމް ކުރަމުން ދިޔަ ވަގުތުގައްޔާއި، މެޗުގެ ފަހުން ޓީމާ ބައްދަލުކޮށް ވެސް އުއްޗު އެފަދައިން ބުނިކަމަށެވެ.

މީގެ އިތުރުން އެ ކުޅުންތެރިން ބުނީ އުއްޗު ބުނިގޮތުގައި ސާފް ޗެމްޕިއަންޝިޕް ރާއްޖެއިން ކާމިޔާބުކުރި ނަމަ 10 މިލިއަން ރުފިޔާ ދިނުމަށް އުއްޗު ނިންމައިގެން ހުރި ކަމަށެވެ. ނަމަވެސް މުބާރާތް ކާމިޔާބު ނުކުރެވުމުން މެޗެއް ރާވައި، ކުޅުންތެރިންނަށް ހިތްވަރު ދިނުމަށް ހަދިޔާއެއްގެ ގޮތުގައި 1.2 މިލިއަން ރުފިޔާ ދިނުމަށް ނިންމީކަމަށެވެ. ކުޅުންތެރިން ބުނީ މިއަދާ ހަމައަށް، އަހަރަކަށް ވުރެ ގިނަ ދުވަސް ވެގެން ދާއިރުވެސް އެ ފައިސާ ކުޅުންތެރިންނަށް ނުލިބޭ ކަމަށެވެ.

މިއަހަރުގެ މާޗު މަހުގެ ތެރޭގައި ރާއްޖެއިން ބަންގްލަދޭޝާ ދެކޮޅަށް މާލޭގައި ކުޅުނު މެޗަށްފަހު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީއާ ވާހަކަދެއްކި ކަމަށް ކުޅުންތެރިން ބުންޏެވެ. އަދި އެ ފައިސާ އޭޕްރީލް މަހުގެ 15 ގެ ކުރިން ޓީމުގެ ކުޅުންތެރިންނަށް ހަވާލު ކުރާނެ ކަމަށް ބައްސާމް އަކްރަމް ގާތު ވިދާޅުވި ކަމަށްވެސް ކުޅުންތެރިން ބުންޏެވެ. ނަމަވެސް އޭގެ ފަހުން އޭޝިއަން ކަޕް ކޮލިފައިން ވެސް ނިމިގެން ދިޔަ އިރު އެ ފައިސާ ކުޅުންތެރިންނަށް ނުލިބޭ ކަން ވެސް ކުޅުންތެރިން ފާހަގަ ކުރިއެވެ.

މީގެ އިތުރުން ގައުމީ ޓީމުގެ ފަރިތަކުރުންތައް ދޭތެރެއަކުން މިހާރު ކުރިއަށް ދިޔަ ނަމަވެސް ބައެއް ކުޅުންތެރިން ފަރިތަކުރުންތަކަށް ނުދާ ކަމަށް ވެސް ކުޅުންތެރިން ބުނެއެވެ. ސަބަބަކީ ކުޅުންތެރިންނަށް ފައިސާ ލިބުން ދަތިވެ، ކުޅުންތެރިން ރާއްޖެތެރޭގެ ރަށްތަކަށް ކުޅެން ދާތީ ކަމަށް ވެސް ބުނެއެވެ. ކުޅުންތެރިން ވަނީ ފައިސާ ނުލިބޭތީ، ކުޅުންތެރިންނަށް ވެސް އާމްދަނީއެއް ލިބެނީ އެ މަގުންކަން ފާހަގަކޮށްފައެވެ.

ގައުމީ ޓީމުން ވާހަކަ ދެއްކި ބައެއް ކުޅުންތެރިން ބުނީ މިކަމަކީ ކުޅުންތެރިންގެ ކަންބޮޑުވުން އިންތިހާ އަށް އޮތް ކަމެއް ކަމަށެވެ. އަދި އެވާހަކަތައް ދައްކަން ބައެއް ކުޅުންތެރިން ބިރު ގަންނަ ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް ކަންކަން ބޮއްސުން ލައި، ކެތް ނުކުރެވޭ ހާލަތަށް ދިއުމުން އެ ވާހަކަ ދައްކަން ކުޅުންތެރިންނަށް މަޖުބޫރުވާ ކަމަށް ބުންޏެވެ. ބައެއް ކުޅުންތެރިން ބުނީ ފުޓުބޯޅައަކީ ވަރަށް ބޮޑު ލޯތްބެއް އޮވެގެން ކުޅެން ބޭނުންވާ ކުޅިވަރެއް ކަމަށާއި، ނަމަވެސް މިހާރު ފޫހިވާ ކަހަލަ އިހުސާސެއް ވެސް ކުރެވޭ ކަމަށެވެ.

މިކަމުގައި ހުސްވި އޮކްޓޫބަރު މަހުގެ ހަތަރު ވަނަ ދުވަހު އެފްއޭއެމުން ބުނީ، ފައިސާ އެ އެސޯސިއޭޝަންގައި ހުރި ކަމަށާއި، ފައިސާ ނުދެވި ލަސްވަނީ އެއް ފަރާތުގެ ޕޭމަންޓު ނުލިބި ވުމުގެ ސަބަބުން ކަމަށެވެ. އަދި ޖެހިގެން އަންނަ ހަފްތާގައި އެ ފައިސާ ކުޅުންތެރިންނާ ހަވާލު ކުރާނެ ކަމަށެވެ. ނަމަވެސް އޭގެ ފަހުން އެއް މަސް ދުވަސްވެފައިވާއިރު ވެސް އެ ފައިސާ ހަވާލުކޮށްފައެއް ނުވެއެވެ.

މިކަމާ ގުޅިގެން އެފްއޭއެމްގެ ބަހެއް ހޯދާލުމަށް އެ އެސޯސިއޭޝަންގެ ޖެނަރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ)އަށް ގުޅާލުމުން، އެކަމާ ގުޅިގެން ދައްކާނެ ވާހަކައެއް ނެތް ކަމަށް ބުނެ ވަނީ ފޯނު ކަނޑާލާފައެވެ.

އެފްއޭއެމްގެ މާލީ މައްސަލައަކީ އައު ކަމެއް ނޫނެވެ. ކަންކަން ބޮއްސުންލައިގެން ގޮސް، މުޅި އިދާރާ މިހާރު އޮތީ ދަރަނިވެރިވެފައެވެ. ކަރަންޓު ބިލުތައް ނުދެއްކިގެން ކަރަންޓު ކަނޑާލާފައިވާއިރު، ފުޓުބޯޅައަށް ލޯބި ކުރާ އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގައުމީ ހޭންޑްބޯލް ޓީމުކުޅިވަރު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި

ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި

24 ނޮވެމްބަރު 2025
ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި

ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި

18 ނޮވެމްބަރު 2025
ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު