Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު14 އަހަރުން ދަށުގެ ޔޫތު ލީގު

ސައްތަ އިން ސައްތަ ރެކޯޑާއެކު ވެލެންސިއާ އިން ޔޫތު ލީގު ކާމިޔާބުކޮށްފި

ލީގު ޗެމްޕިއަންކަން ވެލެންސިއާ އިން ހޯދީ ކުޅުނު އަށް މެޗުން 24 ޕޮއިންޓާއެކު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ނޮވެމްބަރު 2022 | ހޮނިހިރު 03:48
ޗެމްޕިއަންކަން ހޯދި ވެލެންސިއާ

ޗެމްޕިއަންކަން ހޯދި ވެލެންސިއާ

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ 14 އަހަރުން ދަށުގެ ޔޫތު ލީގު ޗެމްޕިއަންކަން ކުލަބް ވެލެންސިއާ އިން ހޯދައިފިއެވެ.

ވެލެންސިއާ އިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ހުކުރު ދުވަހުގެ ރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މައްޗަށް 4-0 އިން ކުރި ހޯދައިގެންނެވެ. މާޒިޔާ އަށް ލީގު ޗެމްޕިއަންކަން ލިބެން އޮތީ ފަހު މެޗުގައި ވެލެންސިއާ ބަލިކޮށްގެންނެވެ.

މެޗުގައި ވެލެންސިއާގެ ހަތަރު ލަނޑު ވެސް ފެނުނީ ދެ ވަނަ ހާފުގައެވެ. ވެލެންސިއާ އަށް ލީޑު ނަގައިދިނީ އީތަން އިބްރާހިމް ޒަކީއެވެ. ވެލެންސިއާ އަށް ލީޑު ފުޅާކޮށްދިނީ އަޙުމަދު ކައިންއެވެ. ވެލެންސިއާގެ ތިން ވަނަ ލަނޑު އިލާން އިމްރާން ޖެހިއިރު، ފަހު ލަނޑު ޖެހީ އީތަންއެވެ.

ލީގު ޗެމްޕިއަންކަން ވެލެންސިއާ އިން ހޯދީ ކުޅުނު އަށް މެޗުން 24 ޕޮއިންޓާއެކުއެވެ. މާޒިޔާ އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ލިބެނީ 19 ޕޮއިންޓެވެ. ނަމަވެސް ލަނޑުގެ ތަފާތުން ކުރި ހޯދީ ސަސްއެވެ. ލީގުގެ ހަތަރު ވަނަ އަށް ދިޔައީ 13 ޕޮއިންޓާއެކު އެޑްވެންޗާސް ފުޓުބޯޅަ އެކަޑަމީއެވެ. ފަސް ވަނައިގައި އެމްއެސް މޭޓްސް އަށް ލިބެނީ 10 ޕޮއިންޓެވެ. ނުވަ ޕޮއިންޓާއެކު ހަ ވަނައިގައި ފްރެންޑްސް އެންޑް ފެމިލީ ފުޓުބޯޅަ އޮތް އިރު، ހަތް ވަނައިގައި އޮތް ބީޖީ ސްޕޯޓްސް އަށް ވެސް ލިބެނީ ނުވަ ޕޮއިންޓެވެ. އަށް ވަނަ އަށް ދިޔަ ހުޅުމާލޭ ޔޫތް ސްޕޯޓްސް އާއި ނުވަ ވަނަ އަށް ދިޔަ ދަ ގްރާންޑޭ ސްޕޯޓްސް އަށް ލިބެނީ އެއް ޕޮއިންޓެވެ.

މުބާރާތުގެ އެންމެ މޮޅު 11 ކުޅުންތެރިންނަކީ ޗެމްޕިއަން ވެލެންސިއާގެ އީތަން، އިލާން، ކައިން، ޔޫސުފް އަޔާން އާމިރު، އަޙުމަދު މިފްޒާލް، މާޒިޔާގެ ލޫތް ބިން ސައުތު، މުޙައްމަދު ލާމިހު އިމްތިޔާޒް، ސަސްގެ ޢަބްދުﷲ އައިދާން ސާޖިދު، އަލީ ހައިޒޫމް ޙަސަން، މުޙައްމަދު ޝަޔާން ޝިފާއުގެ އިތުރުން އެޑްވެންޗާސްގެ މުޙައްމަދު ޖައިޝް ޖައުދުއެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށް ދޭ ރަން ބޫޓު ލިބުނީ ވެލެންސިއާގެ އިލާންއަށެވެ. އިލާން ވަނީ އަށް މެޗުން 35 ލަނޑު ޖަހާފައެވެ. އެންމެ މޮޅު ކޯޗަކީ ވެލެންސިއާގެ ސޮބާހު މުޙައްމަދު (ސޮބާ)އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ް14 އަހަރުން ދަށުގެ ޔޫތު ލީގު ކުލަބު ވެލެންސިއާމާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2025

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި
29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
01 ނޮވެމްބަރު 2025

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
26 އޮކްޓޯބަރު 2025

ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

26 އޮކްޓޯބަރު 2025
ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް
25 އޮކްޓޯބަރު 2025

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން
25 އޮކްޓޯބަރު 2025

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި
23 އޮކްޓޯބަރު 2025

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ
22 އޮކްޓޯބަރު 2025

ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ

22 އޮކްޓޯބަރު 2025
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު