Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓްވިޓަރ

ޓްވިޓަރ އާ ދެކޮޅަށް މުވައްޒަފުން ދައުވާ ކުރަނީ

ޓުވިޓަރ އިން އެއް ފަހަރާ 3700 މުވައްޒަފުން ވަކިކުރުމަށް އީލޯން މަސްކް ނިންމާފައިވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 4 ނޮވެމްބަރު 2022 | ހުކުރު 15:17
އީލޯން މަސްކް

އީލޯން މަސްކް

ބޮޑު ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްވިޓަރ" ގަތުމަށްފަހު މުއްސަނދި މަހުޖަމު އީލޯން މަސްކް އެތަނުގެ 3700 މުވައްޒަފުން ވަޒީފާ އިން ވަކިކުރަން ނިންމި ނިންމުމާ ދެކޮޅަށް އެ ކުންފުނީގެ މުވައްޒަފުން ކޯޓަށް ހިނގައްޖެއެވެ. އެމީހުން މައްސަލަ ވައްދާފައިވަނީ ބުރާސްފަތި ދުވަހު ސޭން ފްރޭންސިސްކޯގެ ފެޑަރަލް ކޯޓަށެވެ.

ދައުވާ ހުށަހަޅަމުން ވަޒީފާ އިން ވަކިކުރާ މުވައްޒަފުން ބުނެފައިވަނީ ކުންފުނިން އެހާ ގިނަ މުވައްޒަފުން ވަކިކުރަން މަސްކް ނިންމާފައިވަނީ ފެޑަރަލް ލޯ އަދި ކެލިފޯނިއާގެ ގާނޫނުތަކާ ވެސް ޚިލާފަށް ކަމަށެވެ. އެމީހުން ބުނާ ގޮތުން "ވަރކަރ އެޖަސްޓްމަންޓް ރެސްޓްރެއިނިންގ ނޯޓިފިކޭޝަން އެކްޓް" ނުވަތަ "ވޯން" ގައިވާ ގޮތުން ވެސް ބޮޑެތި ކުންފުނިތަކުން މުވައްޒަފުން ވަކިކުރުމުގެ ކުރިން މަދުވެގެން 60 ދުވަހުގެ ނޯޓިސް އެއް ދޭން ޖެހޭނެއެވެ.

މައްސަލަ ހުށަހަޅަމުން މުވައްޒަފުން ވަނީ "ވޯން" ގާނޫނަށް ތަބާވުމަށް އީލޯން މަސްކް އަށް އެންގުމަށާއި އަދި މުވައްޒަފުންނަށް ލިބެންޖެހޭ ހައްގެއް ދޫކޮށް ވަޒީފާ އިން ވަކިކުރިކަމުގެ ލިޔުމުގައި ސޮއިކުރަން މަޖުބޫރުކުރުން ހުއްޓުމަށް  އެދިފައެވެ.

ކުރިން ޓްވިޓަރ ކުންފުނީގެ ފަރާތުން ވަނީ 3700 މުވައްޒަފުން ވަކިކުރަން ގަސްތުކުރާކަން އަންގާ އެންމެންނަށް މެމޯ އެއް ފޮނުވާފައެވެ. އަދި ވަކިކުރާ މީހުންނަށް ހުކުރު ދުވަހު ވަކިން އީމެއިލްއަކުން އެކަން އަންގާނެކަމަށް ބުނެފައިވެއެވެ. ޓްވިޓަރ އިން ބުނެފައިވާ ގޮތުގައި ކުންފުނިން މުވައްޒަފުން މަދު ކުރަނީ އެތަނުގެ ހިންގުން ރަގަޅުކުރުމަށް އެޅޭ ފިޔަވަޅުތަކުގެ ދަށުންނެވެ. އަދި އަވަހަށް މިކަން ނިންމުމަށް ޓަކައި ހުރިހާ މުއާމަލާތެއް ކުރެވޭނީ އީމެއިލް އަދި ޓްވިޓަރ އީމެއިލުން ކަމަށް ބުނެފައިވެއެވެ. މީގެއިތުރުން އޮފީސް ހުންނާނީ ވަގުތީ ގޮތުން ބަންދުކޮށްފައި ކަމަށާއި ހުރިހާ އެކްސެސް ކާޑުތައް ވެސް ކެންސަލް ކުރެވިފައިވާ ކަމަށް އަންގާފައިވެއެވެ. މިއީ އެންމެންގެ ސަލާމަތާ ރައްކާތެރިކަމަށާއި ޓްވިޓަރ ސިސްޓަމްގެ ކަސްޓަމަރު-ޑާޓާ ރައްކާތެރި ކުރުމަށް ކުރި ކަމެއް ކަމުގައި ވެސް ބުނެފައިވެއެވެ.   

ޓްވިޓަރ ގަތުމަށްފަހު މައި އޮފީހަށް އީލޯން މަސްކް ވަދެގެން ދިޔައީ ފާޚާނާގައި ހުންނަ ޒާތުގެ ސިންކެއް ހިފައިގެންނެވެ. "ސިންކް-އިން" އާންމުކޮށް އިނގިރޭސި ބަހުގައި ބޭނުން ކުރަނީ ގަބޫލު ކޮށްލާށޭ ބުނުމަށެވެ. ސިންކް ހިފައިގެން ވަންނަމުން މަސްކް ކުރި ޓްވީޓުގައި ބުނެފައި ވަނީ "ލެޓް ދެޓް ސިންކް އިން" މިހެންނެވެ. މާނަޔަކީ މިކަން ވެސް މިވީއެވެ. ދެން ގަބޫލުކޮށްލާށެވެ.  

ޓްވިޓަރދުނިޔެ

އިތުރަށް ކިޔާލަން

07 ސެޕްޓެމްބަރު 2025

"މީޑިއާ ކޮންޓްރޯލް ބިލުގެ އަމާޒަކީ ނޫސްވެރިކަން ނައްތާލުމުގެ އިތުރުން ސިޔާސީ ފަރާތްތަކުގެ ސޯޝަލް މީޑިއާ އެކައުންޓް ތައް ބްލޮކްކުރުން"

07 ސެޕްޓެމްބަރު 2025
"މީޑިއާ ކޮންޓްރޯލް ބިލުގެ އަމާޒަކީ ނޫސްވެރިކަން ނައްތާލުމުގެ އިތުރުން ސިޔާސީ ފަރާތްތަކުގެ ސޯޝަލް މީޑިއާ އެކައުންޓް ތައް ބްލޮކްކުރުން"
08 ޖުލައި 2025

އިންޑިއާގައި ދެހާހަށްވުރެ ގިނަ 'އެކްސް' އެކައުންޓް ބްލޮކް ކޮށްފި

08 ޖުލައި 2025
އިންޑިއާގައި ދެހާހަށްވުރެ ގިނަ 'އެކްސް' އެކައުންޓް ބްލޮކް ކޮށްފި
31 އޯގަސްޓު 2024

ކޯޓު އަމުރަކަށް ބްރެޒިލްގައި އެކްސް މަނާ ކޮށްފި

31 އޯގަސްޓު 2024
ކޯޓު އަމުރަކަށް ބްރެޒިލްގައި އެކްސް މަނާ ކޮށްފި
07 ޖުލައި 2024

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

07 ޖުލައި 2024
ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟
02 ޖުލައި 2024

ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

02 ޖުލައި 2024
ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު