Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޗާގޮސް މައްސަލަ

"އަލަށް ލިބޭ ޗާގޮސް"، ސިޔާސީ ބޮޑު ނަފާވެރިކަމެއް

ޗާގޮސް މައްސަލައިގައި ސިޔާސީ ބޭނުމަށް ވާހަކަދައްކާ ސިޔާސީ މީހުން އެބަ ތިބި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 4 ނޮވެމްބަރު 2022 | ހުކުރު 13:36
ޗާގޮސް ގެ ޖަޒީރާ ތައް

ޗާގޮސް ގެ ޖަޒީރާ ތައް

ޗާގޮސްގެ ވާހަކަތޯއެވެ؟ މިއޮތީ ވާ ވާހަކައެވެ. އިރެއްގާ ޗާގޯސް ނޫނީ އޭރުގެ ދިވެހިން ދަންނަ ނަމުން ނަމަ ފޯޅަވަހީގެ ވާހަކަ އަހަރުމެން ދިވެހިން އަހަމުން އައީ އިހު ދިވެހިންގެ ތެރެއިން ބަޔަކަށް ދޯނި ފަހަރުގައި ދަތުރުކުރި ކުރުމުގައި ދެވޭ ރަށްތަކެއްގެ ވާހަކައިގެ ގޮތުގައެވެ. ރާއްޖެ އާއި މާދުރު ނޫން ހިސާބެއްގައި އޮންނަ ފޯޅަވައްސަށް ދިޔަ ވާހަކަ އަކީ ސަޅިބާސާ ނޫނީ ޔޯލަ ވާހަކަތަކުގެ ތެރެއިން ދަތުރުވެރިންގެ ދޫދޫ މަތިން އިވި ފަރިތަ ވާހަކައެވެ. އެހެނަސް މިއަދު ދިވެހިން ޗާގޮސްގެ ވާހަކަދެއްކުން އިހުނަށް ވުރެ ފަރިތަވެއްޖެއެވެ.

ކުދިވެރިންނާއި އުމުރުން ދުވަސްވީ ރަށްވެހިންގެ ދުލުން ވެސް ޗާގޮސްގެ ވާހަކައެއް ނުފިލައެވެ. ހޮޅުއަށިތަކާއި ޖޯލިފަތިތަކުން ފެށިގެން ސައިހޮޓާތަކުގެ މޭޒުމަތީގައި ވެސް އެންމެ ފަރިތަ ވާހަކައަކީ ހަމަ ޗާގޮސްގެ ވާހަކައެވެ. ސިޔާސީ ވެރިންގެ ޕޯޑިއަމްތަކުން ފެށިގެން ސިޔާސީ ސައްލާ މޭޒުތަކުގައި ވެސް ދައްކަނީ ފޯޅަވަހީގެ ވާހަކައެވެ. ކޮންމެ މީހަކީ މި މައްސަލައިގައި ޚިޔާލެއް، އަމިއްލަ ފިކުރެއް އޮތް މީހެކެވެ. އެދުރުންނާއި ރޯނު އެދުރުންނެވެ.

ޗާގޮސް އަކީ ރާއްޖޭގެ ތަނެއްތޯ ނުވަތަ ނޫންތޯ ކުރެވޭ ބަހުސެވެ. ޗާގޮސް މައްސަލައިގައި އިހުމާލުވިތޯ އާއި ވެފައި ވާ ނަމަ އެ އިހުމާލުވި ބަޔަކީ ކޮބައިތޯ ކުރާ ސުވާލެވެ. ކޮންމެއަކަސް އެއްބަޔަކު ގަބޫލުކުރާ ގޮތުން ޗާގޮސް އަކީ ދިވެހިންގެ އިމުން އެއްކިބާވެފައިވާ ދިވެހިންގެ މިލްކެކެވެ. މިކަމަށް ހެކިދޭ ލިޔުމެއް ނޫނީ ބާރުދޭ ހެއްކެއް ނެތެވެ. އެހެންނަމަވެސް ބަހުސްގެ ބޭނުމަށްޓަކާ މިއީ މަޖާޒީ ގޮތުން ތެދެއް ކަަމަށް ބަލަމާތޯއެވެ؟ އެހެންކަމަށް ވާނަމަ ދިވެހިންނަށް އަލަށް ލިބޭ ޗާގޮސް އާއި އެކު ދިވެހިންނަށް ލިބޭނީ ކޯޗެއްތޯއެވެ؟ ދިވެހިންނަށް ލިބޭނީ ކޯއްޗެއްތޯއެވެ؟ ހަނދާނަށް އަންނަނީ ދާދިފަހުން ރައްޔިތުންގެ މަޖިލީހުގައި ކަށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ދެއްކެވި ވާހަކައެވެ.

ޖާބިރު އެ ވިދާޅުވަނީ ދޮގެއް ނޫނެވެ. ޗާގޮސް އަކީ ރާއްޖޭގެ ތަނަކަށް ވާނަމަ އެތާގައި ތިބެން ވާނީ މުސްލިމުންނެވެ. ރާއްޖޭގެ ޤާނޫނު އަސާސީ ބުނާގޮތުން ދިވެހިންނަކީ ސުންނީ މުސްލުމްނެނެވެ. ދިވެހިރައްޔިތަކަށް ވުމުގެ ސިފަ ފުރިހަމަ ވަނީ މުސްލިމަކަށް ވުމުންނެވެ. ދިވެހިންގެ ވެރިންނާއި އިސް މަޤާމުތަކަށް ކުރިމަތިލެވެނީ އެ ޝަރުތު ފުރިހަމަވެގެންނެވެ.

އެހެންވީމަ ދެން އުފެދޭ ސުވާލަކީ ޗާގޮސް އަކީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ތަނެއް ކަމަށް ވާނަމަ، އަލަށް ލިބޭ ޗާގޮސްގެ ރައްޔިތުން އެންމެން އެއްފަހަރާ އިސްލާމްދީނަށް ވައްދާނީތޯއެވެ؟ އެހެނެއް ނުވާނެތާއެވެ. ޗާގޮސް އަކީ އަދި ދިވެހިންގެ ތަނަކަށް ވިއެއްކަމަކު އެތަނުން ރައްޔިތުން ފައްސާލާފައި އެތަނެއް ނުލިބޭނެއެވެ. ޗާގޮސް ބަލައިގަންނަނީ އެތަނުގެ ހަސަބާއި، ސިފަވަންތަކަމާއި އެކުގައި ކަމަށް ވާނަމަ ދެން އޮތީ އަދި މުޅިން ތަފާތު މައްސަލައެކެވެ.

އެ ހިސާބުން ދިވެހިންނަކީ އެއް ބަހަކުން ވާހަކަދައްކާ، އެއް ދީނެއްގެ، އެއް ނަސްލެއްގެ، އެއް ސަގާފަތެއްގެ ބައެއް ކަމަށް ބުނާ ބުނުން ނިމުމަކަށް އައީތާއެވެ. ދިވެހިންގެ ދިވެހި ވަންތަކަން ޒަމާނުއްސުރެ ސިފަކުރަމުން އައި ގޮތް ބަދަލުވީތާއެވެ.

ޗާގޮސް މައްސަލައިގައި ބަސްބުނާ މީހުން ދުވަހަކަށް ވުރެ ދުވަހެއް ގިނަ ވަމުން ދާއިރު ކުރީގެ ބަންޑާރަނައިބުންނާއި ކުރީގެ ހޯމް މިނިސްޓަރުން ވެސް ދަނީ މި މައްސަލައިގައި ޚާއްސަ ޝައުގުވެރިކަމެއް ބާއްވަމުންނެވެ. އެގޮތުން ފޯޅަވައްސަކީ ދިވެހިންގެ ތަނަކަށް ވެއްޖެ ނަމަ ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ގޮތުގައި ރާއްޖެ އޮތް އޮތުން ނިމުމަކަށް އަންނާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރުކަން ކުރެއްވި ބޭފުޅަކު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ޗާގޯސް އައިލެންޑްސްްއަކީ މޮރީޝަސްގެ ސިޔާދަތުގެ ބައެއް ކަމަށް ރާއްޖެއިން ތާއިދުކޮށް ނިންމާފައިވާ ނިންމުމަކީ ދައުލަތުގެ އެންމެ މަތީ މަސްލަހަތަކަށް ފަހިވާ ނިންމުމަކަށް ނުވާކަމަށާއި ނިންމުން އަނބުރާާ ގެންދިއުމަށް ކުރީގެ ދެ ބަންޑާރަ ނައިބުކަން ކުރެއްވި ދެކަނބަލަކު ވަނީ ގޮވާލައްވާފައެވެ.

ކަންމިހެން ހުރި އިރު ޗާގޮސް ރާއްޖެ އަށް ލިބޭ ނަމަ އެހިސާބުން ކަން ހިނގާނެ ގޮތަކާއި މެދު ލައްކަ ސުވާލުތައް އެބަހުއްޓެވެ. ޗާގޮސް ރާއްޖެ އަށް ލިބިއްޖެ ނަމަ ޗާގޮސްގެ ރައްޔިތުންނަށް ހަދާނީ ކިހިނެއްތޯއެވެ؟ އެ މީހުންނަށް އެތަން ދޫކޮށް ދާން އަންގާނީތޯއެވެ؟ ނޫނީ ގާނޫނޫ އަސާސީ ބަދަލުކުރާނީތޯއެވެ؟ ބަދަލު ނުކުރާނަމަ ދިވެހިންނަކީ ސައްތައިން ސައްތަ މުސްލިމުންގެ ގޮތުގައި އޮތް އޮތުން ދަމަހައްޓާނީ ކިހިނެތްތޯއެވެ؟

މިއިން އެއްވެސް ވާހަކައެއް ޗާގޮސް މައްސަލައިގައި ވާހަކަދައްކަވާ ބޭފުޅުން ނުދައްކަވައެވެ. އެކަމަކު މިއީ ޖާއިޒް ސުވާލުތަކަކަށް ނުވޭތޯއެވެ؟ ކޮންމެ އަކަސް ޗާގޮސްގެ ވާހަކަ އަކީ މިހާރު ފޫހިވެފައި ތިބި ބަޔަކަށް ދައްކާލަން ލިބުނު ޝައުގުވެރި ސިޔާސީ ވާހަކައަކަށް ވެއްޖެއެވެ. ސިޔާސީ މީހުން މި ވާހަކަ ދައްކަނީ އެ ބަޔަކު ބޭނުން ރަހައެއް ލައްވާލާ ފުށްގަނޑެއްގެން މޮޑެގެންނެވެ. އެއް ބަޔަކު ރިޔާސީ އިންތިޚާބަށް ވިއްކާ ވާހަކަ އަކަށް، އަނެއް ބަޔަކު ގަންނަ އެއްޗަކަށް ޖާގޮސްވެއްޖެއެވެ.

އެނގޭހާވެސް ކަމަކީ ޗާގޮސްގެ މައްސަލަ އާއި ދިވެހިންގެ ޖަޒުބާތުތަކާއި ގުޅުން އެބަ ހުރިކަމެވެ. އެހެންވީމަ ދިވެހިން ޖަޒުބާތުގައި ޖައްސާ ދިވެހިންނަށް އެ ވާހަކަ ވިއްކައިގެން ކުރި ލިބިދާނެ ކަަމަށް ހީވަނީ ތޯއްޗެވެ. ބުދަ ދުވަހު މަޖިލީހުގައި މެމްބަރު ޖާބިރު ވަނީ މިފަދަ މިސާލެއް ޖައްސަވާފައެވެ. އެއީ ބުދު ހެދި މީހާ ބުދު ނުވިކިގެން އެއީ ދީނެއް ކަަމަށް ދައްކާ އެ ވިއްކުމުގެ މަސައްކަތް ކުރި ވާހަކައެވެ. އެހެންވީމަ ޗާގޮސްގެ ވާހަކަ ދައްކާ މީހުން ޗާގޮސްގެ ނިވަލުގައި ތިމާމެންގެ ލޮނުމަޑުވެފައިވާ ސިޔާސީ ހަޔާތުގެ ރަހަމީރު ކުރެވިދާނެ ކަމަށް ދެކުން އެއީ އެންމެ ރަނގަޅު ގޮތްތޯއެވެ؟

ޗާގޮސް ހޯދަން މިވަރަކުން ފޫގަޅާ އިރު ބައެއް މީހުން ބުނެއެވެ. ޗާގޮސްގެ މައްޗަށް ސިޔާދަތީ ބާރު އޮންނަ ވާހަކަ އަށް ވުރެ މަލިކު އާއި ދިވެހިންނާއި ގުޅުމެއް އޮތް ކަމަށް ގަބޫލުކުރަން މާ ފަސޭހަވީހެވެ. އެހެނީ ހެދުން އެޅުމުގެ ވައްތަފާޅި އާއި އުޅުމާއި ބަސްމޮށުންތެރިކަމަށް ބެލިއަސް އެތަނުގައި ތިބި މީހުންގެ ދިވެހި ސިފަވަންތަކަން ބޮޑެވެ. އަދި ދީނާއި ސަގާފަތުގެ ގޮތުން ވެސް ދިވެހިންނާ ބޮޑަށް ދޯޅީ މަލިކު މީހުން ކަމަށްވާތީ އެވެ.

ޗާގޮސް މައްސަލަ

ކޮމެންޓް

އިތުރަށް ކިޔާލަން

އެއް އަހަރުވީ އިރު ވެސް، ކަނޑުގެ މައްސަލައިގެ ރިޕޯޓު ވަޒީރުންގެ މަޖިލީހަށް ހުށަނާޅާ

އެއް އަހަރުވީ އިރު ވެސް، ކަނޑުގެ މައްސަލައިގެ ރިޕޯޓު ވަޒީރުންގެ މަޖިލީހަށް ހުށަނާޅާ

03 މެއި 2025
ޗާގޯސްގެ މައްސަލައާއި މެދު ސަރުކާރުގެ ސްޓްރެޓަޖީ ބަދަލުކުރަނީ

ޗާގޯސްގެ މައްސަލައާއި މެދު ސަރުކާރުގެ ސްޓްރެޓަޖީ ބަދަލުކުރަނީ

31 އޮކްޓޯބަރު 2024
ސަރުކާރުން އަމަލުކުރަނީ އިސްތިޤްލާލް ގެއްލޭ ގޮތަށް، ސަބަބަކީ އިސް މީހުން މާލީ ތަނަވަސްކަން ހޯދުން - ކުރީގެ ރައީސް ޔާމީން

ސަރުކާރުން އަމަލުކުރަނީ އިސްތިޤްލާލް ގެއްލޭ ގޮތަށް، ސަބަބަކީ އިސް މީހުން މާލީ ތަނަވަސްކަން ހޯދުން - ކުރީގެ ރައީސް ޔާމީން

11 އޮކްޓޯބަރު 2024
ޗާގޯސް ކަނޑުގެ މައްސަލައިގައި މި ސަރުކާރުން ދައްކަނީ މުނާފިގު ސިފަތަކެއް - ޔާމީން

ޗާގޯސް ކަނޑުގެ މައްސަލައިގައި މި ސަރުކާރުން ދައްކަނީ މުނާފިގު ސިފަތަކެއް - ޔާމީން

08 އޮކްޓޯބަރު 2024
ފޯޅަވެއްސަކީ ރާއްޖޭގެ ތަނެއް ކަމަށް ބުނަމުން ދަނިކޮށް އެތަން މޮރިޝަސްއަށް ދީގެން ނުވާނެ: ރައީސް ނަޝީދު

ފޯޅަވެއްސަކީ ރާއްޖޭގެ ތަނެއް ކަމަށް ބުނަމުން ދަނިކޮށް އެތަން މޮރިޝަސްއަށް ދީގެން ނުވާނެ: ރައީސް ނަޝީދު

03 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު