Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވިލިމާލޭގެ މާރުކޭޓު

ވިލިމާލޭގެ މާރުކޭޓު ކުއްޔަށް ދިނުމުގެ އުސޫލުގެ ބައެއް މާއްދާތަކަށް ބަދަލު ގެނެސްފި

އުސޫލު ބަދަލުކުރުމަށް 13 ކައުންސިލް މެމްބަރުންގެ ވޯޓާއެކު ވަނީ ފާސްކޮށްފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 4 ނޮވެމްބަރު 2022 | ހުކުރު 09:05
ވިލިމާލެ

ވިލިމާލެ

ވިލިމާލޭގެ މާރުކޭޓު ކުއްޔަށް ދިނުމުގެ އުސޫލުގެ ބައެއް މާއްދާތަކަށް މާލެ ސިޓީ ކައުންސިލުން ބަދަލު ގެނެސްފިއެވެ.

މި ބަދަލުތައް ގެނެސްފައިވަނީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 74 ވަނަ ޖަލްސާގައެވެ. މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ 20 ގޮޅިއަށް އެޕްލިކޭޝަންތައް ލިބުނުއިރު އެއް ގެޔަކަށް ނުވަތަ ދެ ގެޔަކަށް ނިސްބަތްވާ ގޮތަށް ގިނައިން އެޕްލިކޭޝަން ލިބިފައިވާ ކަމަށެވެ.  

Advertisement - newsAdvertisement

ކައުންސިލްގެ ބޭނުމަކީ މިކަން މުޅި ރަށަށް ފައިދާވާ ގޮތަށް ހިންގުން ކަމަށާއި އަލުން ފުރުސަތު ހުޅުވާލުމަށް ވަރަށް ގިނަ ފަރާތްތަކުން އެދިފައިވާ ކަމަށް ވެސް ވިދާޅިވިއެވެ. ހަމަހަމަ އުސޫލުން ގޮޅިތައް ދިނުމަށް ސިޓީ ކައުންސިލުން އަލުން އުސޫލެއް ކަނޑައަޅާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ޖަލްސާގައި ވަނީ ވިލިމާލޭގައި ހަދާ ތަކެތީގެ މާރުކޭޓްގެ ގޮޅިތައް ކުއްޔަށް ދިނުމާއި ބެހޭ އުސޫލުގެ ބައެއް މާއްދާތަކަށް ބަދަލު ގެނެސްފައެވެ. އަދި ކައުންސިލް މެމްބަރުން ވަނީ އުސޫލަށް މަޝްވަރާ ކުރެއްވުމަށްފަހު އެބޭފުޅެއްގެ ހިޔާލު ހިއްސާކުރައްވާފައެވެ.

އެގޮތުން ޖަލްސާގައި މާލޭ ސިޓީ ވިލިމާލޭ ދާއިރާގެ ކައުންސިލް މެމްބަރު ނަހުލާ އަލީ ވިދާޅުވީ މި އުސޫލު ކަނޑައެޅުމުގައި ސިޓީ ކައުންސިލްގެ ލީގަލް ސެކްޝަނުން މަސައްކަތް ކުރެއްވި ކަމަށާއި އުސޫލުގެ މަޤްސަދަކީ ވިލިމާލޭގައި ވެސް ދިރިއުޅޭ ރައްޔިތުންނަށް މާލޭގައި ވެސް ދެވޭ ހިދުމަތްތައް ދިނުން ކަމަށެވެ. ނަހުލާ ވިދާޅުވީ އެއްބަޔަކަށް ގޮޅި ދޫކުރުމުގެ ބަދަލުގައި ކައުންސިލްގެ މަޤްސަދަކީ 20 ގެޔަށް 20 ގޮޅި ދިނުން ކަމަށެވެ.

އުސޫލަށް ސިޓީ ކައުންސިލުން ގެނެސްފައިވާ ބަދަލުތަކަކީ ވިލިމާލެ ގޮޅީގެ ކަންތައްތައް ވިލިމާލެ ސެކްޝަން ނުވަތަ ޑިޕާޓްމަންޓުން ބެލެހެއްޓުމާއި ގޮޅިށް ކުރިމަތިލެވޭނީ ދިވެހި ރައްޔިތަކަށް އެކަނި ކަމުގައި ކަނޑައެޅުމާއި ގޮޅިއަށް ކުރިމަތިލެވޭ އެންމެ މަތީ އުމުރަކަށް 75 އަހަރު ކަނޑައަޅާފައި އޮތުމުން އެކަން އުވާލުމެވެ. އަދި ގޮޅި ހިންގާ މީހަކު ނިޔާވެއްޖެނަމަ ވާރުތަ ކުރުމަށް އޮންނަ މުއްދަތު 7 ދުވަހުން 14 ދުވަހަށް އިތުރު ކުރުމުގެ އިތުރުން ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ވެސް ގޮޅިއަށް ކުރިމަތިލެވޭ ގޮތަށް ނިންމުމެވެ.

މިގޮތަށް އުސޫލު ބަދަލުކުރުމަށް 13 ކައުންސިލް މެމްބަރުންގެ ވޯޓާއެކު ވަނީ ފާސްކޮށްފައެވެ.

މިކަމާއި ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ ސިޓީ ކައުންސިލުން އެގޮތަށް ބަދަލު ގެނަޔަސް ގޮޅިތައް ހަވާލުކުރެވޭނީ އޭސީސީގެ ހުއްދައާއެކުގައެވެ.

ސިޓީ ކައުންސިލުން މިގޮތަށް ކަނޑައަޅާފައިވާއިރު ގޮޅިއަށް ކުރިމަތި ނުލެވޭނެ އުސޫލުތަކެއް ވެސް ކަނޑައަޅާފައިވެއެވެ. އެގޮތުން ސަރުކާރު ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި މަސައްކަތް ކުރާ މީހަކަށް ގޮޅިތަކަށް ކުރިމަތި ނުލެވޭއިރު މާލެސިޓީގެ މާރުކޭޓުގައި ގޮޅި ހިންގާ މީހަކަށް ކުރިމަތި ނުލެވޭނެއެވެ.

ވިލިމާލެއިން ގޮޅި ދޫކުރެވޭނީ ވިލިމާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ މީހުންނަށް އެކަންޏެވެ. ގޮޅި ލިބޭ މީހުންނާއެކު އެއް އަހަރު ދުވަހުގެ މުއްދަތަށް އެއްބަސްވުން ހެދިގެންދާއިރު އުސޫލާއި ޚިލާފުވެއްޖެނަމަ 5000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.

މާރުކޭޓް އެޅުމަށް ނިންމާފައިވަނީ ވިލިމާލެ ފެރީ ޓާމިނަލް ކައިރީގައި ހުންނަ ކުރީގައި ޑައިންމޯ ހިންގި ބިމުގައެވެ.

ވިލިމާލެމާލޭ ސިޓީ ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު