ބަނގުރާ ފުޅިތަަކަކާއެކު މާލެއިން މީހަކު ހައްޔަރުކޮށްފި
4 ނޮވެމްބަރު 2022 | ހުކުރު 01:59ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނެއް

އާއިޝަތު ޝިއުރާ | 4 ނޮވެމްބަރު 2022 | ހުކުރު 01:59

ބަނގުރާ ފުޅިތަަކަކާއެކު މާލެއިން މީހަކު ހައްޔަރުކުރުން
ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ފުޅިތަކަކާ އެކު މީހަކު ހައްޔަރުކޮށްފިއެެވެ.
އާންމު ފަރާތަކުން ފުލުހުންނަށް ދިން މައުލޫމާތަކާ ގުޅިގެން ނޮވެމްބަރު 2 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށް، އޭނާ ގެންގުޅުނު ފޮށިގަނޑުތަކެއް ބަލައިފާސްކުރިއިރު 64 ފުޅި ބަނގުރާ ފެނިފައިވެއެވެ.
މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.











