Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސަރުކާރާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްއެންޕީ

ސަރުކާރާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް އެމްއެންޕީން ނިންމައިފި

އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތުމަށް ގައުމީ ހިންގާ ކައުންސިލުގައި ތިއްބެވި ހުރިހާ ބޭފުޅުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 3 ނޮވެމްބަރު 2022 | ބުރާސްފަތި 02:25
އެމްއެންޕީގެ ޤައުމީ ހިންގާ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި ޕާޓީގެ ރައީސް މުޙައްމަދު ނާޒިމް

އެމްއެންޕީގެ ޤައުމީ ހިންގާ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި ޕާޓީގެ ރައީސް މުޙައްމަދު ނާޒިމް

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ން ދެން ހަރަކާތްތެރިވާނީ ސަރުކާރު ޒިންމާދާރުކުރުވާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ކަމަށް އެޕާޓީން ނިންމައިފިއެވެ.

އެމްއެންޕީގެ ޤައުމީ ހިންގާ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ވަނީ ބުދަ ދުވަހުގެ ރޭ ބާއްވާފައެވެ. އެބައްދަލުވުމުގައި އެޕާޓީގެ ޤައުމީ ހިންގާ ކައުންސިލްގެ 52 މެންބަރުން ވަނީ ބައިވެރިވެފައެވެ.

އެމްއެންޕީން ބުނީ ގައުމީ ހިންގާ ކައުންސިލްގެ ބައްދަލުވުމަށް ޕާޓީގެ ނާއިބު ރައީސް އަޙްމަދު ޝަރީފް ހުށަހަޅުއްވީ އެމްއެންޕީން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި، ސަރުކާރު ޒިންމާދާރުކުރުވާ ޕާޓީގެއެއްގެ ގޮތުގައި އޮތުމަށެވެ. މިހުށަހެޅުމަށް ތާޢީދުކުރެއްވީ ނާއިބު ރައީސް ޙުސައިން އިސްމާޢީލެވެ. މިހުށަހެޅުމަށް ކުރެވުނު ބަހުސްގައި ގިނަ މެންބަރުން ފާހަގަކުރެއްވީ ރައްޔިތުންނަށް މަންފާހުރި ކަންކަމަށް ސަރުކާރުން އެންމެ އެކަށީގެންވާ އިޖާބަ ނުދޭކަމަށާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބުދާރީ ނުވާ ކަމުގައެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތްތަކަށް އެއްބާރުލުން ވެސް ނުލިބޭކަމުގައެވެ. މި ހުށަހެޅުން ހާޒިރުވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައިކަމަށް އެޕާޓީން ބުނެއެވެ.

މިބައްދަލުވުމުގައި ނިންމުނު މުހިއްމު އަނެއް ނިންމުމަކީ ދައުލަތުން ޓެކްސް ބޮޑުކުރުމަށް ހުށަހަޅާފައިވާ ބިލަށް ތާޢީދު ނުކުރަން ނިންމި ނިންމުމެވެ. ޕާޓީގެ ޤައުމީ ހިންގާ ކައުންސިލުން މިފަދަ ނިންމުމެއް ނިންމި ކަމުގައިވީ ނަމަވެސް، އެމްއެންޕީގެ ސިޔާސަތަކީ ވިޕެއް ނެރި ވަކި ވަކި މެންބަރުން ވޯޓަށް ނުފޫޒު ނުފޯރުވާ ރައްޔިތުންގެ އިޙްސާސްތަކާ އެއްގޮތަށް މަޖިލީހުގައި ވޯޓު ދިނުމަށް ބާރުއެޅުން ކަމަށް ވެސް ޕާޓީގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވިއެވެ.

އެމްއެންޕީގެ ފުރަތަމަ ޤައުމީ ކައުންސިލް ބައްދަލުވުމުގައި އިތުރަށް މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި 2023 ވަނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓާ ބެހޭ ގޮތުންނާއި، ރާއްޖޭގެ އިޤްތިސާދީ ހާލަތާ ބެހޭ ގޮތުންނާއި، މިހާރު ރައްޔިތުންގެ ކަންބޮޑުވުން އެންމެ ބޮޑަށް އޮތް އެއް މައްސަލަ ކަމަށްވާ ޗާގޮސް މައްސަލައިގައި ވެސް ޤައުމީ ކައުންސިލްގެ މެންބަރުންގެ މެދުގައި ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރެވިފައެވެ.

އެމްއެންޕީގެ ޤައުމީ ހިންގާ ކައުންސިލަކީ ޕާޓީގެ ޤައުމީ ޖަލްސާ، ދަ ނެޝަނަލްސް ކޮންވެންޝަން އަށް ފަހު ޕާޓީގެ އެންމެ އިސް ޒިންމާތަކާއި މަސްޢޫލިއްޔަތުތައް އަދާކުރާ ގުނަވަނެވެ. ޕާޓީގެ ޤައުމީ ހިންގާ ކައުންސިލްގައި ހިމެނެނީ ޕާޓީގެ ރައީސުންނާއި ނާއިބު ރައީސުން، ޕާޓީގެ ވިމެންސް ވިންގާއި ޔޫތު ވިންގުގެ ލީޑަރުގެ އިތުރުން ޕާޓީގެ ހުރިހާ ދާއިރާތަކެއް ރައީސުންނާއި ދީނީ އިލްމުވެރިންގެ މަޝްވަރާ މަޖިލިސްގެ ޗެއަރއެވެ. ޕާޓީގެ ގައުމީ ހިންގާ ކައުންސިލްގެ ބައްދަލުވުމެއް ކޮންމެ 3 (ތިނެއް) މަހަކުން އެއް ފަހަރު ބާއްވަމުން ގެންދާނެ ކަމަށް އެ ޕާޓީން ބުނެއެވެ.

އެމްއެންޕީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މާލީ ބަޔާން ހުށަނާޅާ މެންބަރުންނަށް ފިޔަވަޅު އަޅާނަން - މަޖިލިސް

މާލީ ބަޔާން ހުށަނާޅާ މެންބަރުންނަށް ފިޔަވަޅު އަޅާނަން - މަޖިލިސް

04 ސެޕްޓެމްބަރު 2025
މަޖިލީހުގައި ޕާޓީ ތަމްސީލްކުރުމުގެ ހައިސިއްޔަތު އެމްއެންޕީއަށް ގެއްލިއްޖެ

މަޖިލީހުގައި ޕާޓީ ތަމްސީލްކުރުމުގެ ހައިސިއްޔަތު އެމްއެންޕީއަށް ގެއްލިއްޖެ

21 ނޮވެމްބަރު 2023
ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުން މެންދުރު

ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުން މެންދުރު

04 އޮކްޓޯބަރު 2023
ނާޒިމްގެ ކެންޑިޑެސީ ފޯމް ހުށަހަޅުއްވައިފި

ނާޒިމްގެ ކެންޑިޑެސީ ފޯމް ހުށަހަޅުއްވައިފި

06 އޯގަސްޓު 2023
އެއް ކެންޑިޑޭޓަކު ނެރެވިދާނެތަ؟

އެއް ކެންޑިޑޭޓަކު ނެރެވިދާނެތަ؟

20 ޖުލައި 2023

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު