Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ލިވަޕޫލުން ނަޕޯލީ ބަލިކޮށްފި، އެކަމަކު ލިބުނީ ގްރޫޕްގެ ދެ ވަނަ

2 ނޮވެމްބަރު 2022 | ބުދަ 02:59

ނަޕޯލީ އާއި ލިވަޕޫލުން ވެސް 15 ޕޮއިންޓު ހޯދި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 2 ނޮވެމްބަރު 2022 | ބުދަ 02:59
މެޗުގައި ލަނޑު ޖެހި ސަލާހު އާއި ނޫނޭޒް

މެޗުގައި ލަނޑު ޖެހި ސަލާހު އާއި ނޫނޭޒް

ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖް ފަހު މެޗުގައި ލިވަޕޫލުން ނަޕޯލީ ބަލިކޮށްފިއެވެ. މުބާރާތުގައި ނަޕޯލީން ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާ އަށް ލިވަޕޫލުން ނިމުން ގެނަޔަސް ގްރޫޕް ސްޓޭޖް ނިންމާލަން ޖެހުނީ ނަޕޯލީގެ ފަހަތުން ދެ ވަނައިގައެވެ.

މެޗުގެ ފަހު ވަގުތު ޖެހި ދެ ލަނޑުން, ލިވަޕޫލްގެ އެންފީލްޑްގައި މެޗު ކާމިޔާބުކުރީ 2-0 ނެވެ. މެޗުގައި ލިވަޕޫލްގެ ފުރަތަމަ ލަނޑު މުޙައްމަދު ސަލާޖު ޖެހީ 85 ވަނަ މިނެޓުގައެވެ. ދެ ވަނަ ލަނޑު ޑާވިން ނޫނޭޒް ޖެހީ މެޗުގެ އިތުރު ވަގުތުގައެވެ. މެޗުން މޮޅުވެ ލިވަޕޫލުން ވަނީ ހަ މެޗުން 15 ޕޮއިންޓު ހަމަކޮށްފައެވެ. ނަޕޯލިއަށް ވެސް ހަ މެޗުން ލިބުނީ 15 ޕޮއިންޓެވެ. ގޯލްގެ ފަރަގަށް ބަލާއިރު ނަޕޯލީއަށް ކުރި ލިބެނީ ތިން ގޯލްގެ ތަފާތަކާއެކުއެވެ. ނަޕޯލީ ގްރޫޕްގެ އެއް ވަނަ ހޯދީ ހެޑް ޓު ހެޑުން ކުރި ހޯދައިގެންނެވެ. ރަނގަޅު ފޯމެއް ދަމަހައްޓަމުން އައި ނަޕޯލީ ބަލި މިވީ 21 މެޗަށްފަހުއެވެ. އިޓާލިއަން ސެރީ އޭ ތާވަލްގެ އެއް ވަނައިގައި އޮތީ ވެސް ނަޕޯލީއެވެ. އެއާ ހިލާފަށް ނަޕޯލީ އާ ދެކޮޅަށް ލިވަޕޫލް ނުކުތީ ޕްރިމިއަރ ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ބަލިވުމަށްފަހުއެވެ.

މިގްރޫޕްގައި ދެން ވާދަކުރި ރޭންޖަރސްގެ މައްޗަށް އަޔެކްސް ކުރި ހޯދީ 3-1 ނެވެ. ތިން ވަނައިގައި އަޔެކްސް ނިންމާލީ ހަ ޕޮއިންޓާ އެކުއެވެ. ރޭންޖަރސް އަށް ޕޮއިންޓެއް ނުލިބެއެވެ.

ޗެމްޕިއަންސް ލީގުލިވަޕޫލްނަޕޯލީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
05 ނޮވެމްބަރު 2025

ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް

05 ނޮވެމްބަރު 2025
ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް
04 ނޮވެމްބަރު 2025

ސްލޮޓް އެދުނީ ސަޕޯޓަރުން ލިވަޕޫލް އާއެކު ތިބުމަށް

04 ނޮވެމްބަރު 2025
ސްލޮޓް އެދުނީ ސަޕޯޓަރުން ލިވަޕޫލް އާއެކު ތިބުމަށް
30 އޮކްޓޯބަރު 2025

ޕެލަސް އަތުން ބަލިވެ ކަރަބޯ ކަޕް އިން ލިވަޕޫލް ކަޓައިފި

30 އޮކްޓޯބަރު 2025
ޕެލަސް އަތުން ބަލިވެ ކަރަބޯ ކަޕް އިން ލިވަޕޫލް ކަޓައިފި
21 އޮކްޓޯބަރު 2025

ސްލޮޓް ބުނީ، ލިވަޕޫލް އަށް ބަހަނާ ދެއްކެން ނެތް ކަމަށް

21 އޮކްޓޯބަރު 2025
ސްލޮޓް ބުނީ، ލިވަޕޫލް އަށް ބަހަނާ ދެއްކެން ނެތް ކަމަށް
20 އޮކްޓޯބަރު 2025

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް