Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުތުރުގައި ފަތުރުވެރިކަން ކުރިއެރުވުން

އެއާޕޯޓެއް ކާމިޔާބުކަމާއެކު ހިންގަން 8000 އެނދު، ކުރިޔަށް އޮތް ތިން އަހަރު ތެރޭ އުތުރުގައި 3700 އެނދު ހުންނާނެ

1 ނޮވެމްބަރު 2022 | އަންގާރަ 09:55

ހަނިމާދޫ އެއާޕޯޓް ފުލްކެޕޭސިޓީގައި ހިންގާނަމަ ދުވާލަކު ޑިޕާޗާ ޕަސެންޖަރުން އުޅޭނެކަމަށް ބެލެވެނީ 1780 ގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 ނޮވެމްބަރު 2022 | އަންގާރަ 09:55
ޓޫރިޒަމް މިނިސްޓަރު ޑރ އަބްދުﷲ މައުސޫމް

ޓޫރިޒަމް މިނިސްޓަރު ޑރ އަބްދުﷲ މައުސޫމް

ސަރަހައްދެއްގައި އެއާޕޯޓެއް ކާމިޔާބުކަމާއެކު ކުރިއެރުމަށްޓަކައި އެސަރަހައްދަކަށް 8000 އެނދު ބޭނުންވާކަމަށާއި މިވަގުތު ހއ، ހދ އަދި ށ އަތޮޅުގައި ރިސޯޓް، ހޮޓާ އަދި ގެސްޓް ހައުސް ހިމެނޭގޮތުން 1724 އެނދު ރަޖިސްޓްރީކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު ޓޫރިޒަމާއި މިނިސްޓަރާއި ސުވާލުކުރެއްވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު 3.1 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭގޮތަށް ތަރައްޤީކުރުމަށް ހަވާލުކޮށްފައިވާއިރު މިއެއާޕޯޓް ދެކޮޅު ޖެއްސުމަށް އެސަރަހައްދަށް ކިތައް އެނދު ބޭނުންވޭތޯއެވެ. އަދި އުތުރުގެ ބެޑު ކެޕޭސިޓީ އިތުރުކުރުމަށް ޕްލޭނެއް އެބައޮތްތޯ އާއި ޕްލޭނެއް އޮތްނަމަ އެޕްލޭނަކީ ކޮބައިތޯއެވެ.

Advertisement - newsAdvertisement

މިސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ ހއ، ހދ އަދި ށ ގައި ރަޖިސްޓްރީކޮށްފައިވާ 1724 އެނދުގެ ތެރެއިން 1524 އެނދު ހުރީ އޮޕަރޭޝަން ހާލަތުގައިކަމަށެވެ. އަދި ކުރިޔަށް އޮތް ދެ އަހަރުގެ ތެރޭގައި ހދ އަތޮޅުގައި ދެ ރިސޯޓެއްގެ ފޭސް 1 ހުޅުވިގެންދާނެކަމަށް ލަފާކުރެވޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއީ ހދ ދިއްޕަރުފުށި އަދި ނާގޮހިކަމަށާއި އެތަނުން 234 އެނދު ހުޅުވޭނެ ކަމަށެވެ.

އަދި ކުރިޔަށް އޮތް ތިން އަހަރު ތެރޭގައި 1260 އެނދު ހިމެނޭހެން އިތުރު 4 ރިސޯޓެއް އޮޕަރޭޝަން ސްޓޭޖަށް އަންނާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ފުލްކެޕޭސިޓީގައި ހިންގާނަމަ ދުވާލަކު ޑިޕާޗާ ޕަސެންޖަރުން އުޅޭނެކަމަށް ބެލެވެނީ 1780 ގައިކަމަށެވެ. އޭގެތެރެއިން ފުރަތަމަ އަހަރުތެރޭ ޖުމްލަ ކެޕޭސިޓީގެ 20 އިންސައްތައިގައި އޮޕަރޭޓްކުރާނެކަމަށް ބެލެވޭކަމަށާއި އެހެންކަމަށްވާ ނަމަ ދުވާލަކު 300 ޕަސެންޖަރުން އެ އެއާޕޯޓަށް އަންނާނެކަމަށެވެ.

އެއީ ޓޫރިސްޓުންކަމަށް ބަލާއިރު މިހާރު ހުރި ބެޑް ކެޕޭސިޓީ އިތުރުވާނެކަމަށް ބެލެވޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް ކުރިޔަށް ގެންދިޔުމުގައި ބެޑް ކެޕޭސިޓީގެ އިތުރަށް ވަރަށް މުހިންމު އެހެން ކަންތައްތައް ހުންނަކަމަށެވެ. އެގޮތުން އެއާޕޯޓާއެކު އެސަރަހައްދެއްގެ ތެރޭގައި ދަތުރުކުރެވޭނެ ގޮތަށް ހުންނަންޖެހޭކަމަށާއި އާރުޓީއެލް ފެރީގެ ޚިދުމަތާއެކު އެކަމަށް މަގުފަހިވެފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަން ކުރިއެރުވުމަށް ބޭނުންވާކަންކަން ފަހިކުރުމަށް ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކާއި މިނިސްޓްރީގެ ފަރާތުން ވާހަކަދައްކަމުންދާކަމަށެވެ. އެގޮތުން ހއ އަދި ހދ ގެ ރަށްރަށުގެ ތެރެއިން އެއް ރަށް ފިޔަވައި އެހެން ހުރިހާ ރަށަކަށް މިނިސްޓްރީގެ ޓީމުތައް ދަތުރުކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރަށްރަށުން ފަތުރުވެރިކަން ކުރިއަރުވަން ބޭނުންވާކަމަށާއި އެތަންތަނަށް އިންވެސްޓްމަންޓްތައް ބޭނުންވާކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ފަތުރުވެރިންނަށް ފަހިވާގޮތަށް ރަށްރަށުގައި ހިދުމަތްތައް ހުންނަންޖެހޭކަމަށެވެ. އަދި ރަށްރަށުގެ ރައްޔިތުންގެ ވިސްނުންވެސް އެކަމަށް މަރުހަބާ ކިޔާގޮތަށް ވިސްނުން ހުންނަންޖެހޭކަމަށެވެ.

ހދ އަތޮޅުގައި އެއާޕޯޓް ހުޅުވިގެންދާއިރު އެމަގުން އެއާޕޯޓަށް ފަހިވާގޮތަށް އެނދުވެސް ހުންނާނެކަމަށާއި އަތޮޅުގެ ވިސްނުންވެސް އެމަގަށް ހުންނާނެކަމަށް ބެލެވޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިވަގުތު ރިޒޯޓު އަދި ގެސްޓުހައުސް ހިމެނޭ ގޮތަށް ހުރީ ހއ ގައި 360 އެނދު، ހދ ގައި 274 އެނދު އަދި ށ އަތޮޅުގައި 517 އެނދު އަދި ހދ. ގައި އެންމެ ރިޒޯޓެކެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

08 އޯގަސްޓު 2017

ރަސްފަންނުގައި ޕެވެލިއަން ހިންގަން ހެދި އެއްބަސްވުން ބާތިލްކޮށް އަލުން އިއުލާންކޮށްފި

08 އޯގަސްޓު 2017
ރަސްފަންނުގައި ޕެވެލިއަން ހިންގަން ހެދި އެއްބަސްވުން ބާތިލްކޮށް އަލުން އިއުލާންކޮށްފި
02 އޯގަސްޓު 2017

މަޖިލީހުގައި ޓެރެރިޒަމްގެ އަމަލެއް ހިންގަން އުޅޭކަމުގެ މައުލޫމާތު މެމްބަރުން ދެއްވާފައިނުވާތީ ކަންބޮޑުވޭ: އަބްދުﷲ ރިޔާޒު

02 އޯގަސްޓު 2017
މަޖިލީހުގައި ޓެރެރިޒަމްގެ އަމަލެއް ހިންގަން އުޅޭކަމުގެ މައުލޫމާތު މެމްބަރުން ދެއްވާފައިނުވާތީ ކަންބޮޑުވޭ: އަބްދުﷲ ރިޔާޒު
23 ޖުލައި 2017

ޢަދުލް އިންސާފަކީ ވަކި ޕާޓީއަކަށް ވަކި ބަޔަކަށް ހިންގަން ޖެހޭނެ އެއްޗެއް ނޫން: އަލީ ޒާހިރު

23 ޖުލައި 2017
ޢަދުލް އިންސާފަކީ ވަކި ޕާޓީއަކަށް ވަކި ބަޔަކަށް ހިންގަން ޖެހޭނެ އެއްޗެއް ނޫން: އަލީ ޒާހިރު
13 ޖުލައި 2017

ގޮނޑި ގެއްލުނަސް، އެނދު ގެއްލުނަސް ޕީޕީއެމްއަށް ނުދާނަން: ލަތީފް

13 ޖުލައި 2017
ގޮނޑި ގެއްލުނަސް، އެނދު ގެއްލުނަސް ޕީޕީއެމްއަށް ނުދާނަން: ލަތީފް
29 ޖޫން 2017

އައްޑޫގެ 100 އެނދުގެ ހޮސްޕިޓަލް އަންނަ އަހަރު ހުޅުވޭނެބާ؟

29 ޖޫން 2017
 އައްޑޫގެ 100 އެނދުގެ ހޮސްޕިޓަލް އަންނަ އަހަރު ހުޅުވޭނެބާ؟
11 ޖޫން 2017

ފުރަތަމަ ފަރަނައިގައި 28000 މީހުން ޒަކާތް ދައްކައިފި

11 ޖޫން 2017
ފުރަތަމަ ފަރަނައިގައި 28000 މީހުން ޒަކާތް ދައްކައިފި
25 އެޕްރީލު 2017

ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބެންޖެހޭ، ޔާމީނުގެ މަރަށް އިންސާފުވެރި ތަހުގީގެއް ހިންގަންޖެހޭ: އދ ހިއުމަން ރައިޓްސް ކޮމިޝަނަރ

25 އެޕްރީލު 2017
ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބެންޖެހޭ، ޔާމީނުގެ މަރަށް އިންސާފުވެރި ތަހުގީގެއް ހިންގަންޖެހޭ: އދ ހިއުމަން ރައިޓްސް ކޮމިޝަނަރ
13 އެޕްރީލު 2017

ޤާސިމްގެ މައްޗަށް ހިންގަން އޮތް ޝަރީއަތް މިހާރު ޤާނޫނާ ޚިލާފް ވާނެ: ހިސާން

13 އެޕްރީލު 2017
ޤާސިމްގެ މައްޗަށް ހިންގަން އޮތް ޝަރީއަތް މިހާރު ޤާނޫނާ ޚިލާފް ވާނެ: ހިސާން
06 އެޕްރީލު 2017

ފޭދޫ އެމްޑީޕީ ހަރުގެ ކުރިމަތީގައި ސިޔާސީ ހަރަކާތް ނުހިންގަން އަންގައިފި

06 އެޕްރީލު 2017
ފޭދޫ އެމްޑީޕީ ހަރުގެ ކުރިމަތީގައި ސިޔާސީ ހަރަކާތް ނުހިންގަން އަންގައިފި
06 މާރިޗު 2017

ކޭބަލެއް އެނދުމުގެ ސަބަބުން ނ. ޅޮހީގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ

06 މާރިޗު 2017
ކޭބަލެއް އެނދުމުގެ ސަބަބުން ނ. ޅޮހީގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް