Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގޮއިދޫ މެޖިސްޓްރޭޓް

މަޤާމުގެ ހައިސިއްޔަތާއި ޒިންމާ ނަހަމަގޮތުގައި ބޭނުންކުރިކަން ސާބިތުވެ ގޮއިދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް މަގާމުން ވަކިކުރަން ނިންމައިފި

ވިޔަފާރީގެ މަސްލަހަތަކާ ގުޅިގެން، ނިޝާރުގެ މަޤާމުގެ ހައިސިއްޔަތާއި ޒިންމާ ނަހަމަގޮތުގައި ބޭނުންކޮށް ނާޖާއިޒު މަންފާއެއް ހޯދާފައިވާކަމަށް ބުނެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 1 ނޮވެމްބަރު 2022 | އަންގާރަ 09:37
ބ.ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙުމަދު ނިޝާރު

ބ.ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙުމަދު ނިޝާރު

ބ.ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙުމަދު ނިޝާރު ފަނޑިޔާރުކަމުން ވަކިކުރުމަށް ނިންމައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ބ. ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙުމަދު ނިޝާރުއާ ގުޅޭގޮތުން އެ ކޮމިޝަނަށް ހުށަހެޅުނު މައްސަލައެއް ތަހުގީގުކުރެވި ތައްޔާރުކުރެވުނު ރިޕޯޓު މިދިޔަ އާދީއްތަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ ޖަލްސާގައި ފާސްކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގައި ނިންމާފައި ވަނީ، ބ. ފުޅަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ދައުވާއެއްގައި ދައުވާ ލިބުނު ފަރާތާއެކު އޮތް ވިޔަފާރި މަސްލަހަތެއްގެ ސަބަބުން، އެ ޤަޟިއްޔާ ބެލުމުން އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަހުމަދު ނިޝާރު ތަނާޒުލުވުމުން އެ ޤަޟިއްޔާ ބެލުމަށް އެހެން މެޖިސްޓްރޭޓަކު އައްޔަން ކުރެވިފައިވަނިކޮށް، އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙުމަދު ނިޝާރު އަމިއްލައަށް އެ ޤަޟިއްޔާ ބެލުމާ އަލުން ޙަވާލުވެފައިވަނީ ކަނޑައެޅިފައިވާ އިޖުރާޢަތާ ކަނޑައެޅިގެން ޚިލާފަށްކަމާއި، ފަހުން އެ ޤަޟިއްޔާ ބެލުމާ އިސްމެޖިސްޓްރޭޓް އަޙުމަދު ނިޝާރު އަމިއްލައަށް ޙަވާލުވެ ޝަރީއަތް ހިންގާފައި ވަނީ ކުރިން ތަނާޒުލުވި ސަބަބު ހަމައެގޮތުގައި ދެމިއޮއްވާކަމާއި، މިއީވެސް ތަނާޒުލުވުމާ ގުޅޭ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފު ކަމެއްކަމާއި، ފަހުން އެ ޤަޟިއްޔާއާ ހަވާލުވެ ޝަރީޢަތް ހިންގަމުންދިޔަ ގޮތުންނާއި މި މައްސަލާގައި ހިނގާފައި އެހެން ވެސް ކަންކަމަށް ބަލާއިރު، މަސްލަހަތު ފުށުއަރާ ސަބަބެއް އޮވެގެން އެ ޤަޟިއްޔާ ބެލުމުން ތަނާޒުލުވުމަށްފަހު އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙުމަދު ނިޝާރު އަމިއްލައަށް އަލުން އެ ޤަޟިއްޔާ ބެލުމާ ޙަވާލުވެ އެ ޤަޟިއްޔާ ހިންގާފައިވަނީ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙުމަދު ނިޝާރާއި އެ ޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތާ ދެމެދު އޮތް ވިޔަފާރީގެ މަސްލަހަތަކާ ގުޅިގެން، އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙުމަދު ނިޝާރުގެ މަޤާމުގެ ހައިސިއްޔަތާއި ޒިންމާ ނަހަމަގޮތުގައި ބޭނުންކޮށް ނާޖާއިޒު މަންފާއެއް ހޯދުމުގެ ގަސްތުގައިކަން ސާބިތުވާ ކަމަށެވެ.

އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙުމަދު ނިޝާރުގެ މައްޗަށް ސާބިތުވި ކަމަކީ، ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 32 ވަނަ މާއްދާގެ (ހ)ގެ 5 ވަނަ ނަންބަރާއި، އެ މާއްދާގެ 13 ވަނަ ނަންބަރާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.8 ވަނަ ނަންބަރާއި، 2.1 ވަނަ ނަންބަރާއި، 3.1 ވަނަ ނަންބަރާއި، 5.1 ވަނަ ނަންބަރާއި، އަދި 6.4 ވަނަ ނަންބަރާ ޚިލާފު ޢަމަލަކަށް ވާތީ، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 32-1 (ހ)ގެ 4 ވަނަ ނަންބަރުގެ ދަށުން، އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙުމަދު ނިޝާރު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަ ކަމަށް ކޮމިޝަނުން ނިންމީކަމުގައި ޖޭއެސްސީން ބުނެއެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2018

ސަރުކާރު ޒިންމާދާރު ނުކުރެވޭ ނަމަ ވެރިކަން ވައްޓާލަން ލާޒިމު ކަމަށް ވިދާޅުވީ ރައީސް ޔާމީން: ރޮޒެއިނާ

27 ޖެނުއަރީ 2018
ސަރުކާރު ޒިންމާދާރު ނުކުރެވޭ ނަމަ ވެރިކަން ވައްޓާލަން ލާޒިމު ކަމަށް ވިދާޅުވީ ރައީސް ޔާމީން: ރޮޒެއިނާ
22 މެއި 2017

ބްރޯޑްކޮމްގެ ޒިންމާ އަދާނުކޮށް، ބްރޯޑްކާސްޓަރުންގެ ފަހަތުން ދުވުން ނޫން ކަމެއް ނެތް: ހަސީނު

22 މެއި 2017
ބްރޯޑްކޮމްގެ ޒިންމާ އަދާނުކޮށް، ބްރޯޑްކާސްޓަރުންގެ ފަހަތުން ދުވުން ނޫން ކަމެއް ނެތް: ހަސީނު
17 މެއި 2017

ބިދޭސީ ޓީޗަރުން ރާއްޖެ ގެނައުމަށް ނަހަމަގޮތުގައި ފައިސާ ނަގާކަން ހާމަވެއްޖެ

17 މެއި 2017
ބިދޭސީ ޓީޗަރުން ރާއްޖެ ގެނައުމަށް ނަހަމަގޮތުގައި ފައިސާ ނަގާކަން ހާމަވެއްޖެ
06 އެޕްރީލު 2017

ބްރޮޑްކާސްޓިން ކޮމިޝަނުގެ ޒިންމާ އަދާ ނުކުރެވޭތީ، މެންބަރުން އިސްތިއުފާ ދިނުމަށް އެމްޑީޕީން ގޮވާލައިފި

06 އެޕްރީލު 2017
ބްރޮޑްކާސްޓިން ކޮމިޝަނުގެ ޒިންމާ އަދާ ނުކުރެވޭތީ، މެންބަރުން އިސްތިއުފާ ދިނުމަށް އެމްޑީޕީން ގޮވާލައިފި
23 މާރިޗު 2017

މީރާގެ ނަޒާހަތްތެރިކަން ވަނީ ގެއްލިފަ، ވަކިވަކި އޮފިސަރުން ޒިންމާ ނަގަން ޖެހޭނެ: އަލީ ޙުސައިން

23 މާރިޗު 2017
މީރާގެ ނަޒާހަތްތެރިކަން ވަނީ ގެއްލިފަ، ވަކިވަކި އޮފިސަރުން ޒިންމާ ނަގަން ޖެހޭނެ: އަލީ ޙުސައިން
21 މާރިޗު 2017

މީޑީއާ ޒިންމާދާރު ކުރަން ބްރޯޑްކޮމްއާ ހަވާލު ކުރީ ބިރު ދައްކާ އިންޒާރުދޭކަށް ނޫން: އަމީތު

21 މާރިޗު 2017
މީޑީއާ ޒިންމާދާރު ކުރަން ބްރޯޑްކޮމްއާ ހަވާލު ކުރީ ބިރު ދައްކާ އިންޒާރުދޭކަށް ނޫން: އަމީތު
28 ފެބުރުއަރީ 2017

ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ

28 ފެބުރުއަރީ 2017
ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ
12 ފެބުރުއަރީ 2017

މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ

12 ފެބުރުއަރީ 2017
މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު