Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޑްރަގް ބަސްޓް އޮޕަރޭޝަން

މަސްތުވާކެތީގެ ވިޔަފާރި ކުރަމުންދިޔަ ޢާއިލާއެއް ހައްޔަރު ކުރުމުގައި ސުޕަރހީރޯއިންގެ ފައުޖެއް

ތުހުމަތު އަމާޒުވާ ޢާއިލާއިން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔައީ ކުދިކުދި އެތިކޮޅުކޮޅުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 1 ނޮވެމްބަރު 2022 | އަންގާރަ 08:33
ސުޕަރހީރޯއިންގެ ހެދުން އަޅައިގެން، ޕެރޫގެ ފުލުހުން، ޑްރަގާ ދެކޮޅަށް ހިންގި އާދަޔާ ޚިލާފު އޮޕަރޭޝަންގައި، 4 މީހަކު ވަނީ ހައްޔަރު ކޮށްފައި

ސުޕަރހީރޯއިންގެ ހެދުން އަޅައިގެން، ޕެރޫގެ ފުލުހުން، ޑްރަގާ ދެކޮޅަށް ހިންގި އާދަޔާ ޚިލާފު އޮޕަރޭޝަންގައި، 4 މީހަކު ވަނީ ހައްޔަރު ކޮށްފައި

މަސްތުވާތަކެތީގެ ވަބާ ފެތުރިފައި ނުވާ ހަމަ އެންމެ ޤައުމެއްވެސް މި ދުނިޔޭގެ ސަތަހާގައި ނެތޭވެސް ދެންނެވިދާނެއެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް، ފަރުދީ، ސަރަޙައްދީ، ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައިވެސް ބޮޑެތި ކެމްޕޭންތައް ހިންގަމުން ދިޔަ ކަމުގައި ވީ ނަމަވެސް، މިއީ އަދިވެސް ޙައްލު ނުހޯދި އޮތް، ނުރައްކާތެރި މައްސަލައެކެވެ. އެއް ގޮތުން ނުވިއްޔާ އަނެއް ގޮތުން ކަމުގައި ވީ ނަމަވެސް، ކަމާ ބެހޭ ފަރާތްތަކުން ދަނީ، މަސްތުވާތަކެތީގެ ވަބާ ފެތުރުގެ މުގުލުގައި ތިބި މީހުން ހޯދާ، މަސްތުވާން ބޭނުން ކުރާ ސަމާނުތައް އަތުލާ، ނައްތާލުމުގެ އޮޕަރޭޝަންތައްވެސް ފުޅާ ދާއިރާއެއްގައި ހިންގަމުންނެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް މި ފަހުން އެންމެ އާދަޔާ ޚިލާފު އެއް އޮޕަރޭޝަން ހިންގި އެއް ބަޔަކީ ޕެރޫގެ ފުލުހުންނެވެ. ވެރިރަށް ލީމާގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ޢާއިލާއެއްގެ މެންބަރުން އަތުލައިގަތުމަށް، ޕެރޫ ފުލުހުންގެ އޮފިސަރުން ނުކުތީ، ޑްރަގް ބަސްޓް އޮޕަރޭޝަނަކަށް ފުލުހުން ނުކުމެދާނެއޭވެސް ހީ ނުކުރާ ފަދަ ގޮތަކަށެވެ. ބަލާ ބެލުމަށްވެސް ސުޕަރހީރޯއިންގެ ގޮތުގައެވެ.

ވައްކަމުގެ އިތުރުން މަސްތުވާތެކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ ޢާއިލާއެއް ދިރިއުޅެމުންދާ ގޭގެ ތެރެއަށް ޕެރޫ ފުލުހުންގެ އޭޖެންޓުން ވަނީ ސްޕައިޑަރމޭން، ކެޕްޓަން އެމެރިކާ، ތޯރް އަދި ކެޓްވުމަންއަށް ވެގެން، އެ ގޮތަށް ހެދުން އަޅައިގެންނެވެ. ފުލުހުންގެ ސުޕަރހީރޯ ފައުޖު، އެ ގެއަށް ވަނީ، މަރުތޭލަކުން ދޮރު ހަލާކުކޮށްލައިގެންނެވެ.

ޕެރޫގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ، މި އޮޕަރޭޝަންގައި ސުޕަރހީރޯއިންގެ ކޮސްޓިއުމްތައް ބޭނުން ކޮށްފައި ވަނީ، އާންމުން ދިރިއުޅޭ ސަރަޙައްދުގައި ފުލުހުންގެ އޭޖެންޓުން ހަރަކާތްތެރިވަމުން ދިޔައިރު، އެއީ ފުލުހުން ކަމަށް ޝައްކުވިޔަ ނުދިނުމުގެ މަޤްޞަދުގައި ކަމަށެވެ. ޑްރަގް ބަސްޓުގައި ބައިވެރިވި އޮފިސަރުން ހެދިގެން އުޅުނީ، އެ ސަރަޙައްދުގައި ހުރި ސްކޫލެއްގައި ހާއްސަ ހުށަހެޅުމެއް ހުށަހަޅާ ދޭން ތައްޔާރު ވަމުން ދިޔަ، މުނިފޫހިފިލުވާދޭ ގުރޫޕަކަށެވެ.

އޮޕަރޭޝަންއާ ޙަވާލުވެ ހުންނެވި އިންޗާޖު، ޕޮލީސް ކާނަލް ޑޭވިޑް ވިއަނުއޭވާ ވިދާޅުވީ، ތުހުމަތު އަމާޒުވާ ޢާއިލާއިން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔައީ ކުދިކުދި އެތިކޮޅުކޮޅުން ކަމަށެވެ. އަދި އެ ޢާއިލާއަކީ މޯބައިލް ފޯނުގެ ވައްކަމުގައިވެސް ބައިވެރިވާ ޢާއިލާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މަރވެލް"ގެ ނަން ދީގެން، ސުޕަރހީރޯއިންގެ ހެދުން އަޅައިގެން، ޕެރޫގެ ފުލުހުން، ޑްރަގާ ދެކޮޅަށް ހިންގި އާދަޔާ ޚިލާފު އޮޕަރޭޝަންގައި، 4 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.

ޕެރޫއަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު، މަސްތުވާތަކެތީގެ ވިޔަފާރީގައި އެންމެ ގިނަ ޢަދަދަކަށް ބޭނުން ކުރަމުން ދާ ކޮކާ ފަތާއި ކޮކެއިން، 2 ވަނަ އަށް އެންމެ ގިނަ ޢަދަދަކަށް އުފައްދާ ޤައުމެވެ. ލިސްޓުގެ 1 ވަނަ ގެންދަނީ، ޕެރޫގެ އަވަށްޓެރި ކޮލަމްބިއާއެވެ.

އިތުރަށް ކިޔާލަން

23 އެޕްރީލު 2018

ޓޭލާރ ސްވިފްޓްގެ ގެއަށް ވަގަށް ވަދެ ނިދާފައި އޮއްވާ މީހަކު ހައްޔަރުކޮށްފި

23 އެޕްރީލު 2018
ޓޭލާރ ސްވިފްޓްގެ ގެއަށް ވަގަށް ވަދެ ނިދާފައި އޮއްވާ މީހަކު ހައްޔަރުކޮށްފި
28 ނޮވެމްބަރު 2017

"ގްލީ" ގެ ނާޔާ ރިވޭރާ ހައްޔަރުކޮށްފި

28 ނޮވެމްބަރު 2017
"ގްލީ" ގެ ނާޔާ ރިވޭރާ ހައްޔަރުކޮށްފި
09 އޮކްޓޯބަރު 2017

ރޭޕްގެ ތުހުމަތުގައި ލަވަކިޔުންތެރިޔާ ނެލީ ހައްޔަރުކޮށްފި

09 އޮކްޓޯބަރު 2017
ރޭޕްގެ ތުހުމަތުގައި ލަވަކިޔުންތެރިޔާ ނެލީ ހައްޔަރުކޮށްފި
03 އޮކްޓޯބަރު 2017

ޒިމްބާބްވޭގެ ފަސްޓްލޭޑީ ބޭނުންކުރައްވާފައިވާ ޖަނގިޔާ ބައްސަވާ ވާހަކަ ލިޔުނު ކަމަށް ބުނެ ނޫސްވެރިޔަކު ހައްޔަރު ކޮށްފި

03 އޮކްޓޯބަރު 2017
ޒިމްބާބްވޭގެ ފަސްޓްލޭޑީ ބޭނުންކުރައްވާފައިވާ ޖަނގިޔާ ބައްސަވާ ވާހަކަ ލިޔުނު ކަމަށް ބުނެ ނޫސްވެރިޔަކު ހައްޔަރު ކޮށްފި
30 އޯގަސްޓު 2017

މަގުމަތީގައި ނަށަމުންދިޔަ 14 އަހަރުގެ ކުޑަ ކުއްޖަކު ފުލުހުން ހައްޔަރުކޮށްފި

30 އޯގަސްޓު 2017
މަގުމަތީގައި ނަށަމުންދިޔަ 14 އަހަރުގެ ކުޑަ ކުއްޖަކު ފުލުހުން ހައްޔަރުކޮށްފި
13 ޖޫން 2017

ގެރިކިރު ހުސްވާތީ ވިޔަފާރިވެރިޔަކު 4000 ގެރި މަތިންދާބޯޓުގައި ގަތަރަށް ގެންދަނީ

13 ޖޫން 2017
ގެރިކިރު ހުސްވާތީ ވިޔަފާރިވެރިޔަކު 4000 ގެރި މަތިންދާބޯޓުގައި ގަތަރަށް ގެންދަނީ
18 މެއި 2017

ކަރަން ޖޯހަރަށް ބްލެކްމެއިލް ކުރި މައްސަލައެއްގައި 6 މީހަކު ހައްޔަރުކޮށްފި

18 މެއި 2017
ކަރަން ޖޯހަރަށް ބްލެކްމެއިލް ކުރި މައްސަލައެއްގައި 6 މީހަކު ހައްޔަރުކޮށްފި
19 އެޕްރީލު 2017

"ބޭގަމް ޖާން" މޮޅު ނަމަވެސް ވިޔަފާރި ދަށް

19 އެޕްރީލު 2017
"ބޭގަމް ޖާން" މޮޅު ނަމަވެސް ވިޔަފާރި ދަށް
19 އެޕްރީލު 2017

ސަންޖޭ ހައްޔަރުކުރުމުގެ އަމުރު ބާތިލް ކޮށްފި

19 އެޕްރީލު 2017
ސަންޖޭ ހައްޔަރުކުރުމުގެ އަމުރު ބާތިލް ކޮށްފި
10 މާރިޗު 2017

ފަރަންސޭސި ރިޔާސީ ކެންޑިޑޭޓެއް ބަރަހަނާކޮށް ކެމްޕޭނަށް ނުކުމެ އުޅެނިކޮށް އޮޅިގެން ހައްޔަރު ކޮށްފި

10 މާރިޗު 2017
ފަރަންސޭސި ރިޔާސީ ކެންޑިޑޭޓެއް ބަރަހަނާކޮށް ކެމްޕޭނަށް ނުކުމެ އުޅެނިކޮށް އޮޅިގެން ހައްޔަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު