Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަމިއްލަ އިމާރާތްތަކުގައި އޮފީސް ހިންގުން

ދައުލަތުގެ އޮފީސްތައް ހިންގުމަށް އަމިއްލަ ފަރާތްތަކުގެ އިމަރާތްތައް ކުއްޔާ ނަގާ މައްސަލަ ހައްލުކުރުމަށް ގަރާރެއް ހުށަހަޅައިފި

1 ނޮވެމްބަރު 2022 | އަންގާރަ 03:01

މަހަކު 8.5 މިލިއަނަށްވުރެ ގިނަ ރުފިޔާ މިކަމަށް ހޭދަކުރޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 1 ނޮވެމްބަރު 2022 | އަންގާރަ 03:01
ދައުލަތުގެ ގިނަ އޮފީސްތައް އަމިއްލަ މީހުންގެ އިމާރާތްތަކުގައި ހިންގާ

ދައުލަތުގެ ގިނަ އޮފީސްތައް އަމިއްލަ މީހުންގެ އިމާރާތްތަކުގައި ހިންގާ

ދައުލަތުގެ އޮފީސްތަކާއި އިދާރާތައް ހިންގުމަށާއި ގުދަންކުރުމުގެ ބޭނުމަށް އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް ދައުލަތުން ކުއްޔަށް ހިފުމަށް ގިނަ އަދަދެއްގެ ފައިސާ ހޭދަކުރަން ޖެހިފައިވާތީ، މިކަމަށް އަވަސް ހައްލެއް ހޯދުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

މި ގަރާރު ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޢިއްޒުއެވެ. މި ގަރާރުގައި ބުނެފައިވަނީ ކުރިންސުރެއް ދައުލަތުގެ ބައެއް އޮފީސްތަކާއި އިދާރާތައް ހިންގުމަށާއި، ގުދަން ކުރުމަށް އަމިއްލަ ފަރާތްތަކުގެ އިމާރާތް ދައުލަތުން ކުއްޔަށް ހިފުމަށް ގިނަ އަދަދެއްގެ ފައިސާ ހޭދަކުރަން ޖެހިފައިވާތީ އާއި އެގޮތުން މަހަކު 8.5 މިލިއަނަށްވުރެ ގިނަ ރުފިޔާ (އަހަރަކަށް ބަލާނަމަ 102 މިލިއަނަށްވުރެ ގިނަ ރުފިޔާ) ހޭދަކުރަމުން ގެންދާ ކަމަށެވެ. އަދި ދައުލަތުގެ އިމާރާތްތަކަށް އެ އޮފީސްތަކާ އިދާރާތަކާއި ގުދަންތައް ބަދަލުކުރުމުގެ ވިސްނުމާއި ޕްލޭނެއް އޮތްކަމަށް ނުދެކޭ ކަމަށެވެ.

Advertisement - newsAdvertisement

އަދި މި ނުރަނގަޅު އާދަ ދެމިގެންދާ ގޮތަށް އޮތުމަކީ ދައުލަތުގެ ފައިސާ އިން މެނޭޖު ކުރުމުގައި އިސްރާފު ބޮޑު، އަދި ކޮރަޕްޝަނަށް މަގުފަހިވާނެ ކަމަކަށް ވާހިނދު، އަދި ދައުލަތުގެ އޮފީސްތަކާއި އިދާރާތައް ހިންގުމަށް އެކަށީގެންނުވާ ތަންތަނުގައި އެތަންތަން ހިންގުން ހުއްޓުވުމަކަށް ގެނައުމުގެ ބޭނުންތެރިކަން އޮތްކަމަށް ފެންނާތީ އާއި ހިދުމަތް ހޯދުމަށް ދާ ފަރާތްތަކަށް ވެސް ހިދުމަތް ހޯދުމަށް ފަސޭހަވާނެ ގޮތަށް ދާއިމީ ހައްލެއް ހޯދުމުގެ ބޭނުންތެރިކަން އޮތްކަމަށް ފެންނަކަމަށް މި ގަރާރުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެކި ބޭނުންތަކަށް ކުއްޔަށް ހިފާ އިމާރާތްތައް ވަކި މުއްދަތެއް ނެތް ގޮތަށް، ދިގު މުއްދަތަކަށް ދެމިގެންދާ ގޮތަށް ދައުލަތުން ކުއްޔަށް ހިފައި އަހަރެއްގެ މައްޗަށް ދައުލަތުން ހޭދަކުރާ ފައިސާއަކީ މިކަމަށް ހައްލެއް ގެނެވިއްޖެ ނަމަ ދައުލަތުގެ އެހެން ތަރައްގީގެ މަޝްރޫއުތަކުގެ އިތުރަށް އާންމު ރައްޔިތުންނާ ސީދާ ގުޅުން ހުރި ކަންކަމަށް ހޭދަކުރެވޭ ފައިސާ ކަމަށްވާތީ، އަދި އެކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ވިސްނުމާއި ޕްލޭނެއް އޮތްކަމަށް ނުދެކޭތީ އާއި، ކޮރަޕްޝަނަށް މަގުފަހިވާތީ ދައުލަތުގެ ކަމާ ބެހޭ އިދާރާތައް މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށް މިކަމަށް އަވަސް ހައްލެއް ގެނެވޭނެ ގޮތްތައް ދެނެގަނެ، އަވަސް ހައްލެއް ހޯދުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން ހުށަހަޅާފައިވާ ގަރާރެއް ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
10 ފެބުރުއަރީ 2017

އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ

10 ފެބުރުއަރީ 2017
އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ
07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް