Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޓީސީސީ

އިންނަމާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއަށް

މި މަޝްރޫއުގެ ސަބަބުން އިންނަމާދޫއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުވާނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2022 | ހޯމަ 11:42
އެމްޓީސީސީއާއި ޕްލޭނިންގ މިނިސްޓްރީއާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރަނީ

އެމްޓީސީސީއާއި ޕްލޭނިންގ މިނިސްޓްރީއާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރަނީ

ރ. އިންނަމާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

ހޯމަ ދުވަހު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތެއްގައި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ހުސައިން މޫސާއެވެ. އަދި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.

Advertisement - newsAdvertisement

މި އެއްބަސްވުމުގެ ދަށުން އިންނަމާދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް 360 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖަހާނެއެވެ. އަދި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން އެ މަސައްކަތަށް ބޭނުންވާ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ވެސް އެމްޓީސީސީންހަދާނެއެވެ.

އެމްޓީސީސީން ބުނީ އިންނަމާދޫއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްްސަލައަކީ ރަށުގެ އުތުރު ފަރާތުން ބޮޑު ބައެއް ގިރަމުންދިއުން ކަމަށެވެ. މިކަމާ ގުޅިގެން ރަށުގެ އުތުރު ފަރާތުން ބައެއް މީހުންނަށް ދޫކޮށްފައިވާ ގޯތިތަކާ ހަމައަށްވެސް ރަށްގިރުމުގެ ބިރު އޮތް ކަމަށާއި ނަމަވެސް ގޮނޑުދޮށް ހިމާޔަތް ކުރުމުން އެކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 15،660،758 (ފަނަރަ މިލިއަން ހަ ލައްކަ ފަސްދޮޅަސް ހާސް ހަތްސަތޭކަ ފަންސާސް އަށެއް) ރުފިޔާ އަށެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 220 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު