Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަޖެޓް 2023: ލަފާފުރުމުގެ ދަތިކަން

ޕީއެސްއައިޕީ ބަޖެޓުން އެންމެ ބޮޑު ޚަރަދެއް ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް، 2.4 ބިލިއަން ރުފިޔާ

31 އޮކްޓޯބަރު 2022 | ހޯމަ 07:11

2023 ވަނަ އަހަރުގެ ބަޖެޓުގައި 141 ރަށެއްގެ ބަނދަރު ހެދުމާއި އަޕްގްރޭޑްކުރުމުގެ މަޝްރޫއުތައް ހިމަނާފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 31 އޮކްޓޯބަރު 2022 | ހޯމަ 07:11
މުލީގައި ތަރައްގީކުރަމުން އަންނަ އެއާޕޯޓް

މުލީގައި ތަރައްގީކުރަމުން އަންނަ އެއާޕޯޓް

2023 ވަނަ އަހަރުގެ ބަޖެޓުގައި 141 ރަށެއްގެ ބަނދަރު ހެދުމާއި އަޕްގްރޭޑްކުރުމުގެ މަޝްރޫއުތައް ހިމަނާފައިވާނެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ 50 އަށް ވުރެ ގިނަ ރަށެއްގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރުމުގެ މަސައްކަތްވެސް  ކުރިއަށްދާނެކަމަށެވެ. ފަތުރުވެރިކަން މުޅި ރާއްޖެއަށް ފުޅާކުރުމަށް، ރާއްޖޭގެ ކަންކޮޅުތަކުގައި އެއާޕޯޓްތައް ތަރައްގީކޮށް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އިތުރުން، ހަނިމާދޫ އަދި އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަކީ މެދުރާއްޖޭގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގެ ފަތުރުވެރިކަމަށް ފަހިކަން ގެނުވާނެ  އާބޮޅުތަކެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއީ ރާއްޖޭގެ އިޤްތިސާދުގެ ސަޕްލައި-ސައިޑް އެއްކޮށް ބަދަލުކޮށްލާނެ މަޝްރޫޢުތަކެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެ އިތުރަށް، އަތޮޅުތެރޭގެ އެކިރަށްތަކުގައި ވައިގެ ބަނދަރުތައް ތަރައްގީކުރުމުގެ މަސައްކަތްތައް ދަނީ ހިނގަމުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިޤުތިސާދީ ހަރަކާތްތައް އިތުރުކޮށް ހުއްޓުމެއްނެތި ހިންގުން މުހިންމުކަމެއް ކަމަށާއި ގުޅީފަޅުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ޕޯޓާއި، މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ބްރިޖުގެ މަސައްކަތްތައްމިވަނީ ފެށިފައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި މަޝްރޫއުތަކަކީ އިގުތިސާދީ ވިލުންވެރިކަން އިތުރުކުރުމަށް އެޅޭ މުހިންމު ބިންގަލެއް ކަމަށާއި މިކަމުން މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އަންނަ އަހަރު ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހިނގަމުންދާ 2022 ވަނަ އަހަރެކޭ އެއްފަދައިން 2023 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުންވެސް އެންމެ ބޮޑު ޚަރަދެއް ކުރެވޭނީ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށެވެ. މިބަޔަށް ޖުމުލަ 2،433.3 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނައިފައިވާނެއެވެ. މިއީ ޕީއެސްއައިޕީ ބަޖެޓުގެ 28.9 އިންސައްތައެވެ.

މީގެ އިތުރުން ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި ދައުލަތުގެ ބަޖެޓުން ޚަރަދުކުރުމަށް އެކި ރަށްތަކުގައި ބަނދަރު ހެދުމަށާއި އަޕްގެރޭޑްކުރުމަށް 384 މިލިއަން ރުފިޔާ ހިމަނައިފައިވެއެވެ. މީގެ ތެރޭގައި އެކި ރަށްތަކުގައި އަލަށް ފަށާ ބަނދަރު ހެދުމުގެ މަސައްކަތްތައް ހިމެނެއެވެ. ހަމައެހެންމެ، ސަރުކާރުން އިސްކަމެއް ދީގެން ކ.ގުޅިފަޅުގައި ކުރިއަށްގެންދިއުމަށް ނިންމައިފައިވާ މޯލްޑިވްސް އިންޓަރނޭޝަނަލް ޕޯޓް ޑިވެލޮޕްމަންޓް މަޝްރޫއަށް 308.1 މިލިއަން ރުފިޔާ ހިމަނައިފައިވާނެއެވެ. މި މަޝްރޫއަށް އިންޑިއަން އެގްޒިމް ލޯނުން ކުރިއަށް އޮތް އަހަރުގައި 617.8 މިލިއަން ރުފިޔާ އާއި ޑޮމެސިކް ބަޖެޓުން 16.3 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ލަފާކުރެވެއެވެ.

ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް އެންމެ ބޮޑު ހޭދައެއް ހިނގާނެކަމަށް ލަފާކުރެވެނީ ބްރިޖް އެޅުމުގެ މަޝްރޫއަށެވެ. މީގެ ތެރޭގައި މާލެ-ތިލަފުށި-ބްރިޖް މަޝްރޫއަށް އިންޑިއާ އެގްޒިމް ބޭންކުގެ ލޯނުގެ ގޮތުގައި 591.7 މިލިއަން ރުފިޔާ އާއި، އިންޑިއާ ސަރުކާރުގެ ހިލޭއެހީން 182.3 މިލިއަން ރުފިޔާ އާއި، ދައުލަތުގެ ބަޖެޓުން 17.9 މިލިއަން ރުފިޔާއާއެކު، ޖުމްލަ 792 މިލިއަން ރުފިޔާ ޚަރަދުކުރުމަށް އަންދާޒާކޮށްފައިވެއެވެ. މީގެއިތުރުން، ގއ.ވިލގިނލި- ކޫއްޑޫ ބްރިޖުގެ ފީސިބިލިޓީ ސްޓަޑީ ހެދުމަށާއި ޕްރޮޖެކްޓް އެކުލަވައިލައި މަސައްކަތް ފެށުމަށް ޑޮމެސްޓިކް ބަޖެޓުގައި ހިމަނައިފައިވެއެވެ.

ލަފާފުރުމުގެ ބައިން ދެން އެންމެ ބޮޑު ހޭދައެއް ހިނގާނެކަމަށް ލަފާކޮށްފައިވަނީ ވައިގެ ބަނދަރުތައް ތަރައްގީކުރުމުގެ މަޝްރޫއުތަކަށެވެ. މީގެ ތެރޭގައި އެންމެ ބޮޑު ޚަރަދެއް ހިނގާނެކަމަށް ލަފާކުރެވެނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ޓަރމިނަލް ތަރައްގީކުރުމުގެ މަޝްރޫއަށާއި، ނ.މާފަރު އެއަރޕޯޓް އެކްސްޓެންޝަނަށާއި، މ.މުލީ އެއަރޕޯޓް ގާއިމުކުރުމަށާއި، ހދ.ހަނިމާދޫ އަދި ސ.ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަށެވެ. މި މަޝްރޫއުތަކަށް ޖުމުލަ 921.9 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ. މި ޕްރޮޖެކްޓްތައް ފަންޑްކުރެވެނީ އިންޑިއަން އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓާއި، ކުވައިތު ފަންޑާއި، އޮފިޑާއި، ސައުދީ ފަންޑް، އަބޫދާބީ ފަންޑްގެ ލޯނުންނާއި ދައުލަތުގެ ބަޖެޓުންނެވެ.

ހިނގަމުންދާ 2022 ވަނަ އަހަރު ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް 1.7 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

30 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް