Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދައުލަތުގެ ބަޖެޓު 2023

އަންނަ އަހަރު ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރެވެނީ 2462.1 މިލިއަން ރުފިޔާ

31 އޮކްޓޯބަރު 2022 | ހޯމަ 04:49

އަންނަ އަހަރު ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރަނީ 32.1 ބިލިއަން ރުފިޔާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 31 އޮކްޓޯބަރު 2022 | ހޯމަ 04:49
ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީ

އަންނަ އަހަރު ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރެވެނީ 2462.1 މިލިއަން ރުފިޔާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

އަންނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓު ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާގައި ހުުށައަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، 2023 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދު ކޮވިޑް-19ގެ ކުރީގެ އިގުތިސާދުގެ ލެވެލް ފަހަނައަޅައިދާއިރު، ދައުލަތުގެ އާމްދަނީވެސް ބޮޑުވެގެންދާނެ ކަމަށެވެ. އެގޮތުން އަންނަ އަހަރު ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރަނީ 32.1 ބިލިއަން ރުފިޔާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއީ 2022 ވަނަ އަހަރަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާ އަޅައިބަލާއިރު 21.8އިންސައްތަ އިތުރު އަދަދެއްކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ހުށައެޅުއްވި ބަޖެޓުގައި ބަޔާންކޮށްފައިވާ ގޮތުގައި 2019  ވަނަ އަހަރާއި އަޅާބަލާއިރު 2021 ވަނަ އަހަރު ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބިފައިވާ އާމްދަނީ 7.7 އިންސައްތަ ވަނީ އިތުރުވެފައެވެ.  

އަދި 2022 ވަނަ އަހަރުގެ ނިޔަލަށް ދައުލަތަށް ލިބޭނެކަމަށް މިހާރު ލަފާ ކުރާ އާމްދަނީ، 2021 ވަނަ އަހަރާ އަޅައިބަލާއިރު 6.42 އިންސައްތަ ދަށްވާނެކަމަށް އަންދާޒާކުރެވޭ ކަމަށް ބަޖެޓުގައި ބުނެފައިވެއެވެ.

ބަޖެޓުގައިވާގޮތުން މި އަހަރު ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވާ ހިލޭ އެހީގެ ބައެއް، މި އަންނަ އަހަރު ލިބޭނެކަމަށް އަންދާޒާކުރެވެއެވެ. އެގޮތުން 2023 ވަނަ އަހަރު ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރެވެނީ 2462.1 މިލިއަން ރުފިޔާކަމަށް ބަޖެޓުގައި ބުނެފައިވެއެވެ.

ބަޖެޓުގައި ބަޔާންކޮށްފައިވާ ގޮތުގައި މިއީ 2022 ވަނަ އަހަރުގެ ނިޔަލަށް ލިބޭނެކަމަށް މިހާރު އަންދާޒާކުރެވޭ މިންވަރަށްވުރެ 7.315 އިންސައްތަ އިތުރު އަދަދެކެވެ.

އަދި އެހެނިހެން އަހަރުތަކެކޭ އެއްފަދައިން، 2023 ވަނަ އަހަރާއި 2024 ވަނަ އަހަރުގައިވެސް 100 މިލިއަން އެމެރިކާ ޑޮލަރުގެ ކޭޝް ގްރާންޓް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރޭވިފައިވާތީ، އެ އާމްދަނީވެސް ބަޖެޓުގައި ހިމެނިފައިވާކަން ބަޖެޓުގައި ފާހަގަކޮށްފައިވެއެވެ.  

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް