Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދައުލަތުގެ ބަޖެޓު 2023

ސިއްހީ ދާއިރާގެ މުސާރަ އެއްހަމަކުރުމަށްް 500 މިލިއަން ރުފިޔާއާއި ގާތްކުރާ އަދަދެއް

31 އޮކްޓޯބަރު 2022 | ހޯމަ 04:39

ދައުލަތުގެ މުސާރައިގައި ހުރި ފަރަގުތައް ކުޑަކޮށް އެއްހަމަކުރުމަށް އިސްކަންދޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 31 އޮކްޓޯބަރު 2022 | ހޯމަ 04:39
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

ސިއްހީ ދާއިރާގެ މުސާރަ އެއްހަމަ ކުރުމަށްް  500 މިލިއަން ރުފިޔާއާއި ގާތްކުރާ އަދަދެއް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަަނައިފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ދައުލަތުގެ މުސާރައިގައި ހުރި ފަރަގުތައް ކުޑަކޮށް އެއްހަމަކުރުމަށާއި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތްތައް މިހާރު ފެށިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަދި މުސާރަތައް ހަމަހަމަކުރުމުގެ ސިޔާސަތުގެ ދަށުން ނެޝަނަލް ޕޭ ކޮމިޝަނުން މުސާރާއިގެ އައު އޮނިގަނޑެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސިއްހީ ދާއިރާގެ އެންމެ މުހިންމު ވަސީލަތަކީ އިންސާނީ ވަސީލަތްކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، ޕޭ ހާމަނައިޒޭޝަން މަސައްކަތުގެ ތެރެއިން ދެން އެންމެ އަވަހަށް މުސާރަތައް އެއްހަމަ ކުރެވިގެންދާނީ ސިއްހީ ޚިދުމަތްތެރިންނަށް ކަމަށެވެ. އެގޮތުން އަތޮޅުތެރޭގައި 24 ގަޑިއިރު ޚިދުމަތްދޭ ސިއްހީ މަރުކަޒުތަކަށް ބަޖެޓުވާނީ އިތުރުކޮށްދީފައި ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ސިއްހީ ޚިދުމަތްތެރިންގެ އަދަދު އިތުރުކުރުމަށް 40.3 މިލިއަން ރުފިޔާ ބަޖެޓު ކުރެވިފައިވާކަންވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.  

މިނިސްޓަރު ހުށަހެޅުއްވި ބަޖެޓުގައި ބަޔާން ކޮށްފައިވާ ގޮތުގައި 2022 ވަނަ އަހަރުގެ ތެރޭގައި ސަރުކާރުން އެ އައު އޮނިގަނޑުގެ ދަށުން ތައުލީމީ ދާއިރާގެ މުވައްޒަފުންނަށް މުސާރަދޭން ފަށާފައިވާއިރު، ސަރުކާރުން ރާވައިފައިވަނީ ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުނުވާނޭ ފަދައިން އެކި އަހަރުތަކަށް ބަހާލައިގެން މުސާރަ ހަމަހަމަކުރުމުގެ ސިޔާސަތު ތަންފީޒުކުރުމަށެވެ.

ބަޖެޓުގައިވާ ގޮތުން އަންނަ އަހަރުގެ ނިއު ޕޮލިސީ އިނީޝިއޭޓިވްއެއްގެ ގޮތުގައި މުވައްޒަފުންނަށް ހިނގާ ޚަރަދުގެ ތެރެއިން 500 މިލިއަން ރުފިޔާ އާ ގާތްކުރާ އަދަދެއް ކަނޑައެޅިފައިވަނީ ސިއްހީ ދާއިރާގެ ޑޮކްޓަރުން، ނަރުހުން އަދި އެލައިޑް ހެލްތު ޕްރޮފެޝަނަލުންނަށް މުސާރަ އެއް ހަމަކުރުމަށްޓަކައި ކުރެވޭ ޚަރަދަށެވެ.

އޭގެ އިތުރުން، އެ އަދަދުގެ ތެރޭގައި މުވައްޒަފުންގެ ޕެންޝަނަށް ހިނގާނެ ޚަރަދު ވެސް ހިމެނިފައިވާނެކަން ބަޖެޓުގައި ބަޔާންކޮށްފައިވެއެވެ. އަދި މުސާރަ ހަމަހަމަކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި މެދުރާސްތާގައި 3 ބިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އަންދާޒާކުރެވޭކަން ވެސް ބަޖެޓުގައި ވަނީ ބަޔާންކޮށްފައެވެ.  

އެހެންކަމުން 2025 ވަނަ އަހަރުގެ ނިޔަލަށް މުސާރައިގެ އައު އޮނިގަނޑުގެ ދަށުން ހުރިހާ މުވައްޒަފުންނަށް މުސާރަ ދެވޭނެ ގޮތަށް ބަޖެޓުގައި ހިމަނައިފައިވެއެވެ.  

ބަޖެޓުގައިވާ ގޮތުން ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރެވެނީ ވެސް ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ހިނގާ ޚަރަދުތަކަށެވެ. އެގޮތުން މި ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ވެސް، ދައުލަތުގެ ބަޖެޓްގެ ރިކަރަންޓް ޚަރަދުގެ ތިން ބައިކުޅަ އެއްބަޔާ ގާތްކުރާ މިންވަރެއް މުވައްޒަފުންގެ މުސާރައާއި އިނާޔަތް ދިނުމަށް ޚަރަދުކުރެވިފައިވާކަމަށް ބަޔާންކޮށްފައިވެއެވެ.

2022 ވަނަ އަހަރާއި އަޅައިބަލާއިރު އަންނަ އަހަރު މުވައްޒަފުންނަށް ކުރާ ޚަރަދު 5.17 އިންސައްތަ އިތުރުވާނެކަމަށް ލަފާކުރެވޭ ކަމަށް ވެސް ބަޖެޓުގައި ބުނެފައިވެއެވެ. އެގޮތުން މިއީ މުސާރަ ހަމަހަމަކުރުމުގެ ސިޔާސަތުގެ ދަށުން ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާގެ މުވައްޒަފުން މުސާރައިގެ އައު އޮނިގަނޑަކަށް ހިޖުރަކުރުމަށް ބަޖެޓުގައި ހިމަނާފައިވާތީ އައި އިތުރުވުމެއްކަން ވެސް ބަޖެޓުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ސިއްހީ ދާއިރާއަށް އިތުރު 1000 މުވައްޒަފުން އިތުރުކުރުމަށް ރާވައިފައިވާތީ ވެސް އެ ބައިގެ ޚަރަދު އިތުރުވާނެކަމަށް ލަފާކުރެވޭކަމަށް ބަޖެޓުގައި ބުނެއެވެ.  

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
14 ފެބުރުއަރީ 2017

ސައުދީން ސަރުކާރުން ރާއްޖެ އަށް 17،500 އަރަބި ފޮތް ހަދިޔާ ކޮށްފި

14 ފެބުރުއަރީ 2017
ސައުދީން ސަރުކާރުން ރާއްޖެ އަށް 17،500 އަރަބި ފޮތް ހަދިޔާ ކޮށްފި
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
02 ފެބުރުއަރީ 2017

ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

02 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް