Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަޖެޓް 2023

ބަޖެޓް 2023 - ހިރާސްތައް ކުޑަކޮށް، ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް ދައުލަތުގެ އާމްދަނީއާއި ޚަރަދުގެ ސިޔާސަތުތަކަށް ބަދަލުތައް ގެނެސް ތަންފީޒުކުރުން

ދައުލަތުގެ އާމްދަނީ އިތުރުކޮށް، އާމްދަނީ ހޯދުމުގައި ޑޮމެސްޓިކް ކޮންސަމްޕްޝަންއަށް ބަރޯސާވާ މިންވަރު އިތުރުކުރުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2022 | ހޯމަ 04:52
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަނީ

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަނީ

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓަކީ ހިރާސްތައް ކުޑަކޮށް، ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރަން ދައުލަތުގެ އާމްދަނީ އަދި ޚަރަދުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ތަންފީޒުކުރުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

އަންއަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގައި ބުނެފައިވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް އިގުތިސާދީ ތަދުމަޑުކަން ކުޑަކުރުމަށް ސަރުކާރުން ކުރި ޚަރަދުތަކަކީ އެ ހާލަތުގައި ކޮންމެހެންވެސް ކުރަންޖެހުނު ޚަރަދުތަކެކެވެ. ނަމަވެސް، ދަރަނި ނަގައިގެން ބަޖެޓު ފައިނޭންސް ކުރަންޖެހުމުން، ކާރިސާގެ ތެރޭގައި އެޅި ފިޔަވަޅުތަކުގެ އަގު ކުރިއަށްހުރި އަހަރުތަކުގައި އަދާކުރަން ޖެހޭނެއެވެ. މިކަމުން މުސްތަގުބަލުގެ ޖީލުތަކުގެ ހައްގުތައް ހަނިނުވާނެ ފަދައިން، ދިރިއުޅުމުގެ ވިއަވަތިކަން ގެއްލިގެން ނުދާނެ މަގުން ސިޔާސަތުތައް ރާވާ ތަންފީޒުކުރުމަކީ ޖީލުތަކުގެ މެދުގައި ހަމަހަމަކަން ދެމެހެއްޓުމަށް ކުރަންޖެހޭ ކަމެކެވެ.

Advertisement - newsAdvertisement

މިކަން ކަށަވަރުކުރަން މިހާރު އަޅަންޖެހޭ އެންމެ މުހިންމު ފިޔަވަޅަކީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދައުލަތުގެ ދަރަނީގެ މިންގަނޑުތައް ތިރިކޮށް، ދަރަނި އަނބުރާ ދެއްކުމުގައި އިތުރަށް ބުރަ ބޮޑުނުވާނެ މިންގަނޑުގައި ދަރަނިން ފައިނޭންސް ކުރާ ޚަރަދުތައް ހިފެހެއްޓުމެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅުތަކާއި، ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން މުރާޖައާކޮށް އެކުލަވާލާފައިވާ ނެޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ ޕްލޭންގައި ހިމެނިފައިވާ ކަންކަން ތަންފީޒުކޮށް ނިންމުމަށް މި ބަޖެޓުގައި ޖާގަ ދީފައިވާނެއެވެ. މީގެތެރެއިން ގިނަ ކަންކަމަކީ މިހާރުވެސް ފަށައިފައިވާ ކަންކަން ކަމުގައިވާތީ، މި މަޝްރޫއުތަކާއި ޕްރޮގްރާމްތަކުގެ ފައިދާ ރައްޔިތުންނަށް ކުރަން ފަށާ ހިސާބަށް ގެންގޮސް، ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަކީ ވެސް އަމާޒެކެވެ.

އަދި ހާއްސަކޮށް ނިމިދިޔަ އަހަރުތަކަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމާއި އެތެރޭގެ ދަތުރުފަތުރުގެ ނިޒާމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ތަރައްގީކުރުން ފަދަ ރާއްޖޭގެ ޕްރޮޑަކްޓިވް ކެޕޭސިޓީ އިތުރުކޮށްދޭނެ ގިނަ އިންވެސްޓްމަންޓްތައް ކުރިއަށް ގެންދެވުނު އަހަރުތަކަކަށް ވާތީ، މި މަޝްރޫއުތައް ނިންމާ އެސެޓްތަކުގެ ފައިދާ ވީ އެންމެ އަވަހަކަށް އިގުތިސާދަށް ލިބެންފަށާނެކަން ކަށަވަރުކުރުމަށްވެސް ބަޖެޓުގައި އަމާޒު ކަނޑައަޅާފައިވެއެވެ.

2023 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރާ ނިސްބަތް 6.7 އިންސައްތައިގައި ހުންނާނެކަމަށް ލަފާކުރެވޭއިރު، ކުރިއަށްއޮތް ތިން އަހަރު އިގުތިސާދީ ދުވެލި އެވަރެޖްކޮށް ހުންނާނެކަމަށް ބެލެވެނީ 1.7 އިންސައްތައިގައެވެ. މި ކުރިއެރުމަށް މައިގަނޑުގޮތެއްގައި ހިއްސާކުރާނީ ފަތުރުވެރިކަމުގެ ދާއިރާ އަދި ފަތުރުވެރިކަމާ ގުޅިފައިވާ ދާއިރާތަކަށް އަންނާނެކަމަށް ބެލެވޭ ކުރިއެރުމެވެ.

ރާއްޖޭގެ ބާޒާރުގެ އަގުތަކަށް ބަލާއިރު، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލިފައިވާތީ އާއި އަންނަ އަހަރު އާމްދަނީ އާއި ޚަރަދުގެ ސިޔާސަތުތަކަށް ބައެއް ބަދަލުތައް ގެންނަން ނިންމާފައިވާތީ، 2023 ވަނަ އަހަރު އިންފްލޭޝަން ރޭޓް ހުންނާނީ 5.4 އިންސައްތައިގައިކަމަށް އަންދާޒާކޮށްފައިވެއެވެ. ނަމަވެސް، ދުނިޔޭގެ ބާޒާރުގައި އަގުތައް އުފުލޭ މިންވަރު މަޑުޖެހި، ސިޔާސަތުތަކަށް ގެންނަ ބަދަލުތަކުގެ ބޭސް-އިފެކްޓް ފިލައި ދިއުމުން، މެދުރާސްތާގައި އިންފްލޭޝަން ރޭޓް ތިރިވެ، އެވަރެޖްކޮށް ހުންނާނެކަމަށް ލަފާކުރެވެނީ 2.1 އިންސައްތައިގައެވެ.

2022 ވަނަ އަހަރު އިގުތިސާދީ ހަރަކާތް، އަދި ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާ ކުރިން އަންދާޒާކުރި މިންވަރަށްވުރެ ބާރަށް ކުރިއަރަމުންދާތީ، މި އަހަރު ލިބޭ އާމްދަނީ މި އަހަރަށް ފާސްކުރި ބަޖެޓުގައި އަންދާޒާކުރި މިންވަރަށްވުރެ 4،390.2 މިލިއަން އިތުރުވާނެކަމަށް ލަފާކޮށްފައިވެއެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާގެ ކެޕޭސިޓީ އިތުރުވެ، އައު މާކެޓުތަކަށް ރާއްޖެ ހުޅުވެމުންދާ ދަނޑިވަޅެއްކަމުން، އަންނަ އަހަރުވެސް އާމްދަނީ އިތުރުވާ މިންވަރު މަތިވާނެކަމަށް ބެލެވިފައިވެއެވެ.

މީގެއިތުރުން، ފިސްކަލް ސްޓްރެޓަޖީގައި ކަނޑައަޅާފައިވާ އެންކަރތައް ހާސިލުކުރަން ގެންނަންޖެހޭ ފިސްކަލް ކޮންސޮލިޑޭޝަންގެ އެއް ބައި، އާމްދަނީ އިތުރުކޮށްގެން ގެންނަން ހަމަޖެހިފައިވާތީ، އަންނަ އަހަރު އުފެއްދުންތެރިކަމުގެ ނިސްބަތުން ގާތްގަނޑަކަށް 3 އިންސައްތަ އާމްދަނީގެ ސިޔާސަތުތަކަށް ބަދަލު ގެނެސްގެން އިތުރަށް ލިބޭނެކަމަށް ބެލެވެއެވެ. މިއާއެކު 2023 ވަނަ އަހަރު 32،098.3 މިލިއަން ރުފިޔާ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވޭއިރު، ހިލޭ އެހީ ނުހިމަނައި 29.910.8 މިލިއަން ރުފިޔާ ލިބޭނެކަމަށް ބެލެވެއެވެ. މީގެ ތެރެއިން 73.3 އިންސައްތަ ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީ ހިއްސާކުރާނެކަމަށް ބެލެވޭއިރު، 7.7 އިންސައްތަ ލިބޭނެކަމަށް ލަފާކުރެވެނީ ހިލޭ އެހީގެ ގޮތުގައެވެ.

2023 ވަނަ އަހަރަށް ހުށަހަޅާފައި ވަނީ 42.68 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން ޚަރަދުގެ ގޮތުގައި 40.55 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، ދަރަނި އަނބުރާ ދެއްކުމަށް 2.1 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެއެވެ. ޖުމްލަ ޚަރަދުގެ 67 އިންސައްތަ ރިކަރަންޓް ޚަރަދަށް ހިނގާނެކަމަށް ލަފާކޮށްފައިވާއިރު، މި ނިސްބަތް ވަނީ މި ހިނގާ އަހަރަށްވުރެ 1.9 ޕަސެންޓޭޖް ޕޮއިންޓް އިތުރުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބައި-އިލެކްޝަންތައް ބާއްވަން ބަޖެޓް ހޯދުމަށް އިލެކްޝަނުން ފިނޭންސަށް ހުށަހަޅައިފި

ބައި-އިލެކްޝަންތައް ބާއްވަން ބަޖެޓް ހޯދުމަށް އިލެކްޝަނުން ފިނޭންސަށް ހުށަހަޅައިފި

05 ސެޕްޓެމްބަރު 2017
ސިޔާސީ މަގުގައި އިދިކޮޅު ފަރާތްތައް ކުރިއަށްދާއިރު ކުޑަކޮށް ހުއްޓިލާފައި ވިސްނާލަންޖެހޭ ކަންތައްތައް އެބަހުރި: އަސްލަމް

ސިޔާސީ މަގުގައި އިދިކޮޅު ފަރާތްތައް ކުރިއަށްދާއިރު ކުޑަކޮށް ހުއްޓިލާފައި ވިސްނާލަންޖެހޭ ކަންތައްތައް އެބަހުރި: އަސްލަމް

15 އޯގަސްޓު 2017
އެމެރިކާއިން ރާއްޖެއަށް ދޭ އެހީ ކުޑަކޮށްފި

އެމެރިކާއިން ރާއްޖެއަށް ދޭ އެހީ ކުޑަކޮށްފި

25 މެއި 2017
ފެނަކައިގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ބައެއް މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބައެއް މުވައްޒަފުން ބުނެފި

ފެނަކައިގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ބައެއް މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބައެއް މުވައްޒަފުން ބުނެފި

17 މާރިޗު 2017
ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު