Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުފްތީގެ ދަރުސް

އުފެއްދުންތެރި މުސްލިކަމަށްވާން ބޭނުންނަމަ އެންމެ ފުރަތަމަވެސް ފަތިސް ނަމާދުން ދުވަސް ފެށުމަށް މުފްތީ މެންކް ވިދާޅުވެއްޖެ

ކޮންމެ ކަމަކަށް ވެސް ވަގުތުތަކެއް ކަނޑައަޅުއްވާފައިވާއިރު އެގޮތަށް ދިރިއުޅުމުގެ ހުރިހާ ކަމެއްވެސް ބައްޓަން ކުރަންޖެހޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 31 އޮކްޓޯބަރު 2022 | ހޯމަ 02:33
މުފްތީ މެންކް އައްޑޫ ސިޓީގައި ދަރުސް ދެއްވަނީ

މުފްތީ މެންކް އައްޑޫ ސިޓީގައި ދަރުސް ދެއްވަނީ

އުފެއްދުންތެރި މުސްލިކަމަށްވާން ބޭނުން ނަމަ އެންމެ ފުރަތަމަ ވެސް ފަތިސް ނަމާދުން ދުވަސް ފެށުމަށް މުފްތީ މެންކް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެރޭ އައްޑޫ ސިޓީގައި ބޭއްވި ދަރުސްގައި ތަޤްރީރުކުރައްވާފައިވަނީ އުފެއްދުންތެރި މުސްލިކަމަށްވުމުގެ މައްޗަށެވެ.

Advertisement - newsAdvertisement

ކޮންމެ ކަމަކަށް ވެސް ވަގުތުތަކެއް ކަނޑައަޅުއްވާފައިވާއިރު އެގޮތަށް ދިރިއުޅުމުގެ ހުރިހާ ކަމެއް ވެސް ބައްޓަން ކުރަންޖެހޭކަމަށް މުފްތީ މެންކް ވިދާޅުވިއެވެ. އެގޮތުން އަޅުކަމާއި ދިރިއުޅުމުގެ އެހެނިހެން ކަންކަމަށް ވަގުތު ހުސްކުރުމުގައި ވިސްނުންތެރިކަމާ އެކު މަސައްކަތްކުރުމަށާއި ތިމާއަކީ ނަމާދުކުރުމުގައި ކަންނެތް މީހެއްކަމުގައިވާ ނަމަ އެމީހަކު އަމިއްލަ ނަފްސަށް ހިތްވަރުދީގެން ފަތިސް ނަމާދުން ދުވަސް ފެށުމަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. މިގޮތަށް ޢަމަލުކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް އެދިވަޑައިގަންނަވަމުން މާތްﷲ އިންސާނާ އަށް ރިވެތިވެގެންވާ ހަށިގަނޑެއް ދެއްވާފައިވާއިރު އެއީ އެމީހަކު ބޭނުންގޮތަކަށް ބައްޓަންކުރެވޭނެ ހަށިގަނޑެއް ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ނަމާދަށް ހޭ ނުލެވޭނަމަ، ހޭލާން މަސައްކަތްކުރަން ފެށުމުން މާތްﷲ ގެ ކުޅަދުންވަންތަކަމުން އިންސާނާއަށް އަމިއްލައަށް އެގޮތަކަށް ބައްޓަންވެވޭކަމަށް ވިދާޅުވިއެވެ.

ނަމާދަށް ފަރުވާކުޑަ ނުކުރުމަށް ނަސޭހަތްތެރިވަމުން މުފްތީ ވިދާޅުވީ އަބަދުވެސް ނަމާދުތައް އެ ނަމާދެއްގެ ވަގުތުގައި އަދާކުރުމަށް ހިތްވަރާ އެކު މަސައްކަތްކުރަން ޖެހޭކަމަށެވެ. ނަމާދަކީ ދުނިޔެ އާއި އާޚިރަތަށްޓަކައި ކޮންމެ މުސްލިމަކު ވެސް ކުރަން މާތްﷲ ކަނޑައަޅުއްވާފައިވާ ކަމެއް ކަމަށާއި އެކަމުން ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބިގެންދާކަމަށް މުފްތީ މެންކް ވިދާޅުވިއެވެ.

އުފެއްދުންތެރި މުސްލިމަކީ މުސްތަޤުބަލަށް ވިސްނައި އެ މުސްތަގުބަލުގައި ކުރަންޖެހޭ ކަންކަން ހެޔޮގޮތުގައި ކުރުމަށް މަސައްކަތްކުރާ އަދި ދުނިޔެ އާއި އާޚިރަތަށްޓަކައި އެ މުސްތަޤްބަލް އާރާސްތު ކުރާ މީހާކަމަށް ވެސް މުފްތީ މެންކް ވިދާޅުވިއެވެ.

މުސްލިމަކު ކުރާ ކުޑަކުޑަ ހެޔޮ ކަމަކުން ވެސް އެތައް ސަވާބަކާއި ދަރުމައެއް ލިބޭކަން ފާހަގަކުރައްވަމުން ދަރިން ހެޔޮގޮތުގައި ބަލައި ބޮޑުކުރުމާއި ފުރިހަމަ މުސްލިމެއްގެ ގޮތުގައި އެކުދިން ބޮޑުކުރުމަކީ މައިންބަފައިންގެ މައްޗަށް ވާޖިބުކަމަކަށްވާއިރު އެންމެ ފުރަތަމަކަމަށް ދަރިންނަށް ދީން އުނގަންނައި ދޭންޖެހޭކަމަށް ވިދާޅުވިއެވެ. ދަރިން ތަރުބިއްޔަތުކުރުމުގައި މިހާރު ޓެކްނޯލޮޖީ އާއި ގާތް ޒަމާނެއްގައި ދަރިންނަށް ދޭންޖެހޭ ވަގުތު ދީ، ދަރިންގެ ކަންކަމުގައި ވަގުތު ހޭދަކުރާއިރު ފޯނާއި އެފަދަ ޓެކްނޯލޮޖީ އާއި ދުރުވުމަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. އިސްލާމްދީނުގައި އަޅުކަމަށް ވަގުތު ލިބޭފަދައިން އެހެންކަންކަމަށް ވެސް ވަގުތު އޮންނަކަމަށާއި އެފަދައިން ޢަމަލުކުރުމަށް ވެސް  އެދިވަޑައިގެންނެވިއެވެ. ހަމަ އެފަދައިން ކުޑަކުދިން ވެސް އެފަދަ ތަކެއްޗާއި ގާތްވުމަށް ވަކި ވަގުތުތަކެއް ކަނޑައަޅައި، އެގޮތް ގަބޫލުނުކޮށްފިނަމަ އެކުދިންނަށް ހެޔޮ ނަސޭހަތްދީ ވިސްނުވައިދިނުމަށް ވިދާޅުވިއެވެ. ދަރިން ތަރުބިއްޔަތު ކުރާއިރު އުފެއްދުންތެރި މުސްލިމަކަށް ވާންޖެހޭކަމަށާއި އެކުދިންނަށް ހެޔޮގޮތުގައި ކަންކަމުގައި ވިސްނުވައިދޭން ޖެހޭކަމަށް ވިދާޅުވިއެވެ.

އިންސާނުންނަކީ ކުށްކުރެވޭ ބަޔަކަށްވާއިރު އެކެއްގެ ފުށުން ތިމާ އަށް ދެރަގޮތެއް ދިމާވެ، ތަކުލީފު އުފުލަންޖެހުނަސް، އެކަންކަން ހިތުގައި ނުބާއްވާ، މަޢާފުކޮށް އެކަމެއް ހަނދާން ނައްތާލުމަކީ އެންމެ ރަނގަޅުގޮތްކަމަށް މުފްތީ މެންކް ވިދާޅުވިއެވެ. އިސްލާމްދީނުގައި މަޢާފަށް އެދުމާއި މަޢާފްކުރުން ލައްވާފައިވަނީ އެތައް ސަބަބެއް އޭގައި އެކުލެވޭތީކަން މުފްތީ މެންކް ފާހަގަކުރެއްވިއެވެ.

މިފަދައިން ޢަމަލުކޮށްފިނަމަ ވިސްނަންޖެހޭ ވިސްނުމާ ދުރުވާނެކަމަށާއި ދިރިއުޅުމުގެ އެހެނިހެން ކަންކަމާއިގެން އުފެއްދުންތެރިކަމާ އެކު ކުރިއަށް ދެވޭނެކަމަށް ވެސް ވިދާޅުވިއެވެ. އަދި އެންމެ ބާރުގަދަ މީހަކީ އެމީހާގެ ރުޅި ކޮންޓްރޯލުކުރާ މީހާއަށްވާއިރު މާފުކުރުމަކީ ވެސް ހަމަ މިފަދަ ކަމެއްކަމަށް މުފްތީ މެންކް ވިދާޅުވިއެވެ.

އެހެން މީހުންގެ ދިރިއުޅުމުގައި ތިމާގެ ހިއްސާ އޮންނަންވާނީ ހެޔޮ ގޮތުގައި ކަމަށާއި މީހެއްގެ ފުށުން ނުރަނގަޅުކަމެއް ފެނިއްޖެ ނަމަ އެމީހަކަށްޓަކައި ހެޔޮ ދުޢާކުރުމަށް މުފްތީ މެންކް ވަނީ މި ދަރުސްގައި އެދިވަޑައިގެންފައެވެ. އެއީ އުފެއްދުންތެރި މުސްލިމަކަށް ވެވޭ ގޮތެއްކަން ފާހަގަކުރައްވާ މި މުޖުތަމަޢުގައި ހިނގާ ނޭދެވޭ ކަންކަމުގެ ތެރެއިން އެކަކު އަނެކެއްގެ ސިއްރު ހާމަކުރާކަން ފާހަގަކުރެއްވިއެވެ. އެކަމަށް ބައްލަވާލައްވަމުން މީހުންގެ ސިއްރު ހިފަހައްޓައިފިނަމަ މާތްﷲ އެމީހާގެ ސިއްރުތައް ވެސް ހިފަހައްޓާނެކަން އަންގަވާފައިވާކަމަށް ވިދާޅުވިއެވެ. އެ ނޫން ހާލަތެއް ދިމާވެއްޖެނަމަ އެކަމަކުން އެމީހަކު ދުރުކުރުމަށް ހެޔޮގޮތުގައި މަސައްކަތްކުރުން މުހިންމުކަމަށާއި އެކަކު އަނެކަކަށް ހެޔޮ ފޯރުކޮށްދިނުމަށް ވެސް މުފްތީ މެންކް އެދިވަޑައިގެންނެވިއެވެ.

އިތުރަށް ކިޔާލަން

12 އޯގަސްޓު 2019

ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ އުފެއްދުންތެރި ޒުވާނުން ބިނާކުރުން: ރައީސް ސޯލިހު

12 އޯގަސްޓު 2019
ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ އުފެއްދުންތެރި ޒުވާނުން ބިނާކުރުން: ރައީސް ސޯލިހު
18 މާރިޗު 2019

ނަޒާހަތްތެރި މަޖިލީހެއް ބޭނުންނަމަ، ލިސްޓުގެ ކުރީގައި އޮންނަން ޖެހޭނީ އިންތި: ރައީސް

18 މާރިޗު 2019
ނަޒާހަތްތެރި މަޖިލީހެއް ބޭނުންނަމަ، ލިސްޓުގެ ކުރީގައި އޮންނަން ޖެހޭނީ އިންތި: ރައީސް
13 މާރިޗު 2019

ގައުމީ އުފެއްދުންތެރިކަން ފަސް ބިލިއަން ޑޮލަރަށް އިތުރުކުރީ އެމްޑީޕީން: ރައީސް ނަޝީދު

13 މާރިޗު 2019
ގައުމީ އުފެއްދުންތެރިކަން ފަސް ބިލިއަން ޑޮލަރަށް އިތުރުކުރީ އެމްޑީޕީން: ރައީސް ނަޝީދު
10 ނޮވެމްބަރު 2018

ކުނި އުކުން ވަގުތީ ގޮތުން ހުއްޓާލުމަށް ބޭނުންނަމަ އެކަން އެންގުމަށް ވެމްކޯއިން އެދިއްޖެ

10 ނޮވެމްބަރު 2018
ކުނި އުކުން ވަގުތީ ގޮތުން ހުއްޓާލުމަށް ބޭނުންނަމަ އެކަން އެންގުމަށް ވެމްކޯއިން އެދިއްޖެ
09 ނޮވެމްބަރު 2018

ރައްޔިތުން ބޭނުންނަމަ މަޖިލީހަށް ކުރިމަތިނުލުމުގެ ހިތްވަރު އެބަހުރި: މުސްތަފާ

09 ނޮވެމްބަރު 2018
ރައްޔިތުން ބޭނުންނަމަ މަޖިލީހަށް ކުރިމަތިނުލުމުގެ ހިތްވަރު އެބަހުރި: މުސްތަފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު