Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަހްފޫޒު ސައީދު

ޝަރުއީ ދާއިރާ އިސްލާހް ކުރަން ބޭނުންނަމަ އަބްދުﷲ ސައީދު މަގާމުން ދުރުކުރަން ޖެހޭ: މަހްފޫޒު

30 ނޮވެމްބަރު 2017 | ބުރާސްފަތި 08:52

ފަނޑިޔާރުން މަސައްކަތް ކުރައްވަނީ ސަރުކާރުގެ ނުފޫޒުގެ ދަށުގައި ތިބެ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 30 ނޮވެމްބަރު 2017 | ބުރާސްފަތި 08:52
މަހްފޫޒު ސައީދު "ފަނޑިޔާރުގެ" ޕްރޮގުރާމްގައި ވާހަކަ ދައްކަވަނީ:-

މަހްފޫޒު ސައީދު "ފަނޑިޔާރުގެ" ޕްރޮގުރާމްގައި ވާހަކަ ދައްކަވަނީ:-

ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހް ކުރުމަށްޓަކައި މިހާރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އެ މަގާމުން ދުރުކުރަން ޖެހޭނެ ކަމަށް ގާނޫނީ ވަކީލް މަހްފޫޒު ސައީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީން ގެނެސްދިން "ފަނޑިޔާރުގެ" ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން މަހްފޫޒު ވިދާޅުވީ ފަނޑިޔާރުގޭގައި ހުރި މައްސަލަތައް ހައްލުކޮށް ފަނޑިޔާރުގެއާމެދު ރައްޔިތުންގެ އިތުބާރު ހޯދުމަށް އަބްދުﷲ ސައީދު މަގާމުން ދުރުކުރުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ ސިޔާސީ ބައެއް މީހުންގެ ނުފޫޒުގެ ދަށުވެ މަސައްކަތް ކުރައްވަނީ ވެސް މަދު ފަނޑިޔާރުންތަކެއް ކަމަށެވެ.

Advertisement - newsAdvertisement
"އުއްތަމަ ފަނޑިޔަރަކީ މި ހުރިހާ ދުވަހު ޖުޑިޝަރީގައި ޖެހެމުންދާ ހުރިހާ މައްސަލައެއްގެ ސަބަބޭ ދެންނެވުން ނުވާނެ ދޮގަކަށް. ކަންތައް ހިނގަމުންދިޔައީ އެމަނިކުފާނުގެ ލޯކުރިމަތީ. ބަދަލު ގެންނަވަން ބޭނުންވާ ކަމެއް ބަދަލު ކުރައްވާ ރޭގަނޑު ދަންވަރުވިޔަސް. އެހެން ނަމަވެސް އެ ބޭފުޅާ ހިތްރުހޭ ގޮތަށް ބަޔަކު ބޭނުންވާ ގޮތަށް ކަންތައް ހިނގަންޏާ އެ ހުންނަވަނީ ހަނު،" މަހްފޫޒު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމުން އަބްދުﷲ ސައީދު ދުރުކޮށްގެން ނޫނީ ޝަރުއީ ދާއިރާއާ މެދު ކުރާނެ އުއްމީދެއް ނޯންނާނެ ކަމަށް ފާހަގަ ކުރައްވައި، މަހްފޫޒު ވިދާޅުވީ މިހާރުން މިހާރަށް ވެސް އެ މަގާމުން އަބްދުﷲ ސައީދު ދުރުކުރަން ޖެހޭ ކަމަށެވެ.

ފަނޑިޔާރުންނަށް ސިޔާސީ އެކި ފަރާތްތަކުގެ ނުފޫޒު އަންނަ ކަން އެއީ ފާޅުކަން ބޮޑު ގޮތެއްގައި އެނގޭ ކަމެއް ކަމަށާއި އެކަން އެނގެނީ ބައެއް ފަނޑިޔާރުން ކުރައްވާ ހުކުމްތަކުން ކަމަށް ވެސް މަހްފޫޒު ވިދާޅުވި އެވެ.

"ސަރުކާރުން ބޭނުންވީ މިހެން ހަދަން. މާދަމާ އެ ނިކުންނަނީ އެގޮތަށް ހުކުމް. ފަނޑިޔާރުން ކަންތައް ކުރައްވަނީ ފަނޑިޔާރުން އަންގަވާ ގޮތަކަށް ސަރުކާރުގެ ނުފޫޒުގެ ދަށުގައި ތިބެގެންކަން އެބަ އިނގޭ އެ ބޭފުޅުން ކުރައްވާ ހުކުމްތަކުން. އެހެން އެކަން ހިނގާހާ ހިނދު ޝަރުއީ ދާއިރާއާމެދު އަޅުގަނޑުމެން ކުރާނެ އިތުބާރެއް، ކުރާނެ އުއްމީދެއް ވެސް ނެތް،" މަހްފޫޒު ވިދާޅުވި އެވެ.

ސިޔާސީ އެކި ބޭފުޅުންގެ ޝަރީއަތްތައް އަވަސް ކުރާއިރު ވެސް އޭގެ ތެރެއިން ވަކި ބައެއްގެ ޝަރީއަތްތައް އަވަސްކުރާތަން ފެންނަ ކަމަށް މަހުފޫޒު ވިދާޅުވިއެވެ.

ފަނޑިޔާރުން ރިޝްވަތު ހިފާ ކަމަށް ތުހްމަތު ކުރެވޭ މައްސަލަތައް އެބަހުރި ކަމަށް ވިދާޅުވެ މަހްފޫޒު ވަނީ ބައެއް ބޭފުޅުން ކުރައްވާފައިވާ ތުހްމަތުތައް ފާހަގަ ކުރައްވާފަ އެވެ.

މަހްފޫޒު ވިދާޅުވީ އެންމެ ފުރިހަމަ ޝަރުއީ ނިޒާމެއް އެއްވެސް ތާކު ނެތް ކަމަށާއި އެހެން ނަމަވެސް އިންސާފު ލިބިދޭ ކަމަށް ގަބޫލުކުރާ ގައުމުތަކުގައި އަބަދުވެސް ކަންކަން އިސްލާހްކުރަން މަސައްކަތް ކުރާ ކަމަށެވެ. އެއާ ހިލާފަށް ރާއްޖޭގައި އެ މަސައްކަތް ކުރަމުން ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަހްފޫޒު މި މޭރުމުން ވާހަކަ ދައްކަވާފައިވާއިރު ޝަރުއީ ދާއިރާގައި ހުރި ގިނަ މައްސަލަތަކެއް ފާހަގަކޮށް އެކަންކަން އިސްލާހް ކުރުމަށް ކުރަމުންދިޔަ މަސައްކަތުގެ ތެރޭގައި އޭނާ ވަނީ ކޯޓުތަކުގައި ވަކާލާތު ނުކުރެވޭނެ ގޮތަށް ސަސްޕެންޑް ކޮށްފަ އެވެ.

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

06 ފެބުރުއަރީ 2017
މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
25 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި

25 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް