Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކެއުމުގައި ލޮނު ބޭނުންކުރުން

މާ ލޮނު ގަދަކޮށް ކާނަމަ ދިފާއީ ނިޒާމަށް އަސަރުކޮށްފާނެ

ދުވާލަކަށް 5 ގްރާމަށްވުރެ ގިނައިން ލޮނުގެ ބާވަތްތައް ބޭނުން ކުރުން ރަނގަޅެއް ނޫން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 29 އޮކްޓޯބަރު 2022 | ހޮނިހިރު 11:03
ކާނާގެ އެކިއެކި ބާވަތް ތައްޔާރު ކުރުން

ކާނާގެ އެކިއެކި ބާވަތް ތައްޔާރު ކުރުން

މާ ލޮނުގަދަކޮށް ކެއުމުން ލިބޭ ގެއްލުމަކީ ލޭގެ ޕްރެޝަރަށް  އަސަރު ކުރުން އެކަންޏެއް ނޫނެވެ. އެއީ ދިފާއީ ނިޒާމަށްވެސް އޭގެ އަސަރު ކުރުވާ ކަމެއްކަން ދިރާސާތަކުން ދައްކައެވެ. އެގޮތުން ތަފާތު އެކި ބެކްޓީރިއާގެ ޒަރިއްޔާއިން ސިއްޙަތަށް އަސަރު ކުރުވާ މިންވަރު އެކަމުގެ ސަބަބުން އިތުރުވެގެންދާކަމަށް ދިރާސާތަކުން ދައްކައެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިރުޝާދު ދޭ ގޮތުގައި ދުވާލަކަށް 5 ގްރާމަށްވުރެ ގިނައިން ލޮނުގެ ބާވަތްތައް ބޭނުން ކުރުމަކީ ސިއްޙަތަށް ގެއްލުންވެދާނެ ކަމެކެވެ. އެއީ ގާތްގަނޑަކަށް 1 މޭޒުމަތީ ސަމުސާ ފުރެންދެން ލޮނު އެޅުމުން ކިރާލެވޭ މިންވަރެވެ.

އެހެންނަމަވެސް، އާންމު ދިރިއުޅުމުގައި ގިނަ މީހުން ލޮނު ބޭނުން ކުރާ މިންވަރު ގިނަ ފަހަރު އޮންނަނީ ޑަބްލިއުއެޗްއޯގެ މި މިންގަނޑަށްވުރެ އެތައް ގުނައެއް އިތުރުވެފައެވެ.

ދިރާސާތައް ދައްކާ ގޮތުން މާ ގިނައިން ލޮނު ބޭނުންކުރާނަމަ ދިފާއީ ނިޒާމުގެ މުހިއްމު ގުނަވަންތައް ބަލިކަށި ކޮށްލައެވެ. ނަމަވެސް ހަށިގަނޑުގެ ދުޅަހެޔޮކަމަށް ބޭނުންވާ މިންވަރަށް ލޮނު ބޭނުން ކުރުމަކީ އޭގެ ފައިދާތައްވެސް ލިއްބައިދޭ ކަމެއްކަމަށް "ދި ހެލްތް ބްލޮގް" ގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ހަމުގެ ބައެއް ބަލިތަކުން ދިފާއުވުމުގައިވެސް ލޮނުގައި ހިމެނޭ މާއްދާތައް އެހީވެދެއެވެ.

އާންމުކޮށް ލޮނު ބޭނުންކުރާ މިންވަރަށްވުރެ އިތުރަށް ކެއުމުގައި ލޮނު ބޭނުންކުރާ މީހުންގެ ލޭގައި ހިމެނޭ އިމިއުން ސެލްތައް މަސައްކަތް ކުރާ މިންވަރު ދަށްކަމަށްވެސް އެ ދިރާސާގެ ނަތީޖާއިން ދައްކައެވެ. އެއީ ގާތްގަނޑަކަށް 6 ގްރާމަށްވުރެ ގިނައިން ލޮނު ބޭނުންކުރާ މީހުން ބައިވެރިކޮށްގެން ހަދާފައިވާ ދިރާސާއެކެވެ.

އެމެރިކާގައި ހެދި މި ދިރާސާއިން ދައްކާ ގޮތުގައި އެ ޤައުމުގައި ލޮނު ބޭނުންކުރާ މިންވަރުގެ 65 އިންސައްތައަކީ ރީޓެއިލް ފިހާރަތަކުން ގަނެގެން ކާ ކާނާތަކުގައި ހިމެނޭ ލޮނެވެ. 25 އިންސައްތަ ރެސްޓޯރަންޓުތަކުން ގެންނަ ކާނާގައި ހިމެނޭ ލޮނެވެ. އަދި 10 އިންސައްތައަކީ ގޭގޭގައި އަމިއްލައަށް ކައްކައިގެން ބޭނުންކުރާ ކެއްކުންތަކުގައި ހިމަނާ ލޮނުގެ ނިސްބަތެވެ.

ކަންމިހެން ހުރުމާއެކު، ކެއުމުގައި ލޮނު ބޭނުންކުރާ މިންވަރު އެކަށީގެންވާ މިންގަނޑެއްގައި ކޮންޓްރޯލް ކުރުމަކީ މުހިއްމު ކަމެކެވެ. އެގޮތުން ތައްޔާރީ ކާނާ ގަންނައިރުވެސް، އޭގައި ލޮނު ހިމެނިފައިވާ މިންވަރު ޗެކް ކުރުމަކީ އެގޮތުގެމަތިން ކުރެވިދާނެ ކަމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް: ސަރަހައްދުގެ ސިއްހީ ނިޒާމަށް ހެޔޮ ބަދަލެއް ގެންނާނެ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް: ސަރަހައްދުގެ ސިއްހީ ނިޒާމަށް ހެޔޮ ބަދަލެއް ގެންނާނެ

16 ޖުލައި 2021
ކާންވީ ލޮނުމެދު، ސަބަބު މިއޮތީ!

ކާންވީ ލޮނުމެދު، ސަބަބު މިއޮތީ!

17 އެޕްރީލު 2021
ރާއްޖޭގައި ލޮނު އުފެއްދުން

ރާއްޖޭގައި ލޮނު އުފެއްދުން

08 މާރިޗު 2021
ކޮވިޑް-19 އަކީ ނެވާލާ ނިޒާމަށް އެކަނި ޖެހޭ ބައްޔެއް ނޫން، އެއަށްވުރެ މާ ނުރައްކާތެރި!

ކޮވިޑް-19 އަކީ ނެވާލާ ނިޒާމަށް އެކަނި ޖެހޭ ބައްޔެއް ނޫން، އެއަށްވުރެ މާ ނުރައްކާތެރި!

14 މެއި 2020
ކޮވިޑް-19: އިޓަލީގައި މަރުވި މީހުންގެ އަދަދު 800 އާ ކައިރިވުމާއެކު ފިޔަވަޅުތައް ވަރުގަދަކޮށްފި

ކޮވިޑް-19: އިޓަލީގައި މަރުވި މީހުންގެ އަދަދު 800 އާ ކައިރިވުމާއެކު ފިޔަވަޅުތައް ވަރުގަދަކޮށްފި

22 މާރިޗު 2020

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު