Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއިންޑިޔާގެ އާބާދީ

އިންޑިޔާގެ 1 ބިލިއަން ވަނަ ބޭބީ މިހާރު ކޮބާ؟

29 އޮކްޓޯބަރު 2022 | ހޮނިހިރު 09:14

ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމަށް 2023 ވަނަ އަހަރު އިންޑިޔާ ވާނެކަމަށް ވަނީ ލަފާކޮށްފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 29 އޮކްޓޯބަރު 2022 | ހޮނިހިރު 09:14
އިންޑިޔާގެ އެއް ބިލިއަންވަނަ ބޭބީ އާސްތާ އަރޯރާ، އުފަންވެފައިވަނީ 2000 ވަނަ އަހަރު

އިންޑިޔާގެ އެއް ބިލިއަންވަނަ ބޭބީ އާސްތާ އަރޯރާ، އުފަންވެފައިވަނީ 2000 ވަނަ އަހަރު

އިންޑިޔާގެ އެއްބިލިއަން ވަނައަށް އުފައްވި ކުއްޖާއަށް ދީފައިވާ ނަމަކީ އާސްތާ އަރޯރާއެވެ. އޭނާ އުފަންވެފައިވަނީ 11 މޭ 2000 ވަނަ އަހަރު ޑެލްހީގެ ސަފްޑާޖުންގ ހޮސްޕިޓަލުގައެވެ. ފަތިހުގެ ވަގުތެއްގައި އޭނަ އުފަންވިތާ ދެތިން ގަޑިއިރުގެ ތެރޭގައި އިންޑިޔާގެ އެއްބިލިއަންވަނަ ރައްޔިތުގެ ގޮތުގައި ވަނީ ދުނިޔެއަށް ހާމަކޮށްފައެވެ. ފިޔާތޮށިކުލައިގެ ރަޖަޔަކަށް ލާފައި އޮތް ބޭބީ އުރުވަޑުވައިގެން ސަރުކާރު މިނިސްޓަރުން އެކި ގޮތްގޮތަށް ފޮޓޯ ނަންގަވާފައި ވެއެވެ. އަދި އަނެއްބައި މިނިސްޓަރުން ތަފާތު ވައުދުތައް ވެވަޑައިގަންނަވަމުން ގެންދެވިއެވެ. އޭނާއަށް ތައުލީމް ހިލޭކޮށްދެއްވާނެކަމާއި، ހިލޭ ސިއްހީ ފަރުވާ ހަމަޖައްސަވައިދެއްވާނެކަމާއި، ހިލޭ ރޭލު ދަތުރު ހަމަޖައްސަވާނެކަމަށާއި މިފަދަ މިފަދަ ވައުދުފުޅުތަކެވެ. ނަމަވެސް މިއިން އެއްކަމެއްވެސް ނުފުދޭކަމަށް އާއިލާއިން ބުނެފައިވެއެވެ.

އާސްތާ އުފަންވުމާއެކު އިންޑިޔާވެސް ވަނީ އާބާދީގެ ގޮތުން ޗައިނާއާއެކު "އެކްސްކްލޫސިވް" ކްލަބަކާ ގުޅިފައެވެ. އެހެނީ އެއްބިލިއަނަށްވުރެ އާބާދީ ބޮޑީ ހަމައެކަނި ޗައިނާގައިކަމަށް ވާތީއެވެ.

އާސްތާ އުފަން ވުމާއެކު އޭނާގެ މަންމައާ ބައްދަލުކޮށް ނޫސްވެރިން އައީ ތަފާތު ރިޕޯޓުތައް ލިޔަމުންނެވެ. އޭރު އެގެޔަށް ދިޔަ ބީބީސީގެ ރިޕޯޓަރަކު ވަނީ ބާވީސް އަހަރު ފަހުން އާސްތާގެ ހާލު ބަލާފައެވެ.

ނޫސްވެރިޔާ އެގެއަށް ދިއުމުން ރީތި ހިނިތުން ވެލުމަކާއެކު މަރުހަބާ ކިޔާފައިވަނީ 22 އަހަރުގެ އާސްތާކަމަށްވެއެވެ. އޭނާ ވަނީ ދާދިފަހުން ފުރަތަމަ ވަޒީފާގައި މަސައްކަތްކުރަން ފަށާފައެވެ. އޭނާއަކީ މިއަދު ޕްރައިވެޓް ހޮސްޕިޓަލެއްގެ ނަރުހެކެވެ.

އޭނާ ބުނި ގޮތުގައި އޭނާއަކީ ޚާއްސަކަމެއް ދެވުނު ޒުވާނެއްކަމުގެ އިހުސާސް ނުކުރެވޭތާ މިހާރު އެތައް އަހަރެއް ވެއްޖެއެވެ. އުފަންވިއިރު ހުރިހާ އެންމެން ދިން ޚާއްސަކަން މިހާރު ފިލައިހިނގައްޖެކަމަށް އޭނާ ބުނެފައިވެއެވެ. އަދި އޭނާ އުފަންވީއިރު އެކިއެކި ސިޔާސީ ފަރާތްތަކުން ވެވަޑައިގެންނެވި ވައުދުތައްވެސް އަދިވެސް ހުރީ ނުފުދިކަމަށް އޭނާ ބުނެފައިވެއެވެ.

އާސްތާ ބުނިގޮތުގައި އޭނާ ބޭނުންވީ ސައިންސްގެ ރޮނގުން ކުރިއަށްގޮސް ޑޮކްޓަރަކަށް ވާށެވެ. ނަމަވެސް އޭނާގެ މައިންބަފައިންނަށް އެވަރުގެ ޚަރަދެއް ކުރެވެން ނެތުމުން އޭނާގެ ހުވަފެންތައަ ދޫކޮށް، ނަރުހަކަށް ވީކަމަށް ބުނެފައިވެއެވެ. އޭނާއަކީ ސްކޫލްގައި ހުރިހާގޮތަކުންވެސް ވިދާލި ދަރިވަރެކެވެ. ނަމަވެސް ކިޔެވުމުގެ ފަހު އަހަރުތަކުގައި ފައިސާގެ ދަތިކަން ކުރިމަތިވުމުން، ސަރުކާރު ސްކޫލަކަށް ބަދަލުވާން މަޖްބޫރުވިކަމަށް ބުނެފައިވެއެވެ.

އެއްބިލިއަން ވަނަ ބޭބީއާ ބެހޭގޮތުން ނޫސްތަކުގައި ލިޔެފައި ހުރި އާޓިކަލްތައް އޭނާގެ މައިންބަފައިން އޭނާއަށް ދެއްކުމަށްޓަކައި އައީ ރައްކާކުރަމުންނެވެ. އޭނާ ބުނިގޮތުގައި، ކަމުގެ މުހިންމުކަން އޭނާއަށް އަމިއްލައަށް ފުރަތަމަ އިހުސާސްކުރެވުނީ އުމުރުން 4 ނުވަތަ 5 އަހަރުގައި އައި ވޯރލްޑް ޕޮޕިއުލޭޝަން ޑޭގައި، ކެމެރާ ކްރޫ އޭނާގެ ސްކޫލަށް ގޮސް އޭނަގެ ހަރަކާތްތައް ވީޑިއޯކުރަން ފެށުމުންނެވެ. ޓީވީއަށް އަރާލުމަކީ އޭނާވެސް ވަރަށް އުފާވި ކަމެއް ކަމަށް ބުނެފައިވެއެވެ.

އާސްތާގެ އާއިލާއިން ބުނިގޮތުގައި، އޭނާއަށް ލިބުނުހާވެސް ފައިސާގެ އިނާޔަތަކީ ޔޫ.އެން.އެފް.ޕީ.އޭ.އިން ދިން 2،425 ޔޫއެސް ޑޮލަރެވެ. އެއީ އޭރު އިންޑިޔާގެ ދެލައްކަ ރުޕީސްއެވެ. އާސްތާއަށް 18 އަހަރު ފުރުނުއިރު އެފައިސާ ހުރީ ހަތްލައްކަ ރުޕީސްއަށް އިތުރުވެފައެވެ. މިފައިސާ ބޭނުންކުރީ އޭނާގެ ނަރސިންގ ކޯހުގެ ފީއަށެވެ.

2000 ވަނަ އަހަރު އިންޑިޔާގެ އެއްބިލިއަން ވަނަ ކުއްޖާ އުފަންވިއިރު ޔޫ.އެން.އެފް.ޕީ.އޭ.އިން އަންދާޒާކޮށްފައިވަނީ އާބާދީގެ ގޮތުން އިންޑިޔާއިން ޗައިނާ ފަހަތަށް ޖައްސާލައި، ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމަށް 2045 ވަނަ އަހަރު ވާނެކަމަށެވެ.

ނަމަވެސް މިއަހަރުގެ ޖުލައިމަހު ޔޫ.އެން.އެފް.ޕީ.އޭ.އިން ބުނެފައިވަނީ މިކަން މިއަންނަ އަހަރު، އާދެ 2023ގައި ވާނެކަމަށެވެ. މި އަންނަ އަހަރު އިންޑިޔާގެ އާބާދީ 1.4 ބިލިއަނަށް އަރާނެއެވެ. އަދި މިއަހަރުގެ ނޮވެމްބަރު މަހު މުޅި ދުނިޔޭގެ އާބާދީ 8 ބިލިއަނަށް އަރާނެކަމަށް ޔޫ.އެން.އެފް.ޕީ.އޭ.އިން އަންދާޒާކޮށްފައިވެއެވެ.

އާސްތާ އެދެނީ އިންޑިޔާގެ އާބާދީ ދުވަހަކުވެސް 2 ބިލިއަނަށް ނޭރުމެވެ. އޭނާ ބުނިގޮތުގައި، މީހުން ގިނަވުމުން ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ އެއް ކަމަކަށް މާގިނަ މީހުން ކުރިމަތިލުމެވެ. އެއީ ސްކޫލްގެ ޖާގައަކަށް ވިޔަސް، އަދި ވަޒީފާއަކަށް ވިޔަސް ވެހެވެ.

އޭނަ ބުނިގޮތުގައި، އިންޑިޔާގެ އާބާދީ އެވަރަށް ބޮޑުވެގެން ދިޔައީ ފިރިހެން ކުއްޖަކު ލިބެންދެން އަންހެނުންނަށް ވިހަން ޖެހޭތީއެވެ. ގިނަ ފިރިހެނުން ގަބޫލުކުރާގޮތުގައި އެމީހުންގެ ނަން ދެމެހެއްޓޭނީ ފިރިހެން ދަރިއަކު ލިބިގެންނެވެ. މި ވިސްނުން ބަދަލުކުރަން ސަރުކާރުން މަސައްކަތްކުރަން އެބަ ޖެހޭކަމަށް އާސްތާ އަރޯރާ ބުނެފައިވެއެވެ.   

އިތުރަށް ކިޔާލަން

02 މެއި 2017

ސިޔާސީ ޤައިދީންނަކީ ކޮބާ؟

02 މެއި 2017
ސިޔާސީ ޤައިދީންނަކީ ކޮބާ؟
29 އެޕްރީލު 2017

"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

29 އެޕްރީލު 2017
"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"
25 އެޕްރީލު 2017

ދިރާގު ޓީވީއަކީ ކޮބާ؟

25 އެޕްރީލު 2017
ދިރާގު ޓީވީއަކީ ކޮބާ؟
13 އެޕްރީލު 2017

ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

13 އެޕްރީލު 2017
ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން
18 މާރިޗު 2017

ޑަންޑަނާ ބޭންޑް ކޮބާ؟

18 މާރިޗު 2017
ޑަންޑަނާ ބޭންޑް ކޮބާ؟
06 މާރިޗު 2017

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!
28 ފެބުރުއަރީ 2017

ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!

28 ފެބުރުއަރީ 2017
ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!
05 ފެބުރުއަރީ 2017

ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

05 ފެބުރުއަރީ 2017
ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!
20 ޖެނުއަރީ 2017

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!
12 ޖެނުއަރީ 2017

މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް

12 ޖެނުއަރީ 2017
މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް