Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސަގާފީ ހޮހަޅަ ފިހަރާ

ބަދަވީ އަންހެނުންގެ މި ހޮހަޅާގައި ހިނގާ ކަންކަން ވަރަށްވެސް ތަފާތު!

29 އޮކްޓޯބަރު 2022 | ހޮނިހިރު 07:06

އެ ހޮހަޅަ ޚިޔާރު ކުރަން ޖެހުނީ، އެނޫން އެހެން ތަނެއްގައި ފިހާރަ އަޅަން އިޒްރޭލުން ހުއްދަ ނުދިނުމުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 29 އޮކްޓޯބަރު 2022 | ހޮނިހިރު 07:06
ސުސްޔާގެ ރަށްވެހިންގެ އަމިއްލަ އުފެއްދުންތަކުގެ ތެރޭގައި؛ މާޖަހައިގެން ތައްޔާރުކޮށްފައި ހުންނަ ފަންނުވެރި ސާމާނުގެ އިތުރުން، ސައިބޯންޏާއި ޒައިތޫނި ތެލާއި އަސާރަވެސް ހިމެނޭ

ސުސްޔާގެ ރަށްވެހިންގެ އަމިއްލަ އުފެއްދުންތަކުގެ ތެރޭގައި؛ މާޖަހައިގެން ތައްޔާރުކޮށްފައި ހުންނަ ފަންނުވެރި ސާމާނުގެ އިތުރުން، ސައިބޯންޏާއި ޒައިތޫނި ތެލާއި އަސާރަވެސް ހިމެނޭ

ފިހާރައެކޭ ބުނުމުން ކޮންމެ މީހެއްގެ ޚިޔާލަށް އެންމެ ފުރަތަމަ ގެނެވޭނީ 4 ފާރުގެ އެތެރެ، ކޮންމެވެސް ގޮތަކަށް ފަރުމާކޮށްގެން ވިޔަފާރި މުއާމަލާތް ހިންގާ ތަނެކެވެ. ނުވަތަ އަދުގެ ޓެކްނޮލޮޖީގެ ތަރައްގީން ފަހިކޮށްދީފައިވާ ކޮންމެވެސް އޮންލައިން ޕްލެޓްފޯމެއްގައި ހިންގާ އޮންލައިން ފިހާރައެކެވެ. ނަމަވެސް ފަލަސްތީނުގެ ސުސްޔާގައި ހުންނަ މި ފިހާރައަކީ މި ދެންނެވިފަދަ ހާލަތްތަކުންކުރެ ހާލަތަކަށް ފެތޭ ފިހާރައެއް ނޫނެވެ. ފަލަސްތީނު އަންހެނުންގެ މާޖެހުމުގެ ފަރުމާތަކާއި، އަތްތެރި މަސައްކަތުގެ އެކި އުފެއްދުންތައް ވިއްކަން ހުންނަ މި ފިހާރަ ހުންނަނީ ހުޅަނގު އައްސޭރީގެ ފަރުބަދައެއްގައިވާ ހޮހަޅައެއްގެ ތެރޭގައެވެ.

ފާތިމާ އައްނުވާޖާއަކީ، ފަލަސްތީނުގެ އަވަށެއްކަމަށްވާ ސުސްޔާގެ ޓެންޓުތަކާއި ހޮހަޅަތަކުގައި މިހާރު ދިރިއުޅެމުންދާ މަދު މީހުންގެ ތެރޭގައި ހިމެނޭ އެކަކެވެ. ސުސްޔާއަކީ ހުޅަނގު އައްސޭރީގެ ދެކުނުން ޔަހޫދީން ވެރިވެގެންފައިވާ ސަރަހައްދުތަކާ، އުތުރުން ޔަހޫދީންގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައިވާ ތާރީޚީ ސައިޓަކާ ދެމެދު އޮންނަ ފަރުބަދަމަތީ ސަރަހައްދުގައި ފެތުރިފައި އޮންނަ، ފަލަސްތީނުގެ އަވަށެކެވެ.

ހުޅަނގު އައްސޭރީގެ ހިބްރޫން ހިލްސްގައި ވަޒަންވެރިވެ އުޅޭ ބަދަވީ އަންހެނުންގެ މަސައްކަތަކަށް ވެފައި ވަނީ އޮންނަނީ މާޖެހުމުގެ އެކި ހުނަރުތަކާއި އަތްތެރިކަމުގެ ހުނަރު ބޭނުންކޮށްގެން ތަފާތު އެކި ކަހަލަ އުފެއްދުންތައް އުފައްދައި، ހޮހަޅަ ފިހާރާގައި ވިއްކުމެވެ.

ސުސްޔާއަށް ޒިޔާރަތްކުރާ ގިނަ އަދަދެއްގެ ބިދޭސީން ނުވަތަ ފަތުރުވެރިންނަކީ، ސުސްޔާގެ ރަށްވެހިންގެ އަމިއްލަ އުފެއްދުންތައް ގަންނަ ބައެކެވެ. ސުސްޔާގެ ރަށްވެހިންގެ އަމިއްލަ އުފެއްދުންތަކުގެ ތެރޭގައި މާޖަހައިގެން ތައްޔާރުކޮށްފައި ހުންނަ ފަންނުވެރި ސާމާނުގެ އިތުރުން، ސައިބޯންޏާއި ޒައިތޫނި ތެލާއި އަސާރަވެސް ހިމެނެއެވެ.

ސުސްޔާ ސަރަހައްދުގެ ހޮހަޅަތައް މައިގަނޑު ގޮތެއްގައި އޮންނަނީ 3 ބަޔަކަށް ބައިކޮށްފައެވެ. އެއީ ދިރިއުޅެން ޚާއްސަ ސަރަހައްދާއި، ގުދަން ކުރާ ސަރަހައްދުގެ އިތުރުން ބަދިގެ ސަރަހައްދެވެ. ނަމަވެސް މި ހޮހަޅަ ފަރުމާކޮށްފައިވަނީ ފިހާރައެއްގެގޮތުގައި ބޭނުންކުރުމަށެވެ. އަވަށުގެ އަންހެނުންނަށް އަބުރުވެރި ދިރިއުޅުމެއް ހޯދައިދީ، އަމިއްލައަށް އާމްދަނީއެއް ހޯދޭނެ މަގު ތަނަވަސްކޮށްދިނުމުގެ ބޭނުމުގައެވެ.

ހުޅަނގު އައްސޭރީގެ ފަރުބަދަތަކުގެ ތެރޭގައި ވަނީ ކިތައް ހޮހަޅަކަން އެނގޭނެ ރަސްމީ ހިސާބުކިތާބެއް ނެތެވެ. ނަމަވެސް ގިނަ އަދަދެއްގެ ހޮހަޅަތައް ހުރީ އޭރިއާ-ސީއޭ ކިއުނު ސަރަހައްދުގައެވެ. އެއީ 1993 ވަނަ އަހަރުގެ އޮސްލޯ އެއްބަސްވުމުގެ ދަށުން، އިޒްރޭލުގެ ފުރިހަމަ ކޮންޓްރޯލް ހިންގާ ސަރަހައްދެކެވެ.

ހުޅަނގު އައްސޭރީގެ ފަރުބަދަތަކުގެ ތެރޭގައި ހުންނަ ހޮހަޅަތަކަކީ ފުން މިނުގައި 60 މީޓަރު ހުންނަ ހޮހަޅަތަކެކެވެ. ހޮހަޅައަށް ވަންނަ ދޮރުތައް ހަދާފައި ހުންނަނީ ހިލަ ކަނޑައިގެންނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2020

ހެރީ އާއި މޭގަން އެންމެފަހުގެ ކަންކަން ނިންމުމަށް އިނގިރޭސިވިލާތަށް ވަޑައިގަންނަވަނީ

20 ފެބުރުއަރީ 2020
ހެރީ އާއި މޭގަން އެންމެފަހުގެ ކަންކަން ނިންމުމަށް އިނގިރޭސިވިލާތަށް ވަޑައިގަންނަވަނީ
23 ސެޕްޓެމްބަރު 2019

ފޯޗިއުން އިންޑިއާގެ އެންމެ ނުފޫޒުގަދަ އަންހެނުންގެ ލިސްޓުގައި އަނުޝްކާ

23 ސެޕްޓެމްބަރު 2019
ފޯޗިއުން އިންޑިއާގެ އެންމެ ނުފޫޒުގަދަ އަންހެނުންގެ ލިސްޓުގައި އަނުޝްކާ
02 ސެޕްޓެމްބަރު 2019

އަކްޝޭއާ ބައްދަލު ކުރަން ހިނގާފަ 900 ކިލޯމީޓަރު ކަނޑަތުކޮށްފި

02 ސެޕްޓެމްބަރު 2019
އަކްޝޭއާ ބައްދަލު ކުރަން ހިނގާފަ 900 ކިލޯމީޓަރު ކަނޑަތުކޮށްފި
05 ޖޫން 2019

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި

05 ޖޫން 2019
ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި
09 މާރިޗު 2019

ސަލްމާން އަންހެނުންގެ ދުވަސް ފާހަގަ ކުރީ މަންމަ އާއި ދޮން މަންމައާ އެކު

09 މާރިޗު 2019
ސަލްމާން އަންހެނުންގެ ދުވަސް ފާހަގަ ކުރީ މަންމަ އާއި ދޮން މަންމައާ އެކު
24 ޖުލައި 2018

ސަންޖޭ ދަތުގެ އަންހެނުންގެ 40 ވަނަ އުފަން ދުވަސް ފާހަގަކޮށްފި

24 ޖުލައި 2018
ސަންޖޭ ދަތުގެ އަންހެނުންގެ 40 ވަނަ އުފަން ދުވަސް ފާހަގަކޮށްފި
30 ޖޫން 2018

ސަންޖޭދަތު އަންހެނުންގެ އަސަރުގަދަ މެސެޖެއް ސަންޖޭ އަށް!

30 ޖޫން 2018
ސަންޖޭދަތު އަންހެނުންގެ އަސަރުގަދަ މެސެޖެއް ސަންޖޭ އަށް!
08 ނޮވެމްބަރު 2017

އަންހެނުންގެ އެމްއާރުއައި ހެދުމުގެ ކުރިން ވަނީ ވިހަ އިންޖެކްޝަނެއް ޖަހާފައި: ޗަކް ނޯރިސް

08 ނޮވެމްބަރު 2017
އަންހެނުންގެ އެމްއާރުއައި ހެދުމުގެ ކުރިން ވަނީ ވިހަ އިންޖެކްޝަނެއް ޖަހާފައި: ޗަކް ނޯރިސް
23 އޯގަސްޓު 2017

އެކްޓުގެ ހުނަރު ރަނގަޅުވެއްޖެ ނަމަ ކޮންމެ ފިލްމެއްވެސް ހިނގާނެ: އާރު މާދަވަން

23 އޯގަސްޓު 2017
އެކްޓުގެ ހުނަރު ރަނގަޅުވެއްޖެ ނަމަ ކޮންމެ ފިލްމެއްވެސް ހިނގާނެ: އާރު މާދަވަން
29 މާރިޗު 2017

ރަޖްނިކާންތު ލަންކާ ދަތުރު ކެންސަލްކުރުމުން އަންނާނެ ކަމަށް އުއްމީކޮށް ހިނގާލުމެއް

29 މާރިޗު 2017
ރަޖްނިކާންތު ލަންކާ ދަތުރު ކެންސަލްކުރުމުން އަންނާނެ ކަމަށް އުއްމީކޮށް ހިނގާލުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް