Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުރަޖްނިކާންތު ލަންކާ ދަތުރު

ރަޖްނިކާންތު ލަންކާ ދަތުރު ކެންސަލްކުރުމުން އަންނާނެ ކަމަށް އުއްމީކޮށް ހިނގާލުމެއް

ރަޖްނިކާންތު ލަންކާއަށް ދަތުރުކުރަން ހަމަޖެހިފައި އޮތީ ގަނަމް ފައުންޑޭޝަނުން އަޅައިދިން 150 ގެއެއްގެ ތަޅުދަނޑި ހަވާލުކޮށްދިނުމަށް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 29 މާރިޗު 2017 | ބުދަ 12:26
ރަޖުނިކާންތަކީ ތަމަޅައިންގެ މެދުގައި މަގުބޫލު ތަރިއެއް

ރަޖުނިކާންތަކީ ތަމަޅައިންގެ މެދުގައި މަގުބޫލު ތަރިއެއް

ސްރީލަންކާއަށް ވަރަށް އަވަހަށް ދަތުރެއް ކުރާނެ ކަމަށާއި ލަންކާގެ ރައްޔިތުން ދެމުންދާ ލޯތްބަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމަށް ބޮލީވުޑްގެ ތަރި ރަޖްނިކާންތު ބުނެފިއެވެ.

އޭނާ މިހެން ބުނެފައި ވަނީ ލަންކާއަށް ކުރަން ހަމަޖެއްސި ދަތުރެއް ކެންސަލް ކުރަން ޖެހުމުން ލަންކާގެ ތަމަޅައިންނަށް ފޮނުވި ސިޓީއެއްގައެވެ.

" ތިބޭފުޅުންވާ ލޯބިވާވަރު އަހަންނަށް އެނގުނީ މީޑިއާ މެދުވެރިކޮށް. ތިޔަ ލޯޔްބާ ތި ޝައުގުވެރިކަމަށް ޝުކުރު އަދާކުރަން ބޭނުންކުރާނެ ބަހެއް ނެތް" ރަޖްނިކާންތު ބުނެފައިވެއެވެ.

ސްރީލަންކާއަށް ކުރަން އޮތް ދަތުރު ރަޖްނިކާންތު ކެންސަލް ކުރީ އޭނާ ދިރިއުޅޭ ސްޓޭޓްގެ ތަމަޅައިންގެ ތެރެއިން އިދިކޮޅު ފަރާތަކާ ބައްދަލުކުރުމަށް ފަހުއެވެ.

އޭނާގެ ދަތުރު ހަމަޖެހިފައި އޮތީ ގެދޮރު ގެއްލިފައިތިބި ތަމަޅައިންނަށް ގަނަމް ފައުންޑޭޝަނުން އަޅައިދިން 150 ގެއެއްގެ ތަޅުދަނޑި ހަވާލުކޮށްދިނުމަށެވެ.

ގަނަމް ފައުންޑޭޝަނުން ގެންދަނީ ލަންކާގެ ދާޚިލީ ހަނގުރާމައިގައި ގެދޮރު ގެއްލިފައިތިބި ފަރާތްތަކަށް ގެދޮރު ބިނާކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.

ދަތުރު ކެންސަލް ކުރުމުން ލަންކާގެ ޖަފްނާގެ ތަމަޅައިންވަނީ މަގުތަކަށް ނުކުމެ ރަޖްނިކާންތަށް ތާއީދުކޮށް އޭނާ އަންނާނެ ކަމުގެ އުންމީދު އޮތްކަން ހާމަކޮށްފައެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2019

ދިޕީކާ އާއި ރަންވީރު ސްރީ ލަންކާއަށް ދިޔައީ ކީއްކުރަން؟

22 ޖެނުއަރީ 2019
ދިޕީކާ އާއި ރަންވީރު ސްރީ ލަންކާއަށް ދިޔައީ ކީއްކުރަން؟
07 ޖުލައި 2018

ދަތުރު ކުރަމުންދަނިކޮށް ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓެއްގެ ސީލިން ޕެނަލެއް ވެއްޓިއްޖެ

07 ޖުލައި 2018
ދަތުރު ކުރަމުންދަނިކޮށް ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓެއްގެ ސީލިން ޕެނަލެއް ވެއްޓިއްޖެ
11 މެއި 2018

ތިޔަ ލޯތްބާއި ދުރަށް: ލަންކާގައި އެޅުވި ދެ ޝޯވެސް ހައުސް ފުލް

11 މެއި 2018
ތިޔަ ލޯތްބާއި ދުރަށް: ލަންކާގައި އެޅުވި ދެ ޝޯވެސް ހައުސް ފުލް
05 މެއި 2018

ތިޔަ ލޯތްބާ ދުރަށް ސްރީލަންކާއަށް

05 މެއި 2018
ތިޔަ ލޯތްބާ ދުރަށް ސްރީލަންކާއަށް
22 ޖެނުއަރީ 2018

ޕެޑްމޭން ސިނަމާތަކަށް އަންނާނެ ދުވަސް ލަސްކޮފި

22 ޖެނުއަރީ 2018
ޕެޑްމޭން ސިނަމާތަކަށް އަންނާނެ ދުވަސް ލަސްކޮފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު