Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމައިލީ ސައިރަސް

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި

5 ޖޫން 2019 | ބުދަ 05:55

މިކަން ހިނގީ ހަފްތާ ބަންދުގައި، ސްޕެއިންގެ ސިޓީއެއް ކަމަށްވާ ބާސެލޯނާގައި

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 5 ޖޫން 2019 | ބުދަ 05:55
މައިލީ ސައިރަސް އާއި ލިއަމް ހެމްސްވޯތު ބާސެލޯނާގައި

މައިލީ ސައިރަސް އާއި ލިއަމް ހެމްސްވޯތު ބާސެލޯނާގައި

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ، މައިލީ ސައިރަސް، އޭނާގެ ފިރިމީހާއާ އެކު ހިނގާފައި ދަނިކޮށް ގަޔަށް އަތްލާ ފުރައްސާރަ ކޮށްފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ ނިމިގެންދިޔަ ހަފްތާ ބަންދުގައި، ސްޕެއިންގެ ސިޓީއެއް ކަމަށްވާ ބާސެލޯނާގައެވެ.

ބާސެލޯނާގައި އެ މީހުން ތިބި ހޮޓެލުން ނިކުމެގެން މައިލީ އާއި ފިރިމީހާ، ފިލްމީ ތަރި ލިއަމް ހެމްސްވޯތު ހިނގާފައި ދަނިކޮށް މީހަކު ވަނީ ފަހަތުން ގޮސް މައިލީގެ ގަޔަށް އަތްލާ ފުރައްސާރަ ކޮށްފައެވެ. އަދި މައިލީއާ ގަދަކަމުން ގައިގޯޅިވާން އޭނާ މަސައްކަތް ކުރިއެވެ.

އެ ވަގުތު އެތަނުގައި އެ މީހުންގެ ގިނަ ފޭނުންތަކެއް އެއްވެފައި ތިބި އިރު، މި ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ވީޑިއޯ އިން ފެންނަ ގޮތުން، ފޭނުންގެ ތެރެއިން މީހަކު އައިސް މައިލީގެ އިސްތަށިގަނޑަށް ދަމާ، ގައިގޯޅިވާން މަސައްކަތް ކުރެއެވެ. އަދި އެ މީހާއަށް ފުރަގަސް ދިނުމަށް މައިލީ މަސައްކަތް ކޮށްފައިވާއިރު، އޭނާގެ ސެކިއުރިޓީން އައިސް ވަގުތުން ދެ މީހުންގެ މެދަށް ވަދެއެވެ.

މި ހާދިސާ ހިނގި އިރު ލިއަމް ހުރީ މައިލީގެ ކުރި މަތީގައެވެ. އަދި ކަމެއް ވެގެން އުޅޭކަން އޭނާއަށް ރޭކާ ލުމުން، ލިއަމް ވެސް ފަހަތަށް އެނބުރުނެވެ. އަދި މައިލީ އޭނާގެ ކައިރި އަށް ގެންގޮސް ރައްކާތެރިކަން ދެއެވެ.

ފޭނުންނާ ގާތް ގުޅުމެއް ބާއްވާ މައިލީ ހުރީ މި ހާދިސާގެ ސަބަބުން ވަރަށް އުނދަގޫވެފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނިމިގެންދިޔަ ހަފްތާ ބަންދުގައި ހިނގި މި ހާދިސާ އަށް މައިލީ އެއްޗެއް ބުނެފައި ވަނީ އަންގާރަ ދުވަހެވެ. އަދި އެކަމާ ގުޅިގެން އޭނާއަށް ފާޑުކިޔާ މީހުންނަށް ވެސް މައިލީ ރައްދު ދިނެވެ.

ކޮންމެ އެއްޗެއް ލައިގެން، ކޮންމެ މީހަކާ އެއްކޮށް ހުރި ނަމަވެސް، ހުއްދައާ ނުލާ ގައިގާ އަތް ނުލެވޭނެ ކަމަށް މައިލީ ބުންޏެވެ.

މަޝްހޫރު ތަރިން މަގުމަތިން ފެނުމުން، މިފަދަ "ޖެއްސުން" ކުރުން ދަނީ އިތުރު ވަމުންނެވެ. އެގޮތުން، މި ފަދަ ހާދިސާއެއް ސުޕަރމޮޑެލް ޖީޖީ ހަދީދްއަށް ވެސް ވަނީ ކުރިމަތި ވެފައެވެ. އެ ހާދިސާ ހިނގީ މިލާން، އިޓަލީގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް
24 ފެބުރުއަރީ 2017

"ޑަންގަލް"ގެ ކާމިޔަބަށްފަހު އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން" އާ އެކު ނިކުންނަނީ

24 ފެބުރުއަރީ 2017
 "ޑަންގަލް"ގެ ކާމިޔަބަށްފަހު އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން" އާ އެކު ނިކުންނަނީ
13 ފެބުރުއަރީ 2017

"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ

13 ފެބުރުއަރީ 2017
"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ
10 ފެބުރުއަރީ 2017

ހަތަރު ފަޔާއި އިތުރު ގުނަވަންތަކާ އެކު އުފަންވި ކުއްޖާ އޮޕަރޭޝަން ކޮށްފި

10 ފެބުރުއަރީ 2017
ހަތަރު ފަޔާއި އިތުރު ގުނަވަންތަކާ އެކު އުފަންވި ކުއްޖާ އޮޕަރޭޝަން ކޮށްފި
02 ފެބުރުއަރީ 2017

ޓްވިންސަކަށް ބިޔޯންސޭ ބަލިވެ އިން ޚަބަރާއެކު އެތައް މިލިއަން ބަޔަކު އިންޓަނެޓްގައި އުފާ ފާޅުކުރަނީ

02 ފެބުރުއަރީ 2017
ޓްވިންސަކަށް ބިޔޯންސޭ ބަލިވެ އިން ޚަބަރާއެކު އެތައް މިލިއަން ބަޔަކު އިންޓަނެޓްގައި އުފާ ފާޅުކުރަނީ
29 ޖެނުއަރީ 2017

މުޅި ބޮލީވޫޑް ބަންސާލީއާ އެކު

29 ޖެނުއަރީ 2017
މުޅި ބޮލީވޫޑް ބަންސާލީއާ އެކު
23 ޖެނުއަރީ 2017

"ޖޯލީ އެލް.އެލް.ބީ 2" ގެ ނަމުގައި އެކުލެވޭ "އެލް.އެލް.ބީ" ކަނޑާލުމަށް އެދި ޕެޓިޝަނެއް ހުށަހަޅައިފި

23 ޖެނުއަރީ 2017
 "ޖޯލީ އެލް.އެލް.ބީ 2" ގެ ނަމުގައި އެކުލެވޭ "އެލް.އެލް.ބީ" ކަނޑާލުމަށް އެދި ޕެޓިޝަނެއް ހުށަހަޅައިފި
11 ޖެނުއަރީ 2017

"ބަޖްރަންގީ ބައިޖާން" ގެ ކުޑަކުއްޖާ ކަރިޝްމާއާ އެކު

11 ޖެނުއަރީ 2017
"ބަޖްރަންގީ ބައިޖާން" ގެ ކުޑަކުއްޖާ ކަރިޝްމާއާ އެކު
10 ޖެނުއަރީ 2017

ގޯލްޑަން ގްލޯބް އެވޯޑްސް 2017: އެންމެ ގިނަ އެވޯޑާއެކު ޙަފްލާގެ ރެކޯޑް "ލާ ލާ ލޭންޑް" އިން މުގުރާލައިފި

10 ޖެނުއަރީ 2017
ގޯލްޑަން ގްލޯބް އެވޯޑްސް 2017: އެންމެ ގިނަ އެވޯޑާއެކު ޙަފްލާގެ ރެކޯޑް "ލާ ލާ ލޭންޑް" އިން މުގުރާލައިފި
10 ޖެނުއަރީ 2017

ހަތް އެވޯޑާއެކު އެއްވަނަ ލާ ލާ ލޭންޑަށް، ޓީވީން ދަ ނައިޓް މެނޭޖަރއަށް ތިން އެވޯޑް

10 ޖެނުއަރީ 2017
 ހަތް އެވޯޑާއެކު އެއްވަނަ ލާ ލާ ލޭންޑަށް، ޓީވީން ދަ ނައިޓް މެނޭޖަރއަށް ތިން އެވޯޑް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް