Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރާންސް ޓީމު

ފްރާންސް ޓީމަށް ނަގާނީ މުޅިން ފިޓު ކުޅުންތެރިން: ޑެޝޯމްޕްސް

ޑެޝޯމްޕްސް ބުނީ، މުބާރާތް ފެށޭއިރު ނުކުޅޭވޭ ކުޅުންތެރިޔަކު އޭނާ ނަގަން ބޭނުންނުވާކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 އޮކްޓޯބަރު 2022 | ހޮނިހިރު 03:36
ފްރާންސްގެ ކޯޗު ޑެޝޯމްޕްސް

ފްރާންސްގެ ކޯޗު ޑެޝޯމްޕްސް

އަންނަ ނޮވެމްބަރު މަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕްގައި ފްރާންސް ޓީމުގައި ހިމަނާނީ މުޅިން ފިޓު ކުޅުންތެރިންކަމަށް، އެ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފިއެވެ.

ޑެޝޯމްޕްސް މިހެން ބުނީ، މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ރަފެއެލް ވެރާންއަށް އަނިޔާވެފައިވާ ވަގުތެއްގައެވެ. ޔުނައިޓެޑުން ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގައި ވެރާންގެ ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ވަނީ ބަދަލުކޮށްފައެވެ. އޭނާ ދަނޑުން ފައިބައިގެން ދިޔައީ ރޮމުންނެވެ.

އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި މަހެއްހާ ދުވަހު ވެރާން ހުންނަންޖެހިދާނެއެވެ. އެހެންކަމުން ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ފީފާ ވޯލްޑް ކަޕް ފެށެންވާއިރަށް ވެރާން ފިޓުވެދާނެކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް ވަނީ، ވޯލްޑް ކަޕްގެ ކުރިން ޔުނައިޓެޑުގެ ހުރިހާ މެޗެއް ވެރާންއަށް ގެއްލިދާނެކަމަށްވެސް ބުނެފައެވެ. ޓެން ހާގް ބުނީ ވެރާން ސްކޮޑުގައި ނުހިމަނާ ކަމަށާއި، ވޯލްޑް ކަޕާ ޖެހެންދެން އޭނާ މެޗަކުން ފެންނާނެކަމަށް ނުބެލެވޭ ކަމަށެވެ.

އެކަމާގުޅިގެން ޑެޝޯމްޕްސް ބުނީ، އަނިޔާގައި ހުރި ކުޅުންތެރިޔަކު ސްކޮޑަށް ނަގަން އޭނާ ބޭނުންނުވާ ކަމަށެވެ. ޚާއްސަކޮށް ވޯލްޑް ކަޕް ކަހަލަ ބޮޑު މުބާރާތަކާ ކުރިމަތިލާއިރު އެއީ އޭނާ ކުރާނެ ކަމެއް ނޫންކަމަށްވެސް ޑެޝޯމްޕްސް ބުންޏެވެ. އޭނާ ބުނީ، މުބާރާތް ފެށޭއިރު ނުކުޅޭވޭ ކުޅުންތެރިޔަކު އޭނާ ނަގަން ބޭނުންނުވާ ކަމަށެވެ.

ވެރާންގެ އިތުރުންވެސް ފްރާންސަށް ވަނީ އަނިޔާގެ މައްސަލަތަކާ ކުރިމަތިލާން ޖެހިފައެވެ. 2018 ވަނަ އަހަރު އެ ޓީމުން މުބާރާތް ކާމިޔާބުކުރިއިރު މޮޅު ކުޅުމެއް ދެއްކި އެންގޯލޯ ކާންޓޭއަށް އަނިޔާގެ ސަބަބުން މިއަހަރުގެ މުބާރާތުގައި ނުކުޅެވޭނެއެވެ. މީގެ އިތުރުންވެސް ޕައުލް ޕޮގްބާ، ލޫކަސް ހެނާންޑޭޒްފަދަ މުހިންމު ކުޅުންތެރިން މުޅިން ފިޓެއްނުވެއެވެ. ނަމަވެސް މިހާރު ޕޮގްބާ އަންނަނީ ޔުވެންޓަސްގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ.

އިތުރަށް ކިޔާލަން

30 މާރިޗު 2017

އަންހެން ފުޓުބޯޅަ ޓީމަށް ކޯޗެއް ހޯދަން އިއުލާންކުރުން އަންނަ މަހު

30 މާރިޗު 2017
އަންހެން ފުޓުބޯޅަ ޓީމަށް ކޯޗެއް ހޯދަން އިއުލާންކުރުން އަންނަ މަހު
29 މާރިޗު 2017

އިންޓަރނޭޝަނަލް ފްރެންޑްލީ: ފްރާންސްގެ މައްޗަށް ސްޕެއިން ކުރިހޯދުން

29 މާރިޗު 2017
އިންޓަރނޭޝަނަލް ފްރެންޑްލީ: ފްރާންސްގެ މައްޗަށް ސްޕެއިން ކުރިހޯދުން
26 މާރިޗު 2017

ވޯލްޑްކަޕް ކޮލިފައިން: ޕޯޗުގަލް އަދި ފްރާންސް އަށް މޮޅެއް

26 މާރިޗު 2017
ވޯލްޑްކަޕް ކޮލިފައިން: ޕޯޗުގަލް އަދި ފްރާންސް އަށް މޮޅެއް
23 މާރިޗު 2017

ހިތްގައިމު ލަނޑަކުން އިންގްލޭންޑް ބަލިކޮށް، ޕޮޑޯލްސްކީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

23 މާރިޗު 2017
ހިތްގައިމު ލަނޑަކުން އިންގްލޭންޑް ބަލިކޮށް، ޕޮޑޯލްސްކީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި
31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
31 ޖެނުއަރީ 2017

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް

31 ޖެނުއަރީ 2017
ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
27 ޖެނުއަރީ 2017

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

27 ޖެނުއަރީ 2017
ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
04 ޖެނުއަރީ 2017

ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު

04 ޖެނުއަރީ 2017
ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު