Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކެންސަރުގެ ފަރުވާ

ކެންސަރުގެ ފަރުވާއަށް އަނެއްކާ ވެސް އިންގިލާބެއް

28 އޮކްޓޯބަރު 2022 | ހުކުރު 08:46

ބައޯއެންޓެކްގެ ކެންސަރު ވެކްސިން އަންނަ އަހަރު ލިބެން ހުންނާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 28 އޮކްޓޯބަރު 2022 | ހުކުރު 08:46
ކެންސަރަށް ތަފާތު ފަރުވާ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރެވެމުން

ކެންސަރަށް ތަފާތު ފަރުވާ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރެވެމުން

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނާ ގޮތުގައި މަރުވާ ކޮންމެ 6 މީހެއްގެ ތެރެއިން އެކަކު މަރުވަނީ ކެންސަރު ޖެހިގެންނެވެ. ކެންސަރަކީ ދުނިޔޭގައި ދެވަނަ އަށް އެންމެ ގިނައިން މީހުން މަރުވާ ސަބަބު ކަމަށް މިހާރުވަނީ ރެކޯޑު ކުރެވިފައެވެ. ކެންސަރުގެ ބަލި އާއްމުވަމުން ދިއުމާއި، އެ ބަލީގައި މީހުން މަރުވާ މިންވަރު މަތިވަމުން ދިއުމުގެ ސަބަބުން ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަސް ދުނިޔޭގައި ފާހަގަ ކުރަނީ ކެންސަރުން ރައްކާތެރިވުމުގެ ދުވަހުގެ ގޮތުގައެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި ކެންސަރާމެދު ހޭލުންތެރިވުމާއި، ބަލި އަވަހަށް ދެނެގަނެވުމާއި، އަމިއްލަ ދިރިއުޅުމުގައި ހުރި ނުރަނގަޅު އާދަތަކުން ދުރުހެލިވުމާއި، ކެއުން ބުއިން ރަނގަޅަށް ބެހެއްޓުމާއި، ކަސްރަތު ކުރުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވުމަކީ ކެންސަރުގެ ނުރައްކާ ކުޑަކުރެވިދާނެ ކަންކަމެވެ. މިއީ ބޮޑު ހޭދައެއް ނުކޮށް ވެސް ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަންކަމެވެ.

ޚާއްސަ ގޮތެއްގައި ދުންފަތާ ދުރުވުމާއި، ރަނގަޅު ކާނާ ކެއުމާއި ކަސްރަތު ކުރުމަކީ އެހެން ބަލިތަކުގެ ނުރައްކާ ކުޑަ ކުރުމަށް ވެސް ޑަކްޓަރުން އަބަދުވެސް ލަފާދޭ ކަންކަމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. މިއީ އަބަދާ އަބަދު އިވޭ ވާހަކަތަކެއް ކަމުގައި ވިޔަސް އެކަމަށް ހަގީގީ ސަމާލުކަން ދެވެނީ އެންމެ އެދެވޭ ގޮތައް ނޫންކަން ފާހަގަ ކުރަންޖެހެއެވެ.

ކެންސަރުގެ ބައްޔަކީ ބަލީގެ ނުރައްކާ އެހާމެ ބޮޑުވެފައި، އެކަމަށް ކުރަންޖެހޭ ފަރުވާގެ އަގު އެހާމެ ބޮޑު އަދި ފަރުވާގައި ތަހައްމަލު ކުރަންޖެހޭ އުނދަގޫތަކާ ވޭންތައް ވެސް އެހާމެ ބޮޑު ބައްޔެކެވެ. އެހެން ކަމުން އަމިއްލަ އިޚްތިޔާރުން އެ ބައްޔާ ދުރައްދާން އޮތް ފުރުސަތު ދޫކޮށްލުމަކީ ހަމަވިސްނޭ މީހަކު ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ.

ކެންސަރަށް ތަފާތު ފަރުވާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އެކަމަށް އަނެއްކާވެސް އިތުރު ފަރުވާއެއް އޮތްކަން މިވަނީ ހާމަކޮށްފައެވެ. ކެންސަރަށް ހާއްސަކޮށް ވެކްސިނެއް އުފައްދާ އަންނަ އަހަރު އެ ބޭނުންކުރަން ފެށޭނެކަމުގެ އުއްމީދު ވަނީ ބޮޑުވެފައެވެ. މި ވެކްސިނާއެކު ކެންސަރު ސެލްތަކާއި ދެކޮޅަށް މަސައްކަތްކޮށް ކެންސަރުން ސަލާމަތްވެވިދާނެކަމަށް އެ އުފެއްދި ބައޯއެންޓެކްގެ ޑިވަލޮޕަރުން ވަނީ ބުނެފައެވެ. ކެންސަރުގެ ވެކްސިން ވެސް އުފައްދާފައިވަނީ ކޮވިޑް ވެކްސިން ވެސް އުފެއްދި މީހުންނެވެ.

ޕްރޮފެސަރ އުގުރު ސަހިން އަދި އޮޒްލެން ތުރެސީ ވަނީ ކެންސަރު ސެލްތަކަށް ފަރުވާ ކުރެވޭ ވަރުގެ ހޯދުންތަކެއް ހޯދާފައެވެ. އެ ދެމަފިރިން ވަނީ ކޮންމެވެސް ވަރަކަށް މި ވެކްސިންގެ އަޖުމަވެސް ބަލާފައެވެ. އަދި ވެކްސިނާއި ދޭތެރޭގައި އެ ދެމީހުންގެ ފުރިހަމަ އިތުބާރު އެބައޮތެވެ.

ކެންސަރާއި ދެކޮޅަށް އުފެއްދި ވެކްސިން ވެސް އާންމުކޮށް ޖަހާ ވެކްސިނާއި އެއްގޮތަށް ހަށިގަނޑަށް ޖެހުމުން، ހަށިގަނޑުގައި އެންޓިޖެން އުފައްދާ ބައްޔާ ދެކޮޅަށް ދިފާއީ ނިޒާމް މަސައްކަތް ކުރަން ފަށާނެކަމަށް ވަނީ ބުނެފައެވެ. އަދި އަންނަ އަހަރުގެ ތެރޭގައި ވެކްސިން އާންމުކޮށް ލިބެން ހުންނާނެކަމަށް އެމީހުން ގަބޫލުކުރެއެވެ.

ޕްރޮފެސަރ ތުރޭސީ ބުނީ ސައިންޓިފިކަލީ ހޯދުނުގެ ހޯދުންތަކާއެކު ކަމާއިބެހޭ ފަރާތްތަކަށް ވެކްސިން އިތުރަށް ދިރާސާކޮށް އަމަލުކުރާނެ ގޮތެއް ވަރަށް އަވަހަށް ހޯދޭނެކަމަށެވެ. މިއާއެކު ކެންސަރު ވެކްސިން އާންމުންނަށް ލިބެން ހުންނާނެކަމަށެވެ.

ކެންސަރަކީ ޖުމްލަކޮށް އެ އާއިލާގެ ބަލިތަކަށް ދީފައިވާ ނަމެވެ. މޭވާއޭ ބުނުމުން އޭގައި އާފަލާއި އޮރެންޖާއި އަނބު ހިމެނޭހެން ކެންސަރޭ ބުނުމުން އޭގައި 200 އެތައް ވައްތަރެއް ހިމެނިގެންދެއެވެ. އޭގެ ތެރޭގައި ސިކުނޑި، އުރަމަތި، ލޯ، ކިޑްނީ އަދި ފުރަމެޔާއި އޯވަރީ އަދި ހަން ވެސް ހިމެނެއެވެ.

ކެންސަރު ޖެހުމުން ހަށިގަނޑުގައި އާދަޔާ ހިލާފު ސެލްތަކެއް އުފެދި އެ ބައިބައިވެ ހަށިގަނޑުގައި ހުންނަ ދުޅަހެޔޮ ޓިޝޫތައް ހަލާކުކޮށްލައެވެ. ބައެއް ބާވަތްތަކަކީ ލަހުން އުފެދޭ އެއްޗެކެވެ. އަނެއްބައި އެއްޗެއްސަކީ އަވަހަށް އުފެދޭ އެއްޗެކެވެ. އަދި އެކި ވައްތަރު ހަށިގަނޑުގެ އެކި ތަންތަނުން ފެނެއެވެ.

ސަބަބަކީ ކެންސަރުގެ ހުރިހާ ވައްތަރަކީ ވެސް ތަފާތު ކެންސަރުކަމުގައި ވާތީއެވެ. އަދި އެންމެ ވައްތަރެއްގެ ފަރުވާއަކުން، ފުރިހަމަ ފަރުވާ ވެސް ނުލިބެއެވެ. ބައެއް ފަރާތްތަކުން ކެންސަރު ފިލައިދިއުމުން ރަނގަޅުވިކަމަށް ދެކުނުކަމުގައި ވިޔަސް، އެއީ އެބުނާހާ ފަސޭހަކަމެއް ނުވެ ދެއެވެ.

ކެންސަރު

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ކެންސަރުގެ ފަރުވާ އަންނަ އަހަރު ނިންމާލެވޭނެ ކަމަށް އިނގިރޭސި ރަސްގެފާނު ވިދާޅުވެއްޖެ

13 ޑިސެމްބަރު 2025
ކެންސަރުގެ ފަރުވާ އަންނަ އަހަރު ނިންމާލެވޭނެ ކަމަށް އިނގިރޭސި ރަސްގެފާނު ވިދާޅުވެއްޖެ
22 އޮކްޓޯބަރު 2025

ބައިޑަން، ކެންސަރު ފަރުވާގެ ރޭޑިއޭޝަންގެ ފުރަތަމަ މަރުހަލާ ނިންމާލައިފި

22 އޮކްޓޯބަރު 2025
ބައިޑަން، ކެންސަރު ފަރުވާގެ ރޭޑިއޭޝަންގެ ފުރަތަމަ މަރުހަލާ ނިންމާލައިފި
18 އޮކްޓޯބަރު 2025

50 ބާވަތުގެ ކެންސަރު ދެނެގަނެވޭ ލޭގެ ޓެސްޓަކުން ލިބުނު ނަތީޖާ އިން އުއްމީދު

18 އޮކްޓޯބަރު 2025
50 ބާވަތުގެ ކެންސަރު ދެނެގަނެވޭ ލޭގެ ޓެސްޓަކުން ލިބުނު ނަތީޖާ އިން އުއްމީދު
04 ފެބުރުއަރީ 2025

ކެންސަރު ބައްޔާ ދެކޮޅަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

04 ފެބުރުއަރީ 2025
ކެންސަރު ބައްޔާ ދެކޮޅަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
12 އެޕްރީލު 2024

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!

12 އެޕްރީލު 2024
ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!
21 މާރިޗު 2024

"ކެންސަރުގެ ވޭނީ ދަތުރުގަ ނުރޯށޭ ނުބުނެ، ތަދުވާނޭ، އެހެނަސް ކެތްކޮށްލާނީއޭ މީހަކު ބުނިނަމަ..."

21 މާރިޗު 2024
"ކެންސަރުގެ ވޭނީ ދަތުރުގަ ނުރޯށޭ ނުބުނެ، ތަދުވާނޭ، އެހެނަސް ކެތްކޮށްލާނީއޭ މީހަކު ބުނިނަމަ..."
04 ފެބުރުއަރީ 2024

ރާއްޖޭގައި އެންމެ ގިނައިން ފެންނަ ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި އުރަމަތީގެ ކެންސަރު ހިމެނޭ

04 ފެބުރުއަރީ 2024
ރާއްޖޭގައި އެންމެ ގިނައިން ފެންނަ ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި އުރަމަތީގެ ކެންސަރު ހިމެނޭ
29 ނޮވެމްބަރު 2023

މިނިސްޓަރު ރަމީލާ، ކެންސަރުގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަނީ

29 ނޮވެމްބަރު 2023
މިނިސްޓަރު ރަމީލާ، ކެންސަރުގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަނީ
22 ފެބުރުއަރީ 2023

ލޭގެ ކެންސަރަށް ހޯދި ފަރުވާގެ ތެރެއިން 3 ވަނަ މީހަކު އެޗްއައިވީން ސަލާމަތްވެއްޖެ

22 ފެބުރުއަރީ 2023
ލޭގެ ކެންސަރަށް ހޯދި ފަރުވާގެ ތެރެއިން 3 ވަނަ މީހަކު އެޗްއައިވީން ސަލާމަތްވެއްޖެ
07 ފެބުރުއަރީ 2023

ރާއްޖޭގައި ގިނައީ ވާރުތަ ނުކުރާ ވައްތަރުގެ ކެންސަރު: ޑޮކްޓަރ މުހައްމަދު އަމްރު އަހުމަދު

07 ފެބުރުއަރީ 2023
ރާއްޖޭގައި ގިނައީ ވާރުތަ ނުކުރާ ވައްތަރުގެ ކެންސަރު: ޑޮކްޓަރ މުހައްމަދު އަމްރު އަހުމަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް