Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދިރާގު

ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރަން އައިއެފްސީ އާއި އޭޑީބީން ދިރާގަށް 55 މިލިއަން ޑޮލަރު ދެނީ

މި އެހީ ދެނީ ދެ ފެސިލިޓީއެއްގެ ގޮތުގައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 28 އޮކްޓޯބަރު 2022 | ހުކުރު 08:08
ދިރާގު

ދިރާގު

ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމަށް އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގުޅިގެން ދިރާގަށް 55 މިލިއަން ޑޮލަރު ދޭން ނިންމައިފިއެވެ.

އައިއެފްސީ އަކީ ވޯލްޑް ބޭންކުގެ ގޮތްޕެކެވެ. އެ ގޮފިން ނެރުނު ބަޔާނެއްގައި ބުނީ މި ފައިސާ ދިރާގަށް ދޫކުރަނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން، ފުރަތަމަ 25 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް ދޭން ނިންމާފައިވާ ކަމަށާއި އެއީ އިންޓަނެޓް ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، 5ޖީގެ ޚިދުމަތަށް އިންވެސްޓް ކުރުމަށާއި އިތުރު ރަށްތަކަށް ހައި ސްޕީޑް ފައިބަރ ބްރޯޑްބޭންޑުގެ ޚިދުމަތް ދިނުމަށް އެ ކުންފުނީގެ ވަރކިންގ ކެޕިޓަލް އާއި ކެޕިޓަލް އިންވެސްްމަންޓް ޕްރޮގްރާމަށް ފޯރުކޮށްދޭ އެހީއެއްކަމަށް އައިއެފްސީން ބުނެއެވެ.

Advertisement - newsAdvertisement

ދެވަނަ ފެސިލިޓީގެ ގޮތުގައި 30 މިލިއަން ޑޮލަރު ދޭން ވަނީ ނިންމާފައެވެ. އެއީ ސީމީވީ 6 ސަބްމެރިން ކޭބަލް ސިސްޓަމް ޕްރޮޖެކްޓަށް އެހީވުމުގެ ގޮތުން ފޯރުކޮށްދޭ ފައިސާއެެވެ. މި ޕްރޮޖެކްޓަކީ ދެކުނު އޭޝިޔާއިން ފެށިގެން، އިންޑިޔާ، މެދުއިރުމަތި އަދި ހުޅަނގު ޔޫރަޕާ ގުޅާލެވޭ ހައިސްޕީޑް ސަބްމެރީން ކޭބަލަކާ ރާއްޖެ ގުޅުވާލުމަށް ހިންގާ ޕްރޮޖެކްޓެކެވެ. ސީމީވީ 6 ސަބްމެރިން ކޭބަލް ސިސްޓަމް މެދުވެރިކޮށް ބައިނަލްއަގުވާމީ މުހިންމު މަންޒިލުތަކަކާއި ސީދާ ގުޅުވާލެވުމުގެ ސަބަބުން، އިންޓަނެޓުގެ ސްޕީޑާއި ފެންވަރު އިތުރަށް ރަނގަޅުވެ އަދި ދިރާގުން އިންޓަނެޓް ފޯރުކޮށްދިނުމަށް ކުރާ ހަރަދުތައް ކުޑަކުރެވި އަގުތަކަށް ވެސް ހެޔޮ ބަދަލު ގެނައުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް ދިރާގުން ބުނެއެވެ.

އައިއެފްސީގެ ސައުތު އޭޝިއާ ރީޖަނަލް ޑިރެކްޓަރު ހެކްޓަރ ގޮމޭޒް ވިދާޅުވީ އައިއެފްސީގެ މި އިންވެސްޓްމަންޓުގެ ބޭނުމަކީ ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އިތުރަށް ތަރައްގީ ކުރުން ކަމަށެވެ. އަދި ރާއްޖެއަކީ ރަށްތައް ވަކިން އޮންނަ ޤައުމަކަށްވާއިރު އެއްބަޔަކު އަނެއް ބަޔަކާ ގުޅުވާލުމުގައި ހުންނަ ގޮންޖެހުންތައް ނައްތާލުމަކީ ވެސް މި އިންވެސްޓްމަންޓުގެ ބޭނުމެއް ކަމަށް އެނާ ވިދާޅުވިއެވެ.

ހެކްޓަރ އިތުރަށް ވިދާޅުވީ ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާ ކުރެވުމުން، ތައުލީމާއި ސިއްޚީ ޚިދުމަތް ހޯދުމުގައި މީހުންނަށް ފަސޭހަތައް ވެގެންދާނެ ކަމަށެވެ. އަދި އޮފީހަށް ދާން ނުޖެހި މަސައްކަތް ކުރެވޭ ގޮތްތައް މަގުފަހިވެގެންދާނެ ކަމަށާއި އޭގެ ސަބަބުން އިތުރު ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޓެކްނޮލޮޖީގެ ދާއިރާ ފުޅާވަމުން އަންނައިރު އައިއެފްސީން ބޭނުންވަނީ ޑިޖިޓަލް އިންފްރާސްޓަރަކްޗަރ ތަރައްގީ ކުރުމުގައި ކުރިއަރަމުން އަންނަ މާކެޓުތަކަށް އެހީވެދީ ފައިނޭންސް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ބަޔަކަށް ވުމަށެވެ.

ދިރާގުއޭޝިއަން ޑިވެލޮޕްމެންޓް ބޭންކް

ކޮމެންޓް

އިތުރަށް ކިޔާލަން

ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "ލިމިޓްލެސް ބޫސްޓަރސް" ތައާރަފުކޮށްފި

ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "ލިމިޓްލެސް ބޫސްޓަރސް" ތައާރަފުކޮށްފި

08 ޑިސެމްބަރު 2025
ދިރާގުން ދޭ 2 ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު 2 ގުނަ ކުރުމަށް ބާކީ 3 ދުވަސް

ދިރާގުން ދޭ 2 ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު 2 ގުނަ ކުރުމަށް ބާކީ 3 ދުވަސް

27 ނޮވެމްބަރު 2025
ދިރާގު އެމްއެލްބީބީ މިނީ ސީރީޒް IV އަށް ރަޖިސްޓްރޭޝަން ފަށައިފި

ދިރާގު އެމްއެލްބީބީ މިނީ ސީރީޒް IV އަށް ރަޖިސްޓްރޭޝަން ފަށައިފި

25 ނޮވެމްބަރު 2025
ދިރާގުން މީޑީއާނެޓް އަންލިމިޓެޑް ސްޕޯޓްސްޕާސް ތައާރަފުކޮށްފި

ދިރާގުން މީޑީއާނެޓް އަންލިމިޓެޑް ސްޕޯޓްސްޕާސް ތައާރަފުކޮށްފި

07 ނޮވެމްބަރު 2025
ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025: އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އައު ލަނޑުދަނޑިއެއް ހާސިލުކޮށްފި

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025: އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އައު ލަނޑުދަނޑިއެއް ހާސިލުކޮށްފި

30 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު