Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެކްސް ބޮޑުކުރުން

ރައީސް ޞާލިހަކީ ކެރޭ ބޭފުޅެއް، އިގްތިޞާދީ ގޮތުން ގައުމު ސަލާމަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ: ނާޝިޒު

28 އޮކްޓޯބަރު 2022 | ހުކުރު 02:19

ހަނގުރާމައާއެކު ތަކެތީގެ އަގު އުފުލިފައިވާއިރު ރާއްޖެއިން އެންމެ ބޮޑަށް ބަރޯސާވާ ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައިކަމަށް ނާޝިޒް ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 28 އޮކްޓޯބަރު 2022 | ހުކުރު 02:19
ކިނބިދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ނާޝިޒު

ކިނބިދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ނާޝިޒު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަކީ ކެރޭ ބޭފުޅެއްކަމަށާއި އަޅަންޖެހޭ ފިޔަވަޅެއް އެޅުއްވުމަށް ފަސްޖެހިވަޑައިގަންނަވާ ބޭފުޅެއްނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ނާޝިޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން މިހާރު ދިރާސާކުރަމުން އަންނަ ޓެކްސް ބޮޑުކުރުމާއި ބެހޭ ގޮތުން ހުށަހަޅާފައިވާ ބިލާ ގުޅޭ ގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ ނާޝިޒް ވިދާޅުވީ އިގްތިޞާދީ ގޮތުން އަޅަންޖެހޭ މިފަދަ ފިޔަވަޅުތައް ރައީސް އަޅުއްވަނީ ކަމާގުޅޭ ފަރާތްތަކުގެ މަޝްވަރާ އާއި ގައުމުތަކުގެ ތަޖުރިބާއަށް ބައްލަވާފައިކަމަށެވެ. ދުނިޔޭގެ މިހާރުގެ ހާލަތަށް ބަލާއިރު ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކަށް ވަނީ އިގްތިޞާދީ ގޮތުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިކަމަށް ނާޝިޒް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކޮވިޑްގެ ހާލަތު ރައީސް ޞާލިހުގެ ސަރުކާރުން ވަރަށް ރަނގަޅު މެނޭޖްކުރިކަމަށާއި އޭގެ ފަހުން ރާއްޖޭގެ އިގްތިޞާދު ހަލުވި މިނެއްގައި ބައުންސް ބެކްވިކަމަށް ނާޝިޒް ވިދާޅުވިއެވެ. ނަމަވެސް އެއާއެކު ދެން ކުރިމަތިވި ހަނގުރާމައާއެކު ތަކެތީގެ އަގު އުފުލިފައިވާއިރު ރާއްޖެއިން އެންމެ ބޮޑަށް ބަރޯސާވާ ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައިކަމަށް ނާޝިޒް ވިދާޅުވިއެވެ.

ޓެކްސް ބޮޑުކުރުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ނާޝިޒް ވިދާޅުވީ އެއްވެސް ސެކްޓަރަކުން ޓެކްސް ބޮޑުކުރުމަށް އެއްބަސްވެވަޑައި ނުގަންނަވާނެކަމަށެވެ. ނަމަވެސް މިކަމުގައި ސިޔާސީ ވިސްނުމަކަށްވުރެ ބޮޑަށް އިސްކުރަންޖެހެނީ ގައުމުކަމަށް ނާޝިޒް ވިދާޅުވިއެވެ. ސިޔާސީ ގޮތުން ވިސްނާ ނަމަ އިންތިޚާބެއް ބޯމަތިވެފައި ވަނިކޮށް ޓެކްސް ބޮޑުކުރުމަށް ރައީސް މަޖިލީހަށް ނުފޮނުއްވާނެކަމަށް ނާޝިޒް ވިދާޅުވިއެވެ.

ނާޝިޒް ވިދާޅުވީ އާމްދަނީ އިތުރުކޮށް ކޮންމެހެން ކުރަންޖެހޭ ކަންކަން ކުރުމަށް ޓެކްސް ބޮޑުކުރުމަކީ ކޮންމެހެން ވެސް ކުރަންޖެހޭކަމެއްކަމަށެވެ.

މެމްބަރު ނާޝިޒްޓެކްސްރައީސް ސާލިހު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

04 ނޮވެމްބަރު 2025

ފާޑުކިޔުން ތަކަށް ބެލުމެއް ނެތި، އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހު ސަރުކާރުން ބޭނުންވި ގޮތަށް އެއް ދުވަހުން ފާސްކޮށްފި

04 ނޮވެމްބަރު 2025
ފާޑުކިޔުން ތަކަށް ބެލުމެއް ނެތި، އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހު ސަރުކާރުން ބޭނުންވި ގޮތަށް އެއް ދުވަހުން ފާސްކޮށްފި
06 އޯގަސްޓު 2025

"ކޯޓުތަކުގައިވެސް އިންސާފު ކިރަން ހުންނަނީ ތިލަފަތެއް ނޫން، ތަރާދެއް ހުންނަނީ": މެންބަރު ޒިޔާދު

06 އޯގަސްޓު 2025
"ކޯޓުތަކުގައިވެސް އިންސާފު ކިރަން ހުންނަނީ ތިލަފަތެއް ނޫން، ތަރާދެއް ހުންނަނީ": މެންބަރު ޒިޔާދު
05 އޯގަސްޓު 2025

ޓެކްސް ނެގުމުގެ ޤާނޫނަށް ގެންނަ އިސްލާހު - "ސިއްރު ނުހިފަހައްޓައިފި ނަމަ 250،000 ރުފިޔާ އާއި ހަމައަށް ޖޫރިމަނާ ކުރެވޭނެ"

05 އޯގަސްޓު 2025
ޓެކްސް ނެގުމުގެ ޤާނޫނަށް ގެންނަ އިސްލާހު - "ސިއްރު ނުހިފަހައްޓައިފި ނަމަ 250،000 ރުފިޔާ އާއި ހަމައަށް ޖޫރިމަނާ ކުރެވޭނެ"
03 ޖުލައި 2025

"ބީއެމްއެލްގެ 30 އިންސައްތައިގެ ފީ އަކީ ނުސީދާ ޓެކްސް އެއް، އެއީ ޤައިރު ޤާނޫނީ ކަމެއް"

03 ޖުލައި 2025
"ބީއެމްއެލްގެ 30 އިންސައްތައިގެ ފީ އަކީ ނުސީދާ ޓެކްސް އެއް، އެއީ ޤައިރު ޤާނޫނީ ކަމެއް"
28 ޖޫން 2025

މެލޭޝިއާގައި ކިޔަވާ ދަރިވަރުން އަތުން 6% ޓެކްސްއެއް ނެގި ނަމަވެސް ދަރިވަރުންނަށް އެކަން ބުރައަކަށް ނުވާނެ: މިނިސްޓަރު ހައިދަރު

28 ޖޫން 2025
މެލޭޝިއާގައި ކިޔަވާ ދަރިވަރުން އަތުން 6% ޓެކްސްއެއް ނެގި ނަމަވެސް ދަރިވަރުންނަށް އެކަން ބުރައަކަށް ނުވާނެ: މިނިސްޓަރު ހައިދަރު
31 އޮކްޓޯބަރު 2024

ދުންފަތުން ޓެކްސް ބޮޑުކުރީ "ޓޮބޭކޯ ފްރީ" ޤައުމަކަށް ހަދާކަށް ނޫން، އާމްދަނީ ހޯދަން

31 އޮކްޓޯބަރު 2024
ދުންފަތުން ޓެކްސް ބޮޑުކުރީ "ޓޮބޭކޯ ފްރީ" ޤައުމަކަށް ހަދާކަށް ނޫން، އާމްދަނީ ހޯދަން
31 އޮކްޓޯބަރު 2024

ޓެކްސް ބޮޑު ކުރަން ނެގި ވޯޓުގައި އެމްޑީޕީން ޖެހީ ރަތް

31 އޮކްޓޯބަރު 2024
ޓެކްސް ބޮޑު ކުރަން ނެގި ވޯޓުގައި އެމްޑީޕީން ޖެހީ ރަތް
15 ޖެނުއަރީ 2024

އާމްދަނީން ނަގާ ޓެކުހުން އުނިކުރެވޭނީ ފައިސާއިން ދޭ ޑޮނޭޝަންތައް އެކަނި ކަމަށް ކަނޑައަޅައިފި

15 ޖެނުއަރީ 2024
އާމްދަނީން ނަގާ ޓެކުހުން އުނިކުރެވޭނީ ފައިސާއިން ދޭ ޑޮނޭޝަންތައް އެކަނި ކަމަށް ކަނޑައަޅައިފި
21 ޑިސެމްބަރު 2023

ދައުލަތަށް ޓެކްސް ނުދައްކަންވެގެން ޑރ. ޚަލީލުގެ ބައްޕަ ހައިކޯޓަށް

21 ޑިސެމްބަރު 2023
ދައުލަތަށް ޓެކްސް ނުދައްކަންވެގެން ޑރ. ޚަލީލުގެ ބައްޕަ ހައިކޯޓަށް
14 ނޮވެމްބަރު 2023

ބަޖެޓު ކޮމިޓީގެ މުގައްރިރަކަށް ނާޝިޒް، ނާއިބަކަށް މުހައްމަދު ރަޝީދު

14 ނޮވެމްބަރު 2023
ބަޖެޓު ކޮމިޓީގެ މުގައްރިރަކަށް ނާޝިޒް، ނާއިބަކަށް މުހައްމަދު ރަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް