Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޗާގޮސް މައްސަލަ

މިއުވާންގެ ފާޑުކިޔުން ރައީސް ޔާމީން އަށް: "ފައިސާ"ގެ ވާހަކަ ނުލާ ފަހަކަށް އައިސް އެއްވެސް ވާހަކައެއް ނުދެއްކެވޭ"

އިނގިރޭސި ސަރުކާރާއެކު 1992ގައި އެއްބަސްވުމަކަށް އާދެވުނު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 26 އޮކްޓޯބަރު 2022 | ބުދަ 10:13
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން

ފައިސާގެ ވާހަކަ ނުދައްކަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް އެއްވެސް ވާހަކަ އެއް ފަހަކަށް އަައިސް ނުދެއްކެވޭ ކަމަށް ވިދާޅުވެ ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ރައީސް ޔާމީން އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިއުވާން މިފަދައިން ވިދާޅުވެފައި ވަނީ ޗާގޮސް މައްސަލައިގައި މި ސަރުކާރުން ފައިސާ ނަގާފައިވާ ކަމަށާއި ސަރުކާރުން ޑީލް ހަދާފައިވާ ކަމަށް ބުނެ ރައީސް ޔާމީން ދައްކަވާފައިވާ ވާހަކަތަކާއި ގުޅިގެން "ރާއްޖެ އެމްވީ" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މިއުވާން ވަނީ ރައީސް ޔާމީން އާއި އިދިކޮޅު ފަރާތްތަކުން ދައްކަވާ އެފަދަ ވާހަކަތަކަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ. ޗާގޮސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ރާއްޖޭން ގަބޫލުކުރާނެ ކަމަށް އެއްބަސްވެ އެގައުމުގެ ބޮޑުވަޒީރަށް ރައީސް ޞާލިހް ފޮނުއްވި ސިޓީފުޅަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވަނީ އެއީ ގައުމު ވިއްކާލުން ކަމަށް ވެސް ވިދާޅުވެފައެވެ. އެފަދަ ވާހަކަތަަކަށް އިޝާރާތްކުރައްވާ މިއުވާން ވިދާޅުވީ އެފަދަ ވާހަކަތައް ދައްކަނީ އޮޅުވާލުމުގެ ނިޔަތުގައި ކަމަށާއި މި މައްސަލައިގެ ލިޔެކިޔުންތައް ބެލުމުން އެކަން ވަރަށް ރަނގަޅަށް ހާމަވާނެ ކަމަށް ވެސް މިއުވާން ވަނީ ވިދާޅުވެފައެވެ.

މިއުވާން އިތުރަށް ވިދާޅުވީ ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ބާރު ހިނގާނެ ކަމަށް ނިންމީ ރާއްޖޭން ނޫން ކަމަށާއި އެގޮތަށް ނިންމީ އިންޓަނޭޝަނަލް ކޯޓު، އައިސީޖޭ އިން ކަމަށެވެ. އެހެންކަމުން އެ މައްސަލައިގާ ރާއްޖޭގެ ސިޔާސަތު ބަދަލުވުމުގެ ސަބަބުން ރާއްޖެ އަށް ވާނެ ގެއްލުމެއް ނެތް ކަމަށާއި އެކަމުން ވާނީ ފައިދާ ކަމަށް މިއުވާން ވިދާޅުވިއެވެ. އެގޮތުން އެއީ ބައިނަލްއަގުވަމީ މުޖުތަމައުގައި ރާއްޖެ އިތުރަށް ބަލައިގަންނަނާނެ ކަމެއް ކަމަށް މިއުވާން ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން 2019 ވަނަ އަހަރު މޮރިޝަސްއާ ދެކޮޅަށް ވޯޓު ދިނުމުން ޕީޕީއެމުން އޭރު ކަންބޮޑުވުން ފާޅުކުރި ނަމަވެސް ޕީޕިއެމް ސަރުކާރުގައި މި މައްސަލައިގައި ވޯޓު ދިން ގޮތުގެ ތަފްސީލް ވެސް ހިއްސާކޮށްފައި ނުވާތީ މިއުވާން ވަނީ އެކަމަށް ވެސް ފާޑު ވިދާޅުވެފައެވެ.

ހަމައެހެމެންމެ ޗާގޮސް އައިލޭންޑް ނުވަތަ ފޯޅަވައްސާއި ދިވެހިރާއްޖެ އާ ދެމެދު ހިމެނޭ ކަނޑުގެ ސަރަހައްދު ހަަމަހަމައަށް ބަަހަން ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރާއެކު 1992ގައި އެއްބަސްވުމަކަށް އާދެވުނު ކަން އެނގެން އޮތް އިރު މި މައްސަލައިގައި ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ ބޭފުޅުންގެ ތެރޭގައި މި މަރުހަލާގައި ބައިވެރިވި މީހުން ހިމެނޭ ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.

ޗާގޮސް މައްސަލަރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދުރައީސް ޔާމީން

އިތުރަށް ކިޔާލަން

03 މެއި 2025

އެއް އަހަރުވީ އިރު ވެސް، ކަނޑުގެ މައްސަލައިގެ ރިޕޯޓު ވަޒީރުންގެ މަޖިލީހަށް ހުށަނާޅާ

03 މެއި 2025
އެއް އަހަރުވީ އިރު ވެސް، ކަނޑުގެ މައްސަލައިގެ ރިޕޯޓު ވަޒީރުންގެ މަޖިލީހަށް ހުށަނާޅާ
23 ޑިސެމްބަރު 2024

އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

23 ޑިސެމްބަރު 2024
އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން
31 އޮކްޓޯބަރު 2024

ޗާގޯސްގެ މައްސަލައާއި މެދު ސަރުކާރުގެ ސްޓްރެޓަޖީ ބަދަލުކުރަނީ

31 އޮކްޓޯބަރު 2024
ޗާގޯސްގެ މައްސަލައާއި މެދު ސަރުކާރުގެ ސްޓްރެޓަޖީ ބަދަލުކުރަނީ
25 އޮކްޓޯބަރު 2024

މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން

25 އޮކްޓޯބަރު 2024
މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން
24 އޮކްޓޯބަރު 2024

ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

24 އޮކްޓޯބަރު 2024
ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު