Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޑައިނަމޯ ޒަގްރެބް ބަލިކޮށް އޭސީ މިލާން ދެ ވަނަ ބުރާ ގާތަށް

ޒަގްރެބްގެ ދަނޑުގައި ކުޅުނު މެޗު މިލާނުން ކާމިޔާބުކުރީ 4-0 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 އޮކްޓޯބަރު 2022 | ބުދަ 04:19
މިލާނުން ކުޅުނު މެޗުގެ ތެރެއިން

މިލާނުން ކުޅުނު މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޑައިނަމޯ ޒަގްރެބް ބަލިކޮށް އޭސީ މިލާނުން ދެ ބުރުގެ ޖާގައަކާ ގާތަށް ޖެހިލައިފިއެވެ.

ގްރޫޕް އީގައި އަންގާރަ ދުވަހުގެ ރޭ ޒަގްރެބްގެ ދަނޑުގައި ކުޅުނު މެޗު މިލާނުން ކާމިޔާބުކުރީ 4-0 އިންނެވެ. މިލާން އޮތީ މި ގްރޫޕްގެ ދެ ވަނައިގައެވެ.

މެޗުގައި މިލާނުން ލީޑު ނެގީ 39 ވަނަ މިނެޓުގައެވެ. އެއީ ޓޮނާލީ ތަނަވަސްކޮށްދިން ފުރުސަތެއްގައި މަޓެއޯ ގަބިއާ ޖެހި ލަނޑުންނެވެ. މިލާންގެ ފަހު ތިން ލަނޑު ފެނުނީ މެޗުގެ ދެ ވަނަ ހާފުގައެވެ. ދެ ވަނަ ހާފުގެ 49 ވަނަ މިނެޓުގައި މިލާންގެ ދެ ވަނަ ލަނޑު ޖެހީ ރަފައެލް ލެއާއޯއެވެ. އެ ޓީމުގެ ތިން ވަނަ ލަނޑަކީ 59 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއްގައި އޮލިވިއޭ ޖިރޫޑް ޖެހި ލަނޑެކެވެ. ހަތަރު ވަނަ ލަނޑަކީ ޒަގްރެބްގެ ރޮބާޓް ލުބިޗިޗް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މެޗުން މޮޅުވެ މިލާން އޮތީ ގްރޫޕްގެ ދެ ވަނަ މަގާމުގައެވެ. އެއީ ފަސް މެޗުން ހަތް ޕޮއިންޓު ހޯދައިގެންނެވެ. ޒަގްރެބަށް ލިބެނީ ފަސް މެޗުން ހަތަރު ޕޮއިންޓާއެކުއެވެ. މި ގްރޫޕުން ދެ ވަނަ ބުރުގެ ފަހު ޖާގަ ހޯދަން މިލާނަށް ބޭނުންވަނީ ފަހު މެޗުން މޮޅެކެވެ. މި ގްރޫޕްގެ އެއް ވަނައިގައި ދެ ވަނަ ބުރަށް ދަތުކުރީ ޗެލްސީއެވެ.

ޗެމްޕިއަންސް ލީގުޑައިނަމޯ ޒަގްރެބްއޭސީ މިލާން

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް
31 އޯގަސްޓު 2025

ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

31 އޯގަސްޓު 2025
  ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި
15 މެއި 2025

މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

15 މެއި 2025
މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި
19 ފެބުރުއަރީ 2025

އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް

19 ފެބުރުއަރީ 2025
އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް
07 ޑިސެމްބަރު 2024

އޭސީ މިލާން ބަލިކޮށް، އެޓަލަންޓާ އިން މަގާމު ދަމަހައްޓައިފި

07 ޑިސެމްބަރު 2024
އޭސީ މިލާން ބަލިކޮށް، އެޓަލަންޓާ އިން މަގާމު ދަމަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު