Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުއްދަތު ހަމަވެފައިވާ ހަނޑު ވިއްކުން

މުއްދަތު ހަމަވެފައިވާ ހަނޑުލެއް ތާރީހު އޮޅުވާލައިގެން ވިއްކާތީ ސަމާލުވާން އެދިއްޖެ

ޕާކިސްތާނުގެ "އަލް ގަމަރު" ބްރޭންޑުގެ "ގޯލްޑް ޕްރީމިއަމް އެރޯމެޓިކް ވައިޓް ބާސްމަޓީ ރައިސް"ގެ މުއްދަތު ހަމަވެފައިވާ ފަސް ކިލޯގެ ޕެކެޓުތަކެއް މުއްދަތު ހަމަނުވާކަމަށް ބުނެ ވިއްކަމުންދޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 25 އޮކްޓޯބަރު 2022 | އަންގާރަ 09:31
ޕާކިސްތާނުގެ "އަލް ގަމަރު" ބްރޭންޑުގެ "ގޯލްޑް ޕްރީމިއަމް އެރޯމެޓިކް ވައިޓް ބާސްމަޓީ ރައިސް"

ޕާކިސްތާނުގެ "އަލް ގަމަރު" ބްރޭންޑުގެ "ގޯލްޑް ޕްރީމިއަމް އެރޯމެޓިކް ވައިޓް ބާސްމަޓީ ރައިސް"

ބާސްމަތީ ހަނޑުލުގެ ބާވަތެއްގެ މުއްދަތު ހަމަވެފައި ވަނިކޮށް، މުއްދަތު ހަމަވާ ތާރީހު ބަދަލުކޮށްގެން ވިއްކަމުންދާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.

މިކަމާއި ގުޅިގެން އިދާރާ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ޕާކިސްތާނުގެ "އަލް ގަމަރު" ބްރޭންޑުގެ "ގޯލްޑް ޕްރީމިއަމް އެރޯމެޓިކް ވައިޓް ބާސްމަޓީ ރައިސް"ގެ މުއްދަތު ހަމަވެފައިވާ ފަސް ކިލޯގެ ޕެކެޓުތަކެއް، މުއްދަތު ހަމަވެފައި ނުވާ ކަމަށް ދައްކަން މުއްދަތު ހަމަވާ ތާރީހު ބަދަލުކޮށްގެން ރާއްޖޭގައި ވިއްކަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

އެމްއެފްޑީއޭ އިން ބުނީ އެ ހަނޑޫ ޕެކެޓުގެ މުއްދަތު ހަމަވުމުން ވިއްކަމުން ދިޔައީ އޭގެ މުއްދަތު ހަމަވާ ތާރީހު ހުންނަ ތަނުގެ މަތީގައި ސްޓިކާއެއް ހަރުކޮށް، ތާރީހަށް ބަދަލު ގެނެސްގެންނެވެ.

"މުއްދަތު ހަމަވެފައިވާ ކާބޯތަކެތި ވިއްކުމަކީ އޭގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރު ގެއްލި އާންމު ސިއްހަތަށް ނުރައްކާ ވުމުގެ ފުރުސަތު އޮތް ކަމެކެވެ،" ބަޔާނުގައިވެއެވެ.

އެހެންކަމުން މުއްދަތު ހަމަވާ ތާރީހު ބަދަލުކޮށްގެން ކާބޯތަކެތި އެތެރެ ނުކުރުމަށާއި ނުވިއްކުމަށް އެމްއެފްޑީއޭ އިން ވަނީ އެދިފައެވެ. އެފަދަ ތަކެތި ބޭނުން ނުކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ)

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2024

މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

29 އޮކްޓޯބަރު 2024
މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
10 އޮކްޓޯބަރު 2024

ދަފުތަރުގައި ރަޖިސްޓްނުވެ އެކި ބާވަތްތައް ވިއްކަމުންދާނަމަ ސަމާލުވުމަށް އިލްތިމާސްކޮށް، ފިޔަވަޅު އަޅާނަން: ހެލްތް މިނިސްޓްރީ

10 އޮކްޓޯބަރު 2024
ދަފުތަރުގައި ރަޖިސްޓްނުވެ އެކި ބާވަތްތައް ވިއްކަމުންދާނަމަ ސަމާލުވުމަށް އިލްތިމާސްކޮށް، ފިޔަވަޅު އަޅާނަން: ހެލްތް މިނިސްޓްރީ
26 އޯގަސްޓު 2024

"ވަންގަވް"ގެ ދަށުން ދެމުން ދިޔަ ފުޑް އެސްޓަބްލިޝްމަންޓް ރެޖިސްޓްރޭޝަން ޚިދުމަތް އެމްއެފްޑީއޭގެ ދަށަށް ބަދަލުކޮށްފި

26 އޯގަސްޓު 2024
"ވަންގަވް"ގެ ދަށުން ދެމުން ދިޔަ ފުޑް އެސްޓަބްލިޝްމަންޓް ރެޖިސްޓްރޭޝަން ޚިދުމަތް އެމްއެފްޑީއޭގެ ދަށަށް ބަދަލުކޮށްފި
27 އެޕްރީލު 2024

ދެ ބްރޭންޑެއްގެ ހަވާދުގެ ބައެއް ބާވަތްތައް އެތެރެކުރުމާއި ބޭނުންކުރުން އަދި ވިއްކުން މަނާކޮށްފި

27 އެޕްރީލު 2024
ދެ ބްރޭންޑެއްގެ ހަވާދުގެ ބައެއް ބާވަތްތައް އެތެރެކުރުމާއި ބޭނުންކުރުން އަދި ވިއްކުން މަނާކޮށްފި
14 މާރިޗު 2024

ކުކުޅު ބިސް ވިއްކުމާއި ރައްކާކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި

14 މާރިޗު 2024
ކުކުޅު ބިސް ވިއްކުމާއި ރައްކާކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު