Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސަބްސިޑީ ދޭ އުސޫލު

ސަބްސިޑީގެ ފައިދާ ލިބޭ މީހުންގެ ތެރޭގައި މުއްސަނދިންނާއި ބިދޭސީންނާއި ވިޔަފާރިވެރިން އަދި ފަތުރުވެރިން

ސަބްސިޑީއަކީ ފަގީރުންނަށް ހާއްސަކޮށްގެން ދެވޭ ސަބްސިޑީގެ ބަދަލުގައި ހުރިހާ އެންމެންނަށް ވެސް ލިބޭ ސަބްސިޑީއެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 25 އޮކްޓޯބަރު 2022 | އަންގާރަ 09:33
ކަރަންޓު ބިލު - ކަރަންޓަށްދޭ ސަބްސިޑީ ވެސް ހުރިހާ އެންމެންނަށް ލިބޭ

ކަރަންޓު ބިލު - ކަރަންޓަށްދޭ ސަބްސިޑީ ވެސް ހުރިހާ އެންމެންނަށް ލިބޭ

މިހާރު ދޭ ސަބްސިޑީ އިސްތިސްނާއެއް ނެތި ރާއްޖެ އަންނަ ފަރާތްތަކާއި ދިރިއުޅޭ ފަރާތްތަކަށް ލިބެމުންދާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ، ކަރަންޓުގެ އަގު ކޮންޓްރޯލްކުރަން ފާއިތުވި 3 އަހަރު ދައުލަތުގެ ބަޖެޓުން ސަބްސިޑީޒްގެ ގޮތުގައި ހޭދަވެފައިވާ ޖުމްލަ އަދަދަކީ ކޮބައިތޯ އަދި ސަބްސިޑީ ދޫކުރުމުގައި ކެރިފޯރުންތެރިންނާއި ފަގީރުން ބަލާ މިންގަނޑެއް އޮވޭތޯއާއި ސަބްސިޑީޒް ދޫކުރުމުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިސްކަންދޭނެ އުސޫލެއް ކަނޑައެޅިފައިވޭތޯ ބެލުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ލިޔުމުން ޖަވާބު ދެއްވުމަށް ހުށަހެޅި ސުވާލާއި ގުޅިގެންނެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ ކާބޯތަކެތީގެ ސަބްސިޑީޒްގެ ވަރަށް ކުޑަ މިންވަރެއް (0.1 އިންސައްތަ) ފިޔަވައި ސަރުކާރުން މިހާރު ދޭ ހުރިހާ ސަބްސިޑީއަކީ އިންޑައިރެކްޓް ސަބްސިޑީގެ ގޮތުގައި ތަކެތި ނުވަތަ ހިދުމަތް ފޯރުކޮށްދޭ ފަރާތަށް ދޭ ސަބްސިޑީއެއް ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި ސަބްސިޑީއަކީ ފަގީރުންނަށް ހާއްސަކޮށްގެން ދެވޭ ސަބްސިޑީގެ ބަދަލުގައި ހުރިހާ އެންމެންނަށް ވެސް ލިބޭ ސަބްސިޑީއެއް ކަމަށެވެ. މިހާރު ސަބްސިޑީގެ ފައިސާ ލިބޭ ފަރާތްތަކުގެ ތެރޭގައި މުއްސަނދިންނާއި ބިދޭސީންނާއި ވިޔަފާރިތަކާއި ފަތުރުވެރިން ވެސް ހިމެނޭ ކަމަށެވެ. އަދި ބިޔަފާރިތަކަށް ދެވޭ ސަބްސިޑީއަކީ ވެސް ސަބްސިޑީ ހައްގުވާ ހުރިހާ ވިޔަފާރިތަކަކަށް އެއްވަރަކަށް ދެވޭ ސަބްސިޑިއެއް ކަމަށެވެ.

މީގެ އިތުރުން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ މެދުވެރިކޮށް ފަގީރު ހާލަތުގައި ދިރިއުޅޭ އާއިލާތަކަށް ކާޑު ފޯރުކޮށްދިނުމުގެ ގޮތުން އެއިދާރާއިން ކާބޯތަކެތީގެ ސަބްސިޑީ ދޭ ކަމަށެވެ. މި ސަބްސިޑީއަށް ޝަރުތުހަމަވާ އާއިލާއެއް ކަމުގައި ބަލާނީ ރާއްޖޭގެ ޕަވަރޓީލައިނަށް ވުރެ މަދުން އާމްދަނީ ލިބޭ އާއިލާތަކަށް ކަމަށެވެ. މިއީ އަމިއްލައަށް އެދުމުން ދެވޭ ސަބްސިޑީއެކެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، ފިއުލްސަބްސިޑީ ހިމަނައިގެން ސަބްސިޑީގެ ގޮތުގައި 2019 ވަނަ އަހަރު 491 މިލިއަން ރުފިޔާ އަދި 2020 ވަނަ އަހަރު 160 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. 2021 ވަނަ އަހަރު ސަބްސިޑީއަށް އެކަނި 99.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، އެ އަހަރު ފިއުލް ސަބްސިޑީގެ ގޮތުގައި 460 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ކަރަންޓް އަގުހެޔޮކުރުމުގެ ގޮތުން 2019 ވަނަ އަހަރު 468.4 މިލިއަން ރުފިޔާ، 2020 ވަނަ އަހަރު 661.4 މިލިއަން ރުފިޔާ އަދި 2021 ވަނަ އަހަރު 735.5 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ކާބޯތަކެތީގެ އަގުހެޔޮކުރުމުގެ ގޮތުން 2019 ވަނަ އަހަރު 321 މިލިއަން ރުފިޔާ، 2020 ވަނަ އަހަރު 422.9 މިލިއަން ރުފިޔާ އަދި 238.9 މިލިއަން ރުފިޔާ ވަނީ ހަަރަދުކޮށްފައެވެ.

ސަބްސިޑިއާއި އެހީގެ ގޮތުގައި 2019 ވަނަ އަހަރު ޖުމްލަ 1.3 ބިލިއަން ރުފިޔާ، 2020 ވަނަ އަހަރު 1.26 ބިލިއަން ރުފިޔާ އަދި 2021 ވަނަ އަހަރު 1.596 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

މީގެ އިތުރުން ފާއިތުވެދިޔަ 3 އަހަރު ދައުލަތުގެ ބަޖެޓުން މަސްވެރިންގެ ފިއުލް ސަބްސިޑީއަށް ކޮށްފައިވާ ހަރަދުތައް ވެސް ވަނީ ހާމަކޮށްފައެވެ. މި ތަފާސްހިސާބުތައް ދައްކާގޮތުން، 2019 ވަނަ އަހަރު 167،280 ރުފިޔާ މަސްވެރިންގެ ފިއުލް ސަބްސިޑީއަށް ހަރަދުކޮށްފައިވާ އިރު، 2020 ވަނަ އަހަރު 1.32 މިލިއަން ރުފިޔާ އަދި 2021 ވަނަ އަހަރު ވެސް 1.32 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

މަސްވެރިންގެ ސަބްސިޑީ ދެނީ ފިޝަރީޒް މިނިސްޓްރީ މެދުވެރިކޮށެވެ. މަސްވެރިން ތެޔޮ ގަތުމަށްފަހު މިނިސްޓްރީގައި އެދުމުން ތެލަަށް ކުރި ހަރަދުގެ ތެރެއިން އިމްޕޯޓް ޑިއުޓީއަށް ޖެހޭ މިންވަރު (5 އިންސައްތަ) މިނިސްޓްރީ މެދުވެރިކޮށް މަސްވެރިންނަށް އަނބުރާ ފޯރުކޮށްދެއެވެ.

ސަބްސިޑީރައްޔިތުންގެ މަޖިލިސްފިނޭންސް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
ސަރުކާރުގެ ކުންފުނިތައް ހިންގުން ނާގާބިލުކަމުން ރައްޔިތުންގެ ދިރިއުޅުމުގެ އަގު ދަށްކުރަން ދޭ ސަބްސިޑީ ކުންފުނި ހިންގަން ބޭނުން ކުރޭ: އޮޑިޓަރ ޖެނެރަލް

ސަރުކާރުގެ ކުންފުނިތައް ހިންގުން ނާގާބިލުކަމުން ރައްޔިތުންގެ ދިރިއުޅުމުގެ އަގު ދަށްކުރަން ދޭ ސަބްސިޑީ ކުންފުނި ހިންގަން ބޭނުން ކުރޭ: އޮޑިޓަރ ޖެނެރަލް

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު