Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން-ރަޝިއާ ހަނގުރާމަ

ޔޫކްރެއިނުން "ޑަރޓީ ބޮމް" އެއް ބޭނުންކޮށްފާނެ ކަމުގެ ތުހުމަތު ރަޝިއާއިން ކޮށްފި

24 އޮކްޓޯބަރު 2022 | ހޯމަ 13:31

ހުޅަނގުން ރަޝިއާގެ ވާހަކަތައް ދޮގުކުރަމީ އެފަދަ ބިރުވެރިކަމެއް ނެތްކަމަށް ބެލެވޭނެ ކަމެއް ނޫންކަމަށް ކްރެމްލިންގެ ތަރުޖަމާން ވިދާޅުވި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 24 އޮކްޓޯބަރު 2022 | ހޯމަ 13:31
ނިއުކްލިއަރ ހަތިޔާރުތަކުގައި ބޭނުންކުރާ ރޭޑިއޯއެކްޓިވް މެޓީރިއަލެއް ހިމެނޭ ބޮމެއް، "ޑަރޓީ ބޮމެއް" ޔޫކްރެއިނުން ބޭނުންކޮށްފާނެ ކަމުގެ ތުހުމަތު ރަޝިއާއިން ކޮށްފި

ނިއުކްލިއަރ ހަތިޔާރުތަކުގައި ބޭނުންކުރާ ރޭޑިއޯއެކްޓިވް މެޓީރިއަލެއް ހިމެނޭ ބޮމެއް، "ޑަރޓީ ބޮމެއް" ޔޫކްރެއިނުން ބޭނުންކޮށްފާނެ ކަމުގެ ތުހުމަތު ރަޝިއާއިން ކޮށްފި

ނިއުކްލިއަރ ހަތިޔާރުތަކުގައި ބޭނުންކުރާ ރޭޑިއޯއެކްޓިވް މެޓީރިއަލެއް ހިމެނޭ ބޮމެއް، "ޑަރޓީ ބޮމެއް" ޔޫކްރެއިނުން ބޭނުންކޮށްފާނެ ކަމުގެ ތުހުމަތު ރަޝިއާއިން ކޮށްފިއެވެ.

މިތުހުމަތު ރަޝިއާއިން ކޮށްފައި ވަނީ އެގައުމުގެ ޑިފެންސް މިނިސްޓަރު ސަރްގެއި ޝޮއިގު އެމެރިކާ، ފްރާންސް، ތުރުކީ އަދި އިނގިރޭސި ޑިފެންސް މިނިސްޓަރުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުތަކުގެ ތެރޭގައެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީން ވަނީ މިބައްދަލުވުންތަކުގައި ޔޫކްރެއިނުން މިފަދަ ބޮމެއް ބޭނުންކުރުމުގެ ބިރު އެބައޮތްކަމަށް ޝޮއިގު ވިދާޅުވެފައިވާކަމަށް ބުނެފައެވެ.

އެހެންމަވެސް ހުޅަނގުން ވަނީ މިއީ ރަޝިއާއިން އެފަދަ ކަމެއް ކޮށް ޔޫކްރެއިނުން ކުރިކަމެއްގެ ގޮތުގައި ދެއްކުމަށް ކުރާ މަސަތްކަތެއް ކަމަށް ބުނެފައެވެ. އަދި މިއީ ހަނގުރާމަ އިތުރަށް ވަރުގަދަ ކުރުމުގެ ނިޔަތުގައި ރަޝިއާއިން ކުރާކަމެއް ކަމަށްވެސް ހުޅަނގުން ދަނީ ބުނަމުނެވެ.

ރަޝިއާގެ މިނިސްޓަރުގެ މިތުހުމަތުތަކާއެކު އެމެރިކާ، ފްރާންސް އަދި އިނގިރޭސި ފޮރިން މިނިސްޓަރުން ވަނީ ގުޅިފައިވާ ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި އެތިން ގައުމުންވެސް ވަނީ ރަޝިއާގެ ތުހުމަތުތައް ދޮގުކޮށް ހަނގުރާމާގައި އެގައުމުތަކުން ޔޫކްރެއިނަށް އެހީފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމަށް ބުނެފައެވެ.

މީގެ އިތުރުން މިފަދަ ތުހުމަތުތައްކޮށް ހަނގުރާމަ އިތުރަށް ގޯސްކުރުމަށް ރަޝިއާއިން ކުރާ މަސައްކަތްތައް މުޅި ދުނިޔެއަށް ފެންނާނެ ކަމަށާއި ޔޫކްރެއިނުން އެމީހުންގެ އަމިއްލަ ބިމުގައި އެފަދަ ހަމަލާއެއް ދޭނެކަމަށް ދައްކަމުންދާ ވާހަކައަކީ ދޮގު ތުހުމަތުތަކެއް ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީވެސް ވަނީ ރަޝިއާއިން މިފަދަ ތުހުމަތުތަކެއް ކުރުމަކީ އެގައުމުން އެފަދަކަމެއް ރާވަމުންދާކަމުގެ ހެއްކެތްކަމަށް ވިދާޅުވެފައެވެ. ރަޝިއާއިން މަސައްކަތްކުރަމުން އެދަނީ އެފަދަ ކަމެއްކޮށް، ޔޫކްރެއިނުން ކުރިކަމެއްގެ ގޮތުގައި ދައްކަން ކަމަށްވެސް ޒެލެންސްކީ ވިދާޅުވިއެވެ.

ރަޝިއާއިން އިސްވެ ޔޫކްރެއިނުން މިފަދަ ކަމެއް ކުރަން އުޅޭކަމަށް ބުނުމުން ދޭހަވަނީ އެއް ކަމެއް ކަމަށާއި އެއީ ރަޝިއާއިން އެކަން ކުރަން ތައްޔާރުވެފައި އޮތްކަން ކަމަށް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.

ހުޅަނގުގެ މިވާހަކަތަކާ ގުޅިގެން ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޮވް ވިދާޅުވެފައި ވަނީ ހުޅަނގުން ރަޝިއާގެ ވާހަކަތައް ދޮގުކުރަމީ އެފަދަ ބިރުވެރިކަމެއް ނެތްކަމަށް ބެލެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ. އަދި ޔޫކްރެއިނުން އެފަދަ ހަތިޔާރެއް ބޭނުންކުރުމުގެ ބިރު އެބައޮތް ކަމަށް ޕެސްކޮވް ވަނީ ވިދާޅުވެފައެވެ.

ރަޝިއާރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
07 ޑިސެމްބަރު 2025

ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

07 ޑިސެމްބަރު 2025
ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ
06 ޑިސެމްބަރު 2025

އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

06 ޑިސެމްބަރު 2025
އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް
06 ޑިސެމްބަރު 2025

ޔުކްރެއިންގެ މައްސަލައިގައި، އެމެރިކާ އާއި ޔޫރަޕުގެ ގުޅުން ވަރަށް މުހިންމު: މެކްރޮން

06 ޑިސެމްބަރު 2025
ޔުކްރެއިންގެ މައްސަލައިގައި، އެމެރިކާ އާއި ޔޫރަޕުގެ ގުޅުން ވަރަށް މުހިންމު: މެކްރޮން
06 ޑިސެމްބަރު 2025

ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ

06 ޑިސެމްބަރު 2025
ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ
04 ޑިސެމްބަރު 2025

އެމެރިކާގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުން ވަރަށް ބޭނުންތެރި: ޕުޓިން

04 ޑިސެމްބަރު 2025
އެމެރިކާގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުން ވަރަށް ބޭނުންތެރި: ޕުޓިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް