Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސައޫދީ އަރަބިއްޔާގެ ވަފުދެއް ރާއްޖެވަޑައިގަތުން

ސައޫދީ އަރަބިއްޔާގެ ދާޚިލީ ވުޒާރާގެ އިސްބޭފުޅުންގެ ވަފުދެއް ރާއްޖެވަޑައިގެންފި

ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، ދާޚިލީ ސަލާމަތާގުޅޭ ކަންކަމުގައި އެހީތެރިވެދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 24 އޮކްޓޯބަރު 2022 | ހޯމަ 10:50
ސައޫދީ އަރަބިއްޔާގެ ދާޚިލީ ވުޒާރާގެ އިސްބޭފުޅުންގެ ވަފުދެއް ރާއްޖެވަޑައިގަތުން

ސައޫދީ އަރަބިއްޔާގެ ދާޚިލީ ވުޒާރާގެ އިސްބޭފުޅުންގެ ވަފުދެއް ރާއްޖެވަޑައިގަތުން

މިނިސްޓަރ އިމްރާން އަބްދުﷲގެ ދައުވަތަކަށް ސައޫދީ އަރަބިއްޔާގެ ދާޚިލީ ވުޒާރާގެ އިސްބޭފުޅުންގެ ވަފުދެއް ރާއްޖެވަޑައިގެންފިއެވެ.

ވަފުދުގެ ބޭޅުންނާ މިނިސްޓަރ ވަނީ ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުން އޮތީ ހޯމަ ދުވަހު މިނިސްޓްރީ އޮފް ހޯމްއެފެއަރޒްގައެވެ.

މިއީ ސައޫދީ އަރަބިއްޔާގެ ދާޚިލީ ވުޒާރާ، މިނިސްޓްރީ އޮފް އިންޓީރިއާ އޮފް ދަ ކިންގްޑޮމް އޮފް ސައޫދީ އަރަބިއްޔާއިން ފޮނުއްވި ވަފުދެކެވެ.

ވަފްދުގެ އެންމެ އިސްބޭފުޅަކަށް ހުންނެވީ މޭޖަރ ޖެނެރަލް ނާސިރު އުސްމާން އައްނާސިރުއެވެ. 9 ބޭފުޅުން ހިމެނި ވަޑައިގަންނަވާ ވަފުދުގެ ބޭފުޅުންނާއެކު މަޝްވަރާކުރެއްވީ، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، ދާޚިލީ ސަލާމަތާގުޅޭ ކަންކަމުގައި އެހީތެރިވެދިނުމާ ގުޅޭގޮތުންނެވެ. އަދި އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއަރޒް މުހައްމަދު މާހިރު އީސާއާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއަރޒް އަލީ ނަޒީރުއާއި، މިނިސްޓަރ އޮފް ހޯމްއެފެއަރޒްގެ ނައިބު ލުއައްޔު ސައީދުއާއި، އަބޫބަކުރު އަބްދުލްކަރީމް ބައިވެރިވެވަޑައިގެންނެވިއެވެ.

ތިން ދުވަހުގެ މުއްދަތަށް ރާއްޖެއަށް ކުރައްވާ ޒިޔާރަތުގައި މިވަފުދުގެ ބޭފުޅުން ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިސް ބޭފުޅުންނާވެސް ބައްދަލުކުރައްވާނެއެވެ.

މިނިސްޓަރ އިމްރާން އަބްދުﷲ ވަނީ، މިއަހަރުގެ މާރޗް މަހު ސައޫދީ އަރަބިއްޔާގެ ދާޚިލީ ވަޒީރުގެ ދައުވަތަކަށް އެގައުމަށް ވަޑައިގެންވެސް މަޝްވަރާތައް ކުރިއަށް ގެންދަވާފައެވެ.

ސައޫދީ އަރަބިއްޔާހޯމް މިނިސްޓަރު، އިމްރާން އަބްދުﷲހައުސިންގ މިނިސްޓްރީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި

ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި

28 ނޮވެމްބަރު 2025
މަޝްހޫރު ރެޕާ ކާޑީ ބީ، ސައުދީ އަރަބިއްޔާ ގައި ޝޯ ދެނީ

މަޝްހޫރު ރެޕާ ކާޑީ ބީ، ސައުދީ އަރަބިއްޔާ ގައި ޝޯ ދެނީ

26 އޮކްޓޯބަރު 2025
ރާއްޖޭގައި މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު ކޮރަޕްޓް އެއްބަސްވުން ހަދާފައި އޮތީ މިނިސްޓަރ އިހުސާނުގެ ބެލުމުގެ ދަށުން: ޝަމްހީދު

ރާއްޖޭގައި މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު ކޮރަޕްޓް އެއްބަސްވުން ހަދާފައި އޮތީ މިނިސްޓަރ އިހުސާނުގެ ބެލުމުގެ ދަށުން: ޝަމްހީދު

03 އޮކްޓޯބަރު 2025
ސިޔާސީ ނުފޫޒްގައި އެންޑީއޭ ޕެރަލައިޒްވަނީ: ފަންނީ މީހުންގެ ބަހެއް ނުވިކޭ!

ސިޔާސީ ނުފޫޒްގައި އެންޑީއޭ ޕެރަލައިޒްވަނީ: ފަންނީ މީހުންގެ ބަހެއް ނުވިކޭ!

07 ޖުލައި 2025
ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް ވެއްދި މައްސަލަ ސާބިތުވުމުންވެސް ފުލުހުންބުނީ މައްސަލަ ނުބެލޭނެ ކަމަށް

ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް ވެއްދި މައްސަލަ ސާބިތުވުމުންވެސް ފުލުހުންބުނީ މައްސަލަ ނުބެލޭނެ ކަމަށް

02 ޖުލައި 2025

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު