Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔޫތު މިނިސްޓަރީގެ މަސައްކަތްތައް

ދެވަނަ އަށް އެންމެ ގިނަ މަސައްކަތް ކުރާ މިނިސްޓްރީއަކީ ޔޫތު މިނިސްޓްރީ: މަހުލޫފު

ކުރީ ސަރުކާރުތަކުގައި ޔޫތު މިނިސްޓްރީން މާ ގިނަ މަސައްކަތްތަކެއް ނުކުރާކަން މިނިސްޓަރު ފާހަގަކުރެއްވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 24 އޮކްޓޯބަރު 2022 | ހޯމަ 02:23
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު

މިއަދު ސަރުކާރުން ހިންގާ ޕްރޮޖެކްތުތަކުގެ ތެރެއިން ދެވަނައަށް އެންމެ ގިނަ މަސައްކަތްތައް ކުރަމުންދަނީ ޔޫތު މިނިސްޓްރީން ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް އާދީއްތަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މަހުލޫފު ވިދާޅުވީ މީގެ ކުރިން ޔޫތު މިނިސްޓްރީއަކީ ވަރަށް ކުޑަ މިނިސްޓްރީއެއް ކަމަށެެވެ. އެގޮތުން، މީގެ ކުރިން އެ މިނިސްޓްރީ އެނގިފައި އޮންނަނީ މާ ގިނަ ޕްރޮޖެކްޓުތަކެއް ނުހިންގާ، މާ ބައިވަރު މަސައްކަތްތަކެއް ނުކުރާ މިނިސްޓްރީއެއްގެ ގޮތުގައި ކަމަށާއި ނަމަވެސް މި ސަރުކާރުގައި ހިންގާ މަޝްރޫއުތަކުގެ ދެވަނަ އަށް އެންމެ ގިނަ މަސައްކަތްތައް ކުރަމުންދަނީ އެ މިނިސްޓްރީން ކަމަށް މަހުލޫފު ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ މި ސަރުކާރު އައި ފަހުން އެ މިނިސްޓްރީން 550 އަށް ވުރެ ގިނަ ޕްރޮޖެކްޓުގެ މަސައްކަތް މިހާތަނަށް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މީގެ ތެރެއިން ބައެއް ޕްރޮޖެކްޓުތަކުގެ މަސައްކަތް ނިމިފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޒަމާނުއްސުރެ ދިވެހި ޒުވާނުންނަށް ދިމާވެފައިވާ މައްސަލަތަކާއި ހުރި ގޮންޖެހުންތަކުގެ ވާހަކަތައް ދެކެވެމުން އަންނަކަން ފާހަގަކުރައްވައި މަހުލޫފު ވިދާޅުވީ އެކަންކަން ހައްލު ކުރުމަށް މި ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށެވެ. އެ މައްސަލަތައް ހައްލު ކުރަން ކުރަންޖެހޭ މަސައްކަތް ގިނަ ކަމަށާއި ޒުވާނުން ކުރިއެރުވުމަށް ސަރުކާރުގެ އެކި ވުޒާރާތަކުން ކުރަމުން އަންނަ މަސައްކަތުގައި އެ މިނިސްޓްރީ ބައިވެރިކުރުމަކީ އިތުރު ރަނގަޅު ނަތީޖާ ނެރުމަށް ލިބޭނެ އެއްބާރުލުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މަހުލޫފު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ހަތަރު އަހަރުގެ ތެރޭގައި 20،000 ވަޒީފާގެ ފުރުސަތު އުފައްދާފައިވާ ކަމަށެވެ. އަދި ޒުވާނުންނަށް މަތީ ތައުލީމު ހާސިލުކުރުމަށް ސްޓޫޑެންޓު ލޯނުގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، 15000 ޒުވާނުންނަށް ފުރަތަމަ ޑިގްރީ އާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށާއި ކުދި ވިޔަފާރިތަކަށް އެހީވާން ޒުވާނުންނަށް ހާއްސަކޮށްގެން 414 ލޯނު ދީފައިވާކަމަށެވެ.

މީގެ އިތުރުން ކޮވިޑުގެ ދަތި އުނދަގުލުގެ ތެރޭގައި ޒުވާނުންނަށް ލިބެމުން އައި އާމްދަނީ ދަށްވެ، ބައެއް ޒުވާނުންގެ ވަޒީފާ ގެއްލުނުއިރު ސަރުކާރުން 12،348 ޒުވާނުންނަށް އިންކަމް ސަޕޯޓުގެ ގޮތުގައި 230 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވާކަމަށް ވެސް މަހުލޫފު ވިދާޅުވިއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު