Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ކޮލަމް
ޝާތިރުގެ ކޮލަމް

ރާއްޖޭގެ އެންމެ ގިނަ ރަސްރަސްކަލުންގެ ނަންފުޅަކީ މުޙަައްމަދު އަދި އެންމެ ގިނަ ރައީސުންގެ ނަންފުޅަކީ ވެސް މުޙަައްމަދު

ދިވެހި ރަސްރަސްކަލުންގެ ނަންފުޅުތަކުގެ ތެރެއިން އެންމެ ގިނައީ މުޙައްމަދު މިނަންފުޅުގެ ރަސްރަސްކަލުން، ވިއްސަށްވުރެ ގިނަ ރަސްކަލުންގެ ނަންފުޅުގައި މުޙައްމަދުގެ ނަންފުޅު ހިމެނިގެންވޭ

މުހައްމަދު ޝާތިރު
މުހައްމަދު ޝާތިރު, ރާއްޖެ އެމްވީ | 23 އޮކްޓޯބަރު 2022 | އާދީއްތަ 10:03
ސުލްޠާން މުޙައްމަދު ޢިމާދުއްދީން (ޙާޖީ ޢިމާދުއްދީން)

ސުލްޠާން މުޙައްމަދު ޢިމާދުއްދީން (ޙާޖީ ޢިމާދުއްދީން)

ދިވެހިރާއްޖެ މީގެ 896 އަހަރުކުރިން ހިޖުރީގޮތުން 548ގައި އިސްލާންވުމުގެ ކުރިން ދިވެހީންނަށް ކިޔާފައި ދިވެހި ނަންނަމެވެ. އަދި ރާއްޖެ އިސްލާމްވި ގަރުނު ކަމަށްވާ ހިޖުރައިން 6 ވަނަ ގަރުނާއި، 7 ވަނަ ގަރުނާއި، 8 ވަނަ ގަރުނު، މީލާދީން 12 ވަނަ ގަރުނާއި 13 ވަނަ ގަރުނާއި 14 ވަނަ ގަރުނުގައި ބައެއް ރަސްރަސްކަލުންނާއި ރަނިންނަށް ދިވެހި ނަންނަން ކިޔާފައިވެއެވެ.

އިސްލާން ދިވެހިރާއްޖޭގެ 2 ވަނަ ރަސްގެފާނު އައްސުލްތާން މުތެއި ކަލަމިންޖާ ((1166-1184މ) 4 ވަނަ ރަސްގެފާނު އައްސުލްތާން ދިނެއި ކަލަމިންޖާ (1192-1198މ) 5 ވަނަ ރަސްގެފާނު އައްސުލްތާން ދިހެއި ކަލަމިންޖާ (1198-1213މ) 6 ވަނަ ރަސްގެފާނު އައްސުލްތާން ވަޑި ކަލަމިންޖާ (1213-1232މ) އަދި މިނޫންވެސް ސޯމަވަންސަ (ހަނދުވަންހަ)އިގެ ރާއްޖޭގެ އިސްލާމް ގިނަ ރަސްރަސްކަލުންނަށް ކިޔާފައި ވަނީ ދިވެހި ނަންނަން ފާހަގަކުރެވެއެވެ. އަދި ސަތުހިރި އައިސިރިފަދަ ދިވެހި ނަންނަމުގެ ވަޒީރުން އެދުވަސްވަރު ތިއްބެވިއެވެ.

ރާއްޖޭގެ އެންމެ މަތީވެރިކަން ކުރެއްވި އަންހެން ދެތިން ރަނިކަނބަލުންގެ ތެރެއިން 2 ރަނި ކަނބަލަކަށް ދިވެހި ނަން ކިއިފައިވެއެވެ. އެއީ އައްސުލްތާނާ ރާދަފަތި ކަނބައިދިކިލެގެ (1359މ) އަދި އައްސުލްތާނާ ދާއިން ކަނބައިދިކިލެގެ (1363-1367މ)އެވެ. ރާއްޖޭގެ ލަފުޒީ މާނައަކީ ރަސްކަމެވެ. މަމްލިކާ ނުވަތަ ކިންގުޑަމެވެ. ރާއްޖޭގެ މުޅި ތާރީޚުގެ އެނގެން އޮތް ތަފުސީލު ތާރީޚުގެ އެންމެ 55 އަހަރު (1 ޖަނަވަރީ 1953 އިން 21 އޮގަސްޓު 1953 އަށް ހަތްމަސް ނުވަތަ އަށެއްކަމަސް ދުވަހާއި އަދި 11 ނޮވެންބަރު 1978 އިން މިހާތަނަށް މިވީ 54 ވަރަކަށް އަހަރު) ފިޔަވައި އެހެން ހުރިހާ ޒަމާންތަކެއްގައި ރާއްޖޭގައި އޮތީ ރަސްކަމެވެ. 80 އަށްވުރެ ގިނަ ރަސްރަސްކަލުން ރާއްޖޭގެ ސިންގާ ސަނާގައި ރެދަލި ކުރެއްވިއެވެ.

ދިވެހި ރަސްރަސްކަލުންގެ ނަންފުޅުތަކުގެ ތެރެއިން އެންމެ ގިނައީ މުޙައްމަދު މިނަންފުޅުގެ ރަސްރަސްކަލުންނެވެ. ވިއްސަށްވުރެ ގިނަ ރަސްކަލުންގެ ނަންފުޅު ކަމުގައި މުޙައްމަދުގެ ނަންފުޅު ހިމެނިގެންވެއެވެ. އެންމެ ފުރަތަމަ ރަސްގެފާނުގެ ނަންފުޅެވެ. އިސްލާން ދިވެހިރާއްޖޭގެ ފުރަތަމަ ރަސްގެފާނުގެ އިސްލާން ނަންފުޅަކީ އައްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲއެވެ. ރާއްޖޭގެ އެންމެ ފަހުގެ ރަސްގެފާނުގެ ނަންފުޅަކީވެސް މުޙައްމަދެވެ. އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލެވެ. އަޙްމަދު މިނަންފުޅުގައިވެސް ދިވެހި ރަސްރަސްކަލުންނެވެ. ރާއްޖޭގެ 7 ރައީސުންގެ ތެރެއިން 3 ރައީސުންގެ ނަންފުޅުގައިވެސް މުޙަައްމަދު އެއީ ފުރަތަަމަ ނަންފުޅެވެ. ދިވެހި ރަސްރަސްކަލުންގެ ނަންފުޅުތަކުގެ ތެރޭގައި، އަބޫބަކުރު ޢުމަރު ޢުޘްމާން ޢަލީ ހިމެނިގެންވެއެވެ. އަދި ޙަސަން ޙުސައިން ހިމެނިގެންވެއެވެ. މުޢާވިޔަތުގެ ނަންފުޅުގައި ދިވެހި ރަސްކަލެއް ނެތެވެ. އަދި އުމަވީ ރަސްކަލެއްގެ ނަންފުޅު ޢުމަރު މެނުވީ ދިވެހި ރަސްކަލެއް ނެތެވެ!

ދިވެހި ރަސްރަސްކަލުންގެ ތެރެއިން އެންމެ ފުރަތަމަ ދީނަކީ ޖަލާލުއްދީނެވެ. (1306 - 1335) ދިވެހި ރަސްރަސްކަލުންގެ ތެރެއިން އެންމެ ފަހުގެ ދީނަކީ ނޫރުއްދީނެވެ. (1935 - 1943) ދިވެހި ރަސްރަސްކަލުންގެ ތެރެއިން އެންމެ ގިނަ ދީނަކީ ޢިމާދުއްދީން 6 ޢިމާދުއްދީނެވެ. ޤުރައިޝްވަންހައިގެ ދެތިން ރަސްކަލުން ރާއްޖޭގެ ރަސްކަން ކުރެއްވިއެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް މިއަހަރު މިވީ 50 އަހަރު ކަމުގައި ވިޔަސް، މީގެ 700 އަހަރުކުރިން ރާއްޖެއަށް ޒިޔާރަތް ކުރެއްވި ދަތުރުވެރި ފަތުރުވެރި ބޭރުގެ އިއްޒަތްތެރި ބޭފުޅުން ރާއްޖޭގައި ވަޒަންވެރިވެވަޑައިިގެން ދިވެހި ސިންގާސަނާގައި ރެދަލިކުރެއްވުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީ އާއި އުނގެނުމުގެ ހައްގު

ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީ އާއި އުނގެނުމުގެ ހައްގު

25 ނޮވެމްބަރު 2021
މާޒީގެ ތެރެއިން ރާއްޖޭގެ ތަފާސްހިސާުބުގެ ކަންކަމަށް ނަޒަރެއް

މާޒީގެ ތެރެއިން ރާއްޖޭގެ ތަފާސްހިސާުބުގެ ކަންކަމަށް ނަޒަރެއް

21 އޮކްޓޯބަރު 2021
ދިވެހިރާއްޖޭގެ ޚާރިޖީ ތާރީޚުގެ އެންމެބޮޑު ފަޚުރާއި ޝަރަފު

ދިވެހިރާއްޖޭގެ ޚާރިޖީ ތާރީޚުގެ އެންމެބޮޑު ފަޚުރާއި ޝަރަފު

16 ސެޕްޓެމްބަރު 2021
ރާއްޖޭގެ ޕޯސްޓުގެ ޚިދުމަތަށް މިއަދު 115 އަހަރު

ރާއްޖޭގެ ޕޯސްޓުގެ ޚިދުމަތަށް މިއަދު 115 އަހަރު

09 ސެޕްޓެމްބަރު 2021
ދިވެހިރާއްޖޭގެ އިސްލާމްކަމަށް 895 ވަނަ އަހަރު

ދިވެހިރާއްޖޭގެ އިސްލާމްކަމަށް 895 ވަނަ އަހަރު

12 އޯގަސްޓު 2021

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު