Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަދިރި އާލާވާ ތަންތަން ނައްތާލުމުގެ މަސައްކަތް

ހުޅުމާލެ އަކީ ސާފު ރައްކާތެރިތަނަކަށް ހެދުމަށް ކެނޑިނޭޅި މަސައްކަތްކުރުން މުހިންމު: ނިޔާޒް

"ޑެންގީ އިޖާބަ" ޕްރޮގްރާމް ފަދަ އިތުރު ޕްރޮގްރާމްތައް ބޭއްވުން މުހިންމު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 22 އޮކްޓޯބަރު 2022 | ހޮނިހިރު 05:35
ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު

ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު

ހުޅުމާލެ އަކީ ސާފު ރައްކާތެރިތަނަކަށް ހެދުމަށް ކެނޑިނޭޅި މަސައްކަތްކުރުން މުހިންމު ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު އެޗްޑީސީގެ ފަރާތުން އިންތިޒާމުކޮށްގެން ހުޅުމާލޭގައި ހުރި މަދިރި އާލާވާ ތަންތަން ނައްތާލުމުގެ ޕްރޮގްރާމް "ޑެންގީ އިޖާބަ" ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަތުމަށް ފަހު "ރާއްޖެޓީވީ" އަށް ދެއްވި ބަސްތީގަތުމެއްގައި ނިޔާޒް ވިދާޅުވީ މިފަދަ މުހިންމު މަސައްކަތްތަަކީ އެންމެ ދުަވަހަކު ކުރުމަށް ފަހު ނުކޮށް ދޫކޮށްލެވޭ ވަރަށް ވުރެ މުހިންމު މަސައްކަތްތަކެއް ކަަމަށެވެ. ނިޔާޒް ވަނީ ހުޅުމާލޭގެ ފޭސް އެކެއްގެ އާބާދީ 50،000 އަށް ވުރެ މައްޗަށް އަރާ އިރު ފޭސް ދޭއްގައި 30،000 އަށް އަރާކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން ހުޅުމާލެ އަކީ އާބާދީ ބާރުމިނުގައި އިތުރުވަމުން އަންނަ ތަނަކަށް ވާއިރު އެ ތަނަކީ ސާފު ރައްކާތެރިތަނަކަށް ހެދުމަކީ އާއްމު ސިއްހަތާއި ރައްކާތެރިކަމަށްޓަކާ ނުހަނު މުހިންމުކަމެއް ކަަމަށް ނިޔާޒް ވިދާޅުވިއެވެ. އެ މަގްސަދު ހާސިލްކުރުމަށްޓަކާ އެޗްޑީސީ އިން ވެސް މަސައްކަތްތަކެއް ކުރަން ޖެހޭކަމަށް ނިޔާޒް ވަނީ ވިދާޅުވެފައެވެ.

ހޮނިހިރު ދުވަހު ބޭއްވި ސާފުކުރުމުގެ ހަރަކާތުގައި 500 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ. މިއީ ފަހަކަށް އައިސް ރާއްޖޭގައި ޑެންގޫ ހުން ފެތުރުން އިތުރުވެފައި ވާތީ މަދިރި އާލާވާ ގޮތަށް ހުރި ތަންތަން ނައްތާލުމުގެ މަގްސަދުގައި ކަމާއި ބެހޭ ފަރާތްތަކުން އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތްތަަކުގެ ތެެރެއިން ހަރަކާތެކެވެ. ކުރިއަށް އޮތްތަނުގައި ވެސް މިފަދަ އިތުރު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަން އެޗްޑީސީއިން ވަނީ ހާމަކޮށްފައެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު