Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޔޫޓިއުބް ވީޑިއޯ އުފެއްދުން

އަވަށެއްގެ 3 ބައިކުޅަ 1 ބައި މީހުން، ޔޫޓިއުބް ޗެނަލް ހިންގުމުގައި އަވަދިނެތި!

22 އޮކްޓޯބަރު 2022 | ހޮނިހިރު 08:08

ބީއިންގް ޗައްތީޝްގަރްޔާގެ ނަމުގައި ހިންގާ މި ޔޫޓިއުބް ޗެނަލަށް ސަބްސްކްރައިބް ކޮށްފައި ވާ މީހުންގެ ޢަދަދު، 120000 އާ ގާތް ކުރޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 22 އޮކްޓޯބަރު 2022 | ހޮނިހިރު 08:08
3000 އެއްހާ މީހުންގެ އާބާދީއެއް އޮތް، ކުޑަކުޑަ ތުލްސީ އަވަށުގެ ޔޫޓިއުބް ޗެނަލުން ފެނިގެންދާ ގިނަ ބަޠަލުންނާއި ބަޠަލާއިންނަށް އުޖޫރައެއް ނުދޭ

3000 އެއްހާ މީހުންގެ އާބާދީއެއް އޮތް، ކުޑަކުޑަ ތުލްސީ އަވަށުގެ ޔޫޓިއުބް ޗެނަލުން ފެނިގެންދާ ގިނަ ބަޠަލުންނާއި ބަޠަލާއިންނަށް އުޖޫރައެއް ނުދޭ

އިންޓަރނެޓްއަކީ އޭގެ ބޭނުން ހެޔޮ ގޮތުގައި ހިފާނަމަ، އެކަމުގެ އިންތިހާ ފައިދާ، ދިރިއުޅުމަށް ކުރާނެ ކަމެއް ކަން ސާބިތު ކޮށްދެމުން ދާ އެއް ބަޔަކީ އިންޑިއާގެ ކުޑަ އަވަށަކަށް ނިސްބަތްވާ ޒުވާނުންތަކެއްގެ މައްޗަށް އެކުލެވިގެންވާ ކުޑަކުޑަ ފިލްމު ކުރޫއެކެވެ. ޔޫޓިއުބްގެ އެހީގައި މިއަދު އެ ޒުވާނުންނަކީ އިންޓަރނެޓްގެ ބަޠަލުންތަކެކޭވެސް ދެންނެވިދާނެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ފިލްމީ ސިނާއަތުގެ ގޮތުގައި ސިފަ ކުރަމުން އަންނަ ބޮލީވުޑްއިން ހިތްވަރު ލިބިގެން މި ޒުވާނުން އުފައްދަމުން ދަނީ ބިނާ ކުރަނިވި ވީޑިއޯތަކެކެވެ. ހެއްވާ މަޖާ މަންޒަރުތަކުގެ އިތުރުން އިންޑިއާ ސިނާމާތަކުގައި އެންމެ މަޤުބޫލު އެކްޝަން ޝޮޓްތަކުގެ އިތުރުން، ހޭލުންތެރި ކުރުވުމުގެ ވީޑީއޯތައްވެސް އާންމު ކުރެއެވެ. އަދި އަމިއްލައަށް އުފައްދާ ރެޕް ލަވަތައްވެސް އާންމުންނަށް ދޫކޮށްލައެވެ.

"ބީއިންގް ޗައްތީޝްގަރްޔާ"ގެ ނަމުގައި ހިންގާ މި ޔޫޓިއުބް ޗެނަލަށް ސަބްސްކްރައިބް ކޮށްފައި ވާ މީހުންގެ ޢަދަދު، 120000 އާ ގާތް ކުރެއެވެ. އަޕްލޯޑް ކޮށްފައި ވާ ވީޑިއޯތަކުގެ ޢަދަދު، 200 އަށް ވުރެ ގިނައެވެ.

މި މަސައްކަތް ފެށިގެން އައީ މީގެ 5 ވަރަކަށް އަހަރު ކުރިންނެވެ. އެއީ، 2 އެކުވެރިން ކަމަށް ވާ ޖިޔަނެންދްރާ ޝުކްލާއާއި ޖައި ވަރުމާއަށް، ޔޫޓިއުބް ވީޑިއޯތަކެއް ފެނި، އެމީހުންނަށްވެސް އެކަހަލަ މަސައްކަތްތަކެއް ކުރެވިދާނެ ކަމަށް، ޤަބޫލު ކުރެވެން ފެށި ހިސާބުންނެވެ. ނަޞީބު އަތުގައި ހިފީ އިންޑިއާގައި ލިބެމުން ދިޔަ އަގު ހެޔޮ އިންޓަރނެޓްގެ ސަބަބުންނެވެ.

ކޮމްޕިއުޓަރ ނެޓްރވަރކިންގ އެކްސްޕަރޓްއެއްގެ ވަޒީފާ އަދާ ކުރަމުން އަންނަ، 32 އަހަރުގެ ޝުކްލާ ބުނި ގޮތުގައި، އެންމެ ފުރަތަމަ ވީޑިއޯތައް ހަދަން ފެށިއިރު، އެއީ ކިހިނެއްވާ ކަމެއްކަން މާ ފުރިހަމައަކަށް ފަޙުމެއްވެސް ނުވެއެވެ.

އަވަށު މީހުންގެ މެދުގައި ވީޑިއޯތަކަށް ޝަޢުޤު އުފެދެން ފެށީ ކޮވިޑް-19 އާ ގުޅިގެން 2020 ވަނަ އަހަރު ތަންފީޒު ކުރަން ފެށި ލޮކްޑައުންއާއެކުގައެވެ. އެތައް ބައެއްގެ ވަޒީފާ ގެއްލި، ގޭގައި ބަންދުވާން ޖެހުނު ހިސާބުންނެވެ. މިއަދު ވީޑިއޯ އުފެއްދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ރަށްވެހިންގެ ޢަދަދު ސަތޭކައިން ގުނާލެވެއެވެ. ސްކްރީނުން ފެންނަ ތަރިންގެ އިތުރުން ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތުގައިވެސް ގިނަ ބަޔަކު ހަރަކާތްތެރިވެއެވެ.

ވަރުމާ ކިއާދިން ގޮތުގައި އޭނާ އެންމެ ފުރަތަމަ އަޕްލޯޑް ކުރަން ފެށީ ދެތިން މިނެޓްގެ ކުރު ވީޑިއޯއެވެ. ނަމަވެސް ދިގު ވީޑިއޯތައް ހަދާ، އެ ވީޑިއޯތަކުގައި އިޝްތިހާރު ކުރުމުގެ ފުރުޞަތު އޮތް ކަމާއި، އެގޮތުން އާމްދަނީ އިތުރު ކުރެވިދާނެ ކަން އޭނާއަށް ދަސްވީއެވެ. މިހާރު އުފައްދާ ވީޑިއޯތަކަށް އެއްގަޑި އިރަށްވެސް ދެމިގެން ދެއެވެ. ޗެނަލަށް ސަބްސްކްރައިބް ކުރާ މީހުންގެ ޢަދަދު 1000 އަށް އަރާ، އެ ޗެނަލްގެ ވީޑިއޯ ބަލާފައިވާ ގަޑިއިރުގެ ޢަދަދު 4000 އަށް އެރުމުން، އެ ޗެނަލްގައި ކުރާ އިޝްތިހާރުތަކަށް ޔޫޓިއުބްއިން ފައިސާ ދޭކަން ޝުކްލާ ފާހަގަ ކުރެއެވެ.

ޝުކްލާއާއި އޭނާގެ ޓީމުން، މަހެއްގެ މައްޗަށް ދެތިން އާ ވީޑިއޯ، ޔޫޓިއުބްއަށް އަޕްލޯޑް ކުރެއެވެ. އަދި އާމްދަނީއެއްގެ ގޮތުގައި 40000 ރުޕީޒް ނުވަތަ 485 އެމެރިކާ ޑޮލަރު ހޯދައެވެ. އެއީ އެމީހުން ކުރިން އަދާ ކުރަމުން ދިޔަ ވަޒީފާތަކުން މަހެއްގެ  މައްޗަށް ޖެހުނު 15000 ރުޕީޒް ނުވަތަ 182 ޑޮލަރާ އަޅާ ބަލާއިރު ބޮޑު ޢަދަދެކެވެ.

ސިލްސިލާ ގޮތެއްގައި ޔޫޓިއުބްއަށް ވީޑިއޯ އަޕްލޯޑް ކުރާ މީހުންނަށް މިއަދު ކުރިމަތިލާން ޖެހިފައި ވާ އެންމެ ބޮޑު ގޮންޖެހުމަކީ ވީހާވެސް ގިނަ ބައެއްގެ ޝަޢުޤުވެރިކަން ލިބޭ ގޮތަށް ނުވަތަ ސަބްސްކްރައިބަރުންގެ ޢަދަދު އިތުރު ވާނެ ގޮތަކަށް ޗެނަލްގެ ކޮންޓެންޓް ދަމަހައްޓާ، އާމްދަނީ ކަށަވަރު ކުރުމެވެ. އަދި ޓީމުގެ މެންބަރުންނަށް ދޭނެ އުޖޫރަ ކަށަވަރު ކުރުމަކީވެސް ކުރިމަތިވާ ގޮންޖެހުމެއް ކަމަށް، ޔޫޓިއުބް ޗެނަލަށް ކޮންޓެންޓް ތައްޔާރުކޮށްދިނުމަށްޓަކާ، ކުރިން އަދާ ކުރި ޓީޗަރެއްގެ ވަޒީފާވެސް ދޫކޮށްލައިގެން ހުރި ވަރުމާ ބުންޏެވެ.

3000 އެއްހާ މީހުންގެ އާބާދީއެއް އޮތް، ކުޑަކުޑަ ތުލްސީ އަވަށުގެ ޔޫޓިއުބް ޗެނަލުން ފެނިގެންދާ ގިނަ ބަޠަލުންނާއި ބަޠަލާއިންނަށް އުޖޫރައެއް ނުދެއެވެ. ޗެނަލް ހިންގައިގެން ލިބޭ ފައިސާ ޚަރަދު ކުރަނީ، އިތުރު ވަޞީލަތްތައް ގަނެ، ޗެނަލްގެ މުސްތަޤުބަލު އުޖާލާ ކުރުމަށެވެ.

ވީޑިއޯތަކުން އެމީހުން ފެނިލުމަށް އަވަށުގެ މީހުން ލޯބި ކުރެއެވެ. އެކްޓް ކުރުމަށް ހިތުގައި ދެވިފައި އޮންނަ ހާއްސަ މަޤާމެއްގެ ސަބަބުންވެސްމެއެވެ. ގޭގެ މަސައްކަތްތަކާއި، ދެންވެސް ކުރަން ޖެހިފައި ހުންނަ މަސައްކަތްތައް ނިންމާލުމަށްފަހު، ޔޫޓިއުބް ވީޑިއޯ ޝޫޓިންގްގައި އުޅުމަށް އެމީހުން ލޯބި ކުރެއެވެ. ޅަފަތުގެ ދުވަސްތައް ގުނަމުންދާ ތުއްތު ކުދިންނާ ހިސާބުން ފެށިގެން، 80ގެ އަހަރުތައް ގުނަމުންދާ މައިންވެސް އެ މަސައްކަތުގައި ހަރަކާތްތެރިވެއެވެ.

ތުލްސީ އަވަށުގެ އެންމެ މަޝްހޫރު އެއް ޔޫޓިއުބް އެކްޓަރު ފާހަގަ ކުރި ގޮތުގައި އެ މަސައްކަތުން އޭނާއަށް ދުވާލެއްގެ މައްޗަށް، 6 ޑޮލަރާއި 12 ޑޮލަރާ ދެމެދުގެ އާމްދަނީއެއް ލިބެއެވެ. އަދި އަމިއްލަ ޗެނަލެއް ހިންގައިގެން އޭނާއަށްވެސް މަހެއްގެ މައްޗަށް 121 ޑޮލަރާއި 182 ޑޮލަރާ ދެމެދު ޢަދަދެއްގެ އާމްދަނީއެއް ލިބޭކަން އޭނާ ފާހަގަ ކުރިއެވެ.

ވަރުމާއާއި ޝުކްލާ ފަދައިން، ބައެއް މީހުން ވަނީ އެމީހުންގެ ދާއިމީ ވަޒީފާތައް ދޫކޮށް، ޔޫޓިއުބް ޗެނަލް ހިންގުމުގެ މަސައްކަތަށް ވަގުތު ހުސްކޮށްލާފައެވެ. އެއީ އަމިއްލަ ހުވަފެންތަކުގައި ޙަޤީޤީ ކުލަ ޖެއްސުމުގެ ފުރުޞަތުވެސް ތަނަވަސް ކުރުމުގެ މަޤްޞަދުގައެވެ.

"ބީއިންގް ޗައްތީޝްގަރްޔާ" ޔޫޓިއުބް ޗެނަލަށް އަޕްލޯޑް ކުރާ ވީޑިއޯގެ އެވަރޭޖް ވިއުޒް އުޅެނީ 20000 އާއި 40000 އާ ދެމެދުގައެވެ. ބައެއް ވީޑިއޯތަކަށް 100000 ވިއުޒްވެސް ލިބިފައި އެބަ ހުއްޓެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

05 މާރިޗު 2017

"ޖައްގާ ގާސޫސް" ޕްރޮމޯޓް ކުރުމުގައި ރަންބީރާއި ކެޓްރީނާ އެކުގައި ބައިވެރިވަނީ

05 މާރިޗު 2017
"ޖައްގާ ގާސޫސް" ޕްރޮމޯޓް ކުރުމުގައި ރަންބީރާއި ކެޓްރީނާ އެކުގައި ބައިވެރިވަނީ
03 މާރިޗު 2017

ޔާމީ ގޯތަމްގެ ނުބައި ރޯލެއް ބަލަން ރިތިކް ހުރީ ކެތްމަދުވެފައި

03 މާރިޗު 2017
ޔާމީ ގޯތަމްގެ ނުބައި ރޯލެއް ބަލަން ރިތިކް ހުރީ ކެތްމަދުވެފައި
15 ފެބުރުއަރީ 2017

ކަރަން ޖޯހަރްގެ ވެލަންޓައިންސް ޑޭގެ ޕާޓީއަށް ބޮލީވުޑްގެ ހުސްހަށިބައި ކުދިން

15 ފެބުރުއަރީ 2017
ކަރަން ޖޯހަރްގެ ވެލަންޓައިންސް ޑޭގެ ޕާޓީއަށް ބޮލީވުޑްގެ ހުސްހަށިބައި ކުދިން
24 ޖެނުއަރީ 2017

ރައީސް ޕްރޮމޯޝަން މަސައްކަތްތަކުގައި ބައިވެރިނުވެވުމުން ހިތާމަ ކުރަން: މާހިރާ ޚާން

24 ޖެނުއަރީ 2017
ރައީސް ޕްރޮމޯޝަން މަސައްކަތްތަކުގައި ބައިވެރިނުވެވުމުން ހިތާމަ ކުރަން: މާހިރާ ޚާން
16 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ކުރު ފިލްމް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ކުރު ފިލްމް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
11 ޖެނުއަރީ 2017

ޝާހުގެ ދެ ފިލްމު މިއަހަރު ތެރޭގައި، ބަލިވެ އުޅެމުންވެސް ފިލްމްފެއަރ ނޮމިނޭޝަން ޕާޓީގައި ބައިވެރިވި

11 ޖެނުއަރީ 2017
ޝާހުގެ ދެ ފިލްމު މިއަހަރު ތެރޭގައި، ބަލިވެ އުޅެމުންވެސް ފިލްމްފެއަރ ނޮމިނޭޝަން ޕާޓީގައި ބައިވެރިވި
11 ޖެނުއަރީ 2017

"ބަޖްރަންގީ ބައިޖާން" ގެ ކުޑަކުއްޖާ ކަރިޝްމާއާ އެކު

11 ޖެނުއަރީ 2017
"ބަޖްރަންގީ ބައިޖާން" ގެ ކުޑަކުއްޖާ ކަރިޝްމާއާ އެކު
07 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ އަގުހުރި ބްރޭންޑްތަކަކީ ކޮބައިކަން އިނގޭތަ؟

07 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ އަގުހުރި ބްރޭންޑްތަކަކީ ކޮބައިކަން އިނގޭތަ؟
07 ޖެނުއަރީ 2017

" ބައިވެރިޔާ" ގެ އިތުރު ޝޯތަކެއް މިމަހުގެ 5 އަދި 6 ގައި އޮލިމްޕަހުގައި

07 ޖެނުއަރީ 2017
" ބައިވެރިޔާ" ގެ އިތުރު ޝޯތަކެއް މިމަހުގެ 5 އަދި 6 ގައި އޮލިމްޕަހުގައި
07 ޖެނުއަރީ 2017

އަދިތްޔާ ރޯއީ ކަޕޫރު ހުސްހަށިބައިބާ؟

07 ޖެނުއަރީ 2017
އަދިތްޔާ ރޯއީ ކަޕޫރު ހުސްހަށިބައިބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް