Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފީފާ ވޯލްޑް ކަޕް

ދަށް ނަތީޖާތަކެއް ލިބުނަސް ޑެޝޯމްޕްސް އަށް ހާސް ކަމެއް ނެތް

ފީފާ ވޯލްޑް ކަޕްގައި އެންމެ ގިނަ ބައެއްގެ ލޯ އަމާޒުވާނެ އެއް ޓީމަކީ ފްރާންސް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 އޮކްޓޯބަރު 2022 | ހޮނިހިރު 03:55
ފްރާންސްގެ ކޯޗު

ފްރާންސްގެ ކޯޗު

އަންނަ ނޮވެމްބަރު މަހު ޤަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕްގައި އެންމެ ގިނަ ބައެއްގެ ލޯ އަމާޒުވާނެ އެއް ޓީމަކީ ފްރާންސްއެވެ.

އެއީ ސަބަބެއް ވެސް ނެތިއެއް ނޫނެވެ. ފްރާންސްއަކީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަންއެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް އެ ޓީމުން ކާމިޔާބުކުރީ ޒުވާން ހުނަރުވެރި ސްކޮޑަކާއެކު ނިކުމެއެވެ. މިއަހަރުގެ ވޯލްޑް ކަޕަށް ދާއިރު، ފްރާންސް އަކީ ފީފާ ރޭންކިންގައި ދުނިޔޭގެ އެއް ވަނަ ޓީމެވެ. މީގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަން ޓީމަށް މުބާރާތުގައި ދެވެނީ ކިހާ ހިސާބަކަށްތޯ ބަލަން ބޭނުންވާ މީހުން ގިނަވާނެއެވެ.

އެންމެ ފަހުން ފްރާންސް އިން ކުޅުނު މެޗުގެ ނަތީޖާ ތަކަކީ އެހާ ރަނގަޅު ނަތީޖާތަކެއް ނޫނެވެ. އެންމެ ފަހުން އެ ޓީމު ކުޅުނު ހަ މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. ނޭޝަންސް ލީގު ގްރޫޕް އޭގައި އެ ޓީމު ނިންމާލަން ޖެހުނީ ތިން ވަނައިގައެވެ. ފްރާންސް ވަނީ އަމިއްލަ ދަނޑުގައި ޑެންމާކާއި ކްރޮއޭޝިއާ އަތުން ބެލިވެ، އޮސްޓްރިއާ އަތުން އެއްވަރުވެފައެވެ.

ވޯލްޑް ކަޕްގެ ކުރިން ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނަނީ އެ މީހުންނަކީ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށާއި، އެންމެ ޓޮޕްގައި އޮންނަ އިރު ކަންކަން ކުރަން ފަސޭހަ ނުވާނެ ކަމަށެވެ. މުބާރާތުގައި ފްރާންސް އޮތީ އޮސްޓްރޭލިއާ، ޑެންމާކު އަދި ޓިއުނީޝިއާއެކު ގްރޫޕް ޑީގައެވެ. މި ގްރޫޕްގައި ޑެންމާކަކީ ފްރާންސް އަށް ނުރައްކާތެރި ޓީމަކަށްވާނެއެވެ.

ޑެޝޯމްޕްސް ބުނީ އެ ގްރޫޕްގައި އޮތް ހުރިހާ ޓީމަކީ ވެސް ނިސްބަތުން ރަނގަޅު ޓީމުތަކެއް ކަމަށެވެ. ނަމަވެސް ފްރާންސްގެ އެންމެ ފަހުގެ ނަތީޖާ ތަކަކީ ހާސްވާން ޖެހޭ ވަރުގެ ނަތީޖާތަކެއް ނޫން ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ ވޯލްޑް ކަޕަށް ދާނީ މުޅިން އެހެން ތައްޔާރީތަކަކާއެކު ކަމަށެވެ. ނަމަވެސް ޑެޝޯމްޕްސް ބުނީ ގްރޫޕްގައި ތިބި ޓީމުތަކާމެދު ސަމާލުވާން ޖެހޭނެ ކަމަށެވެ. އޭނާ ބުނީ އިދިކޮޅު ޓީމު ތަކަށްވުރެ ފްރާންސްގެ ކުޅުން ރަނގަޅުވާން ޖެހޭނެ ކަމަށެވެ.

މި ގްރޫޕްގައި ފްރާންސް އެންމެ ފުރަތަަމަ ނިކުންނާނީ އޮސްޓްރޭލިއާއާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

06 އޮކްޓޯބަރު 2017

ޔޫރަޕުން ފިޔަވަޅު އަޅައިފި ނަމަ ރާއްޖޭގެ އިޤްތިޞާދަށް ވާނީ ކިހިނެއް؟

06 އޮކްޓޯބަރު 2017
ޔޫރަޕުން ފިޔަވަޅު އަޅައިފި ނަމަ ރާއްޖޭގެ އިޤްތިޞާދަށް ވާނީ ކިހިނެއް؟
14 ސެޕްޓެމްބަރު 2017

މަތިިން މާކްސް ލިބުނަސް ފްލެޓް ނުލިބުނީ ނުބައި ޖަވާބު ދިނުމުން!؟

14 ސެޕްޓެމްބަރު 2017
މަތިިން މާކްސް ލިބުނަސް ފްލެޓް ނުލިބުނީ ނުބައި ޖަވާބު ދިނުމުން!؟
13 ސެޕްޓެމްބަރު 2017

ވަކީލުންތައް ތާއަބަދަށް ދިގުދެމިގެންދާ ވަގުތީ ފިޔަވަޅެއްގެ ޝިކާރައަކަށް!؟

13 ސެޕްޓެމްބަރު 2017
ވަކީލުންތައް ތާއަބަދަށް ދިގުދެމިގެންދާ ވަގުތީ ފިޔަވަޅެއްގެ ޝިކާރައަކަށް!؟
02 ސެޕްޓެމްބަރު 2017

ރައީސް ނަޝީދު ގޭ ބަންދަށް ބަދަލުކުރިކަމަށް ބުނާ ލިޔުމަށް ވީގޮތެއް ނޭނގެ، އަނެއްކާވެސް މަޝްވަރާއަށް!

02 ސެޕްޓެމްބަރު 2017
ރައީސް ނަޝީދު ގޭ ބަންދަށް ބަދަލުކުރިކަމަށް ބުނާ ލިޔުމަށް ވީގޮތެއް ނޭނގެ، އަނެއްކާވެސް މަޝްވަރާއަށް!
30 އޯގަސްޓު 2017

ޢީދު ބަންދަށް މާލެއިން ގިނަ ބަޔަކު އަތޮޅު ތެރެއަށް، މިއީ ބަދަލު ނުވާ ސަގާފަތެއް!

30 އޯގަސްޓު 2017
ޢީދު ބަންދަށް މާލެއިން ގިނަ ބަޔަކު އަތޮޅު ތެރެއަށް، މިއީ ބަދަލު ނުވާ ސަގާފަތެއް!
22 ޖުލައި 2017

އާރާއި ބާރަކީ ތާއަަބަދަށް ދެމި އޮންނަ އެއްޗެއް ނޫން، ނިމިދާން ނަގާނީ ހިނދުކޮޅެއް!

22 ޖުލައި 2017
އާރާއި ބާރަކީ ތާއަަބަދަށް ދެމި އޮންނަ އެއްޗެއް ނޫން، ނިމިދާން ނަގާނީ ހިނދުކޮޅެއް!
28 ޖޫން 2017

ރައީސް ނަޝީދަށްޓަކައި ރައީސް ޔާމީން ބަދަލު ހިއްޕަވަނީ!

28 ޖޫން 2017
ރައީސް ނަޝީދަށްޓަކައި ރައީސް ޔާމީން ބަދަލު ހިއްޕަވަނީ!
24 ޖޫން 2017

މާލޭގެ ބަނދަރު ހުސްވެފައި، އީދު ބަންދަށް ގިނަ ބަޔަކު ރަށްރަށަށް!

24 ޖޫން 2017
މާލޭގެ ބަނދަރު ހުސްވެފައި، އީދު ބަންދަށް ގިނަ ބަޔަކު ރަށްރަށަށް!
12 އެޕްރީލު 2017

މަޖިލީހުގެ ގަވާއިދަށް މެމްބަރުން ތަބާނުވާނަމަ، ދެން އެއަށް ތަބާވާނީ ވަކި ކޮށްބައެއްތޯއެވެ

12 އެޕްރީލު 2017
މަޖިލީހުގެ ގަވާއިދަށް މެމްބަރުން ތަބާނުވާނަމަ، ދެން އެއަށް ތަބާވާނީ ވަކި ކޮށްބައެއްތޯއެވެ
11 ފެބުރުއަރީ 2017

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު