Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްތުވާތަކެތި އެތެރެކުރުން

ޖަދުވަލު 1 ގައިވާ މަސްތުވާތަކެތި އެތެރެ ކުރި ދެކުނު އެފްރިކާ މީހަކު 12 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

21 އޮކްޓޯބަރު 2022 | ހުކުރު 09:19

އެކު ޖުމްލަ ފެނުނު 83 ބުލެޓުގައި 896.087 ގްރާމް ކޮކެއިން ހުރިކަމަށް ތަހުލީލު ރިޕޯޓުން ދައްކާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 21 އޮކްޓޯބަރު 2022 | ހުކުރު 09:19
ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓް

ރާއްޖެއަށް އައި ދެކުނު އެފްރިކާގެ ރައްޔިތެއްގެ އަތުން ޖަދުވަލު 1 ގައި ހިމެނޭ މަސްތުވާތަކެތި ފެނުނު މައްސަލަ ސާބިތުވެ އޭނާގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

މި މައްސަލައަކީ ޖޫން 17، 2022 ގެ ހެނދުނުގެ ވަގުތެއްގައި ދޯހާ މަގުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އައި ގަތަރު އެއަލައިންސްގެ ފްލައިޓަކުން، ދެކުނު އެފްރިކާގެ ރައްޔިތެއްކަމަށްވާ ޒަމެކިލެ ލެސިއާ އޮންޔެޗެ ރާއްޖެއަށް އައިއިރު، އޭނާގެ އަމަލުތައް ހުރިގޮތުން އޭނާއާ ސުވާލުކުރުމުން، އޭނާގެ ހަށިގަނޑުގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރި މައްސަލައެކެވެ.

މި މައްސަލައިގެ ދައުވާގައި ބުނެފައިވަނީ އޭނާ ބޮޑުކަމުދާން ބޭނުންވާ ކަމަށް ބުނުމުން، މޯލްޑިވްސް ކަސްޓަމްސް އޮފިސަރުންގެ ހާޒިރުގައި އޭނާ ފުރަތަމަ ބޮޑުކަމުދިޔަ ތަކެތީގެ ތެރެއިން 17 ބުލެޓް (185.8 ގްރާމް ކޮކެއިން) ފެނިފައިވާ ކަމަށާއި، މީނާ ދެވަނަ ފަހަރަށް ބޮޑުކަމުދިޔަ ތަކެތީގެ ތެރެއިން 3 ބުލެޓް (31.7 ގްރާމް ކޮކެއިން) ފެނިފައިވެއެވެ.

ފުލުހުން އެއަރޕޯޓަށް ގޮސް އޭނާއާއި ސުވާލުކުރުމުން އޭނާގެ ހަށިގަނޑުގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 80 ބުލެޓް ހުރިކަމަށް އޭނާ ފުލުހުން ގާތުގައި ބުނެފައިވެއެވެ. އެހެންކަމުން ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސް އޭގެ ފަހުން އޭނާ ބޮޑުކަމުދިޔަ ތަކެތީގެ ތެރެއިން 13 ބުލެޓް (142.2 ގްރާން ކޮކެއިން) ފެނިގެން އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ހަށިގަނޑު ސްކޭންކޮށް ބެލި އިރު، ހަށިގަނޑުގައި ފޮރިން ބޮޑީސް ހުރިކަމަށް ސްކޭންއިން ދެއްކިއެވެ. އަދި އަމިއްލައަށް އެތަކެތި ޕާސް ނުކުރާނަމަ ހޮސްޕިޓަލުގައި އެޑްމިޓްކުރަން ނުޖެހޭނެކަމަށް ޑޮކްޓަރުން ހުއްދަ ދިނުމުން، ހުޅުމާލޭގައި ހުރުމަށް ބުކިން ހައްދާފައިވާ ރިޕްލް ބީން އިން ގެސްޓްހައުސްގެ ރޫމަށް ގެންދިޔަކަމަށް ބުނެފައިވެއެވެ.

އަދި އެފަހުން ބޮޑުކަމުދިޔަ އިރު، 11 ބުލެޓް (116.5 ގްރާމް ކޮކެއިން) އާއި އެރޭ އަނެއްކާވެސް ބޮޑުކަމުދިޔަ އިރު 7 ބުލެޓް (75.4 ގްރާމް ކޮކެއިން) އަދި އެރޭ ދަންވަރު އިތުރު 3 ބުލެޓް (32.8870 ގްރާމް ކޮކެއިން) އަދި ފަތިހު 5 ބުލެޓް (53.4 ގްރާމް ކޮކެއިން) ފެނިފައިވާ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން ފަތިހު އިތުރު ދެފަހަރު ބޮޑުކަމުދިޔައިރު 24 ބުލެޓް (257.9 ގްރާމް ކޮކެއިން) ފެނިފައިވާކަމަށް ބުނެފައިވެއެވެ.

ޖުމްލަ ފެނުނު 83 ބުލެޓުގައި 896.087 ގްރާމް ކޮކެއިން ހުރިކަމަށް ތަހުލީލު ރިޕޯޓުން ދައްކައެވެ. އެހެންކަމުން ޒަމެކިލެގެ މައްޗަށް ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ ދަައުވާ ކޮށްފައިވަނީ މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގެ 112 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުންނެވެ.

މި ދައުވާއާއެކު ޕްރޮސިކިއުޝަންއިން ހުށަހަޅާފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި ޒަމެކިލެ އާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާ ދެމެދު ހަދާފައިވާ އިއުތިރާފުގެ އެއްބަސްވުމެއް ހުށަހަޅާފައިވެއެވެ. ޖަދުވަލުގެ 1 ގައިވާ މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެކުރުމުގެ އަދަބަކީ އުމުރަށް ޖަލަށްލުމާއެކު އެއްލައްކަ ރުފިޔާއާއި ދިހަ މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމެވެ. ނަމަވެސް އިއުތިރާފުގެ އެއްބަސްވުން ހެދިފައި އޮތުމުން މި ކުށަށް ކަނޑައެޅިފައިވާ އަދަބުގެ ދެބައިކުޅަ އެއްބަޔަށްވުރެ ކުޑަނުވާގޮތުގެ މަތިން ކަނޑައެޅޭ އެންމެ ކުޑަ އަދަބަކީ 12 އަހަރާއި 6 މަސް ދުވަހުގެ މުއްދަތަކަށް ޖަލަށްލުމާއެކު 1 ލައްކަ ރުފިޔާއިން ޖޫރިމަނާކުރުމުގެ އަދަބެވެ.

މި މައްސަލައާއި ގުޅިގެން ޒަމެކިލެ 4 މަސް ދުވަސް ހުކުމެއް ކުރުމުގެ ކުރިން ބަންދުގައި ހޭދަކޮށްފައިވާތީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާއާ ހަވާލާދީ މި މުއްދަތު މި މައްސައިގައި ކަނޑައެޅޭ އަދަބުން އުނިކުރަން ޖެހެއެވެ. އެހެންކަމުން މި މައްސަލައާއި ގުޅިގެން ކަނޑައެޅޭ ޖަލު އަދަބުން ޒަމެކިލެ ތަންފީޒުކުރަން ޖެހޭނީ 12 އަހަރާއި 2 މަހުގެ ޖަލު އަދަބެކެވެ.

މި މައްސަލައިގެ ހުކުމުގައި ބުނެފައިވަނީ 18 އޮކްޓޫބަރުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ފައިސާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކާ ހަލާސްކުރަން ޖެހޭނެ ކަމަށެވެ.

އިތުރަށް ކިޔާލަން

04 މާރިޗު 2017

ތަރައްޤީ ބޭނުންކަމުގައިވާނަމަ އެމްޑީޕީއަށް ވޯޓުދޭންޖެހޭ: އަބްދުﷲ ޝާހިދު

04 މާރިޗު 2017
ތަރައްޤީ ބޭނުންކަމުގައިވާނަމަ އެމްޑީޕީއަށް ވޯޓުދޭންޖެހޭ: އަބްދުﷲ ޝާހިދު
18 ފެބުރުއަރީ 2017

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް
13 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

13 ފެބުރުއަރީ 2017
ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
22 ޖެނުއަރީ 2017

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް