ކ. މާލެ
|
22 ޖޫން 2017 | ބުރާސްފަތި 14:53
މާރުކޭޓުގައި ކަރާގެ ވިއްކަން ބެހެއްޓިފައި
މާރުކޭޓުގައި ކަރާގެ ވިއްކަން ބެހެއްޓިފައި
ރާއްޖެއެމްވީ
ރަމަޟާން 1438
ކަރާ ކިލޯއެއް 60ރ. އަށް!
 
ކަނޑުމަހުގެ އަގުވެސް ވަނީ އުފުލިފައި
 
ކަރާ ލިބެން ހުރީ ވަރަށް މަދުން
 
ކަރާ އުޅެނީ 50ރ. އާއި 60ރ. އާ ދެމެދުގެ އަގުތަކެއްގައި

 ލޯކަލް މާރުކޭޓުގައި ކަރާ ކިލޯއެއްގެ އަގު 60ރ. އަރައިފި އެވެ.

ކަރާ އަކީ އެންމެ ގިނައިން ރަމަޟާން މަހުގައި ދިވެހިން ފަނިގިރުމަށް ބޭނުންކުރާ އެއް ބާވަތަކެެވެ. މާރުކޭޓުގައި ކަރާ ލިބެން ހުރީވެސް ވަރަށް މަދުންނެވެ.

ކަރާ ކިލޯއެއް މާރުކޭޓުގައި ލިބެން ހުރީ 50ރ. އާއި 60ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. ކަރާގެ އަގު އިންތިހާއަށް އުފުލިފައިވާ އިރު، ރާއްޖޭގެ ކަރާގެ އިތުރުން ބޭރުން ގެންނަ ކަރާގެ އަގުވެސް ވަނީ އުފުލިފަ އެވެ.

ކަރާގެ އަގުތައް ރަމަޟާން މަސް ފެށުނު އިރު ހުރީ 18ރ. އާއި 20ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. އަދި ކަރާގެ އަގު 15ރ. އަށް ވެސް ދަށަށް ދިޔަ އެވެ. އެހެން ނަމަވެސް ކަރާގެ އަގު އަނެއްކާ ވެސް ވަނީ އުފުލިފަ އެވެ.

ލޯކަލް މާރުކޭޓުގައި ކަރާ ލިބުމަށް ދަތިވެފައި ވަނީ، ވިއްސާރަ ވުމުގެ ސަބަބުން، ތޮއްޑޫ ކަރާ ދަނޑުތައް ހަލާކުވެ، ތޮއްޑޫ ކަރާ ދަނޑުތަކަށް ބަލިޖެހި ކަރާތައް ހަލާކުވުމުގެ ސަަބަބުންނެވެ. ކަރާއަށް ޖެހޭ ބަލީގެ ސަބަބުން، ކަރާތައް އަވަހަށް ހަލާކުވެގެންދެ އެވެ. 

 މިހާރު މާރުކޭޓަށް ކަރާ ގެންނަނީ ކަނޑޫދޫ އިންނެވެ.

މާރުކޭޓުގައި ދެން ހުރި ބާވަތްތަކުގެ އަގުތައް ވަނީ ދަށަށް ގޮސްފަ އެވެ. އެގޮތުން ދޮންކެޔޮގެ އަގު ވަނީ ދަށަށްގޮސްފަ އެވެ. ދޮންކެޔޮ އުޅެނީ، 10ރ. އަށް ތިން ވަށް، އަދި 10ރ. އަށް ފަސް ވަކުގެ ރޭޓުންނެވެ.

ލޯކަލް މާރުކޭޓުގައި ފަތުވެ ބާވަތްތައްވަނީ އެއް ވަރެއްގައި ހިފެހެއްޓިފަ އެވެ.

 މަސް މާރުކޭޓުގައި ކަނޑުމަހުގެ އަގުތައް ވެސް ވަނީ އުފުލިފަ އެވެ. އެގޮތުން ކަނޑުމަސް ކިލޯއެއްގެ އަގު އުޅެނީ 50ރ. އަށެވެ.  މަހުގެ އަގު އުފުލިފައިވަނީ އީދު ބަންދު އަންނާތީވެ، މާރުކޭޓްގައި މަސް މަދުވެގެންދާނެތީ ކަމަށް މަސްވެރިން ބުނެ އެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް